ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރުވުމަށް، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ޓެލެތޯނެއް ބާއްވަން ނިންމާފައެވެ.
މިކަން ހާމަކުރައްވަމުން މިރޭ އެ ދެ ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ މިހާރު ތަމްސީލު ކުރައްވާ، އާދަމް ޝަރީފް އުމަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ ޓެލެތޯންގައި އާންމުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.
މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް މިހަރަކާތް ކުރިޔަށްގެންދިއުމަށްޓަކައި އެކަމަށް ޚާއްސަ އެކައުންޓެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުނުހައި އަވަހަކަށް ޓެލެތޯން ބާއްވާނެ ކަމަށެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އިދިކޮޅު ދެޕާޓީން އެހީވުމަށް ނިންމާފައިވާއިރު، އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕާޓީގެ ހަރަކާތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު އަތޮޅުތެރެއަށް ފައްޓަވާފައިވާ ދަތުރުފުޅު ކުރުކޮށްލައްވައި މިއަދު މާލެ ވަޑައިގެންފައެވެ. ރައީސް ޔާމީން ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެއަށް ވަޑައިގަތީ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އާއި ގުޅިގެންނެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، 7 ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ އަނދައި ހުލިވުމުގެ ސަބަބުން، ސަރުކާރުން ދަނީ 13 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިގެން ވަގުތީ ހިޔާގައި ރެޖިސްޓްރީކޮށްފައި ވެއެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަލިފާނާއި ދުމުގެ އަސަރުކޮށްގެން ފަރުވާދީފައިވާއިރު، އެ ހާދިސާގައި އަންހެނަކު ވަނީ ވަރަށް ބޮޑަށް ފިހިގެން ނިޔާވެފައެވެ.
މި ޖައްލާދުންތައް ވެރިކަމަށް ވަގު ވޯޓުން އަރާ މުޅި ޤައުމުން އިސްލާމް ދީން ފޮހެލަން ތެޅެން ފެށި ފަހުން މިކަހަލަ ހިތާމަ ވެރި ހާދިސާ އެއް ނުހިނގާ ހަމަ އެންމެ ދުވަހެއް ވެސްް ނުދޭ. ސިޔާސީ ކުރަނީ ކީ އެއްނޫން. ކޮންމެ ކަމަކީ ވެސް އިބްރަތެއް އެކަމުގައި ވާ ކަމެއް.
ތިޔައީ ގައުމުދެކެ ލޯބިވާ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މީހުންނަކީ. ސިޔާސީ ކަމަކަށް ނަހަދާ ތިޔަ ނެގި މަސްއޫލިއްޔަތަކީ ރައްޔިތުން ހިތުން ރުހުމު ބަލައިގަތް ކަމެއް! ސުކުރިއްޔާ ޕޕމ
ސުކުރިއްޔާ! ރައީސް ޔާމީން
ސާބިތުކަމާއެކު ތިގޮތަށް މަސައްކަތް ކުރުން ރަގަޅު. ވަރަށް އުފާވެރި ހަބަރެއް
ހަބޭސް! ސުކުރިއްޔާ!ޕޕމ
ކޯސްޓުލައިން ގައި ރޯވި ފަހަރު އެމް ޑީ ޕީން ކުރި ކަމަކީ ސަރުކާރަށް ބެވުން ސިފައިންނާ ފުލުހުންގެ ނާގާބިލު ކަމޭ ގޮވީ އެކަމު ރޭގައި މިހާރު ގެ އިދި ކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިފައިންނަށް ފުލުހުންނަށް ތައުރީފްކުރީ...... މާރިޔާމެން ފަދަ މީހުން ކޮސްގޮވި ވާހަކަ ބުނީ .... ބަލަންވާ ވަރަށް ނުބަލާ ވާހަކަ ދެއްކި ކަމަށް ބުނީ .... ރޭ މާޜިޔާ ބުނެފި މަޖީދީމަގުގައި ފެން ހޮޅި ނެތޭވެސް އޭނާ މަގު ހެދި އިރު ލޮލު ހާލު ދެރައީކަމަށް ބެލެވެނީ އަހަރެން ގެ ލޮލުން ދުށިން ފެން ހޮޅިވަޅުލަމުން ދިޔަތަން އަދި ޓީވީ ތަކުން ވެސް ފެނުނު އެކަމު ބުނީ އެމް އާޜު ޑީ ސީން ފައިސާ ކޮޅު ކާލިއްޔޭ ކިހާ ނާތަހުޒީބު މީހެއް