މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަސަރު ނުކުރާ އައްޑޫ ބަޔަކު ބޯހިޔާވަހިކަން ހޯދަން މަސައްކަތް ކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ކުުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިޒާސްޓާ މެނޭޖްމަަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ނަންތައް ހިމަނައިގެން އެހީ ހޯދަން ރަޖިސްޓްރޭޝަން ހައްދަން އަންނަ ކަމަށެވެ. އޭނާ ވަނީ މިގޮތަށް އެހީހޯދަން ހޯދަން މަސައްކަތް ކުރި އައްޑޫ އަތޮޅުގެ ރަށްތަކެއްގެ ވާހަކަ ހިއްސާކޮށްފައެވެ.

އެއީ ކޮން ރަށްތަކެއް ކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.

"މިކަހަލަ ކަންކަން ވީމަ އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ތިން މީހުންނަށް ދޭން ޖެހޭ ތަނެއްގައި ނަމްބަރު އިތުރުކޮށްގެން އެޕާޓްމެންޓްތައް އިތުރުކުރަން ޖެހޭ ހާދިސާތަކަށްވެސް އަޅުގަނޑުމެން ޕްރޮފެޝަނަލްކޮށް އެޓެންޑް ކުރަމުން". ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ކެއުން ބުއިމުގެ ކަންކަންވެސް އެ އޮތޯރިޓީން ކުރަމުންދާއިރުގައި، އެކަމަށް ދޫކުރާ ފައިސާ ދޫކުރެވޭ ކަމަށެވެ. މިގޮތަށް ދޫކުރާ މީހުންގެ ލިސްޓް ވެރިފަރި ކުރުމުގެ ތެރޭގައި ތ .އަތޮޅުގެ ރަށެއްގައި ދިރިއުޅޭ ކުއްޖެއްގެ ނަންވެސް އޮތް ކަމަށް ހިސާން ވިދާޅުވިއެވެ.

"އެކަމަކު އެ ކުއްޖާއަކީ މާލޭގައި ދިރިއުޅޭ ކުއްޖެއް ނޫން". ހިސާން ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހިސާން ވާހަަކަދައްކަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ހިސާން ވިދާޅުވީ، މިިދިޔަ ހުުކުރު ދުވަހި ހިނގާދިޔަ ހާދިސާއަށްފަހު، އޭގެ ދެ ދުވަސް ފަހުން ސަރުކާރުގެ ފަރާތުން ބޯހިޔާަވަހިކަން ހޯދަން އަންނައިރު، ބަލަން ޖެހޭ ކަންތައްތައް އެބަ ހުރި ކަމަށެވެ. އެގޮތުން ދެ ދުވަސް ކުރިން އޭނާ ހުރީ ކޮން ތަނެއްގައި ތޯ އާއި ކައި ބޮއެ އުޅުނީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"ދެން މިއަދު ކީއްވެގެންތޯ އެހާ ލަސްކޮށް ރެޖިސްޓްރޭޝަންއަށް ދިޔައީ، އެހެންވީމަ އަޅުގަނޑުމެން މިހާރު ބަލާބެލުމުން އެސެސް ކުރަމުން މިދާވަގުތުގައި ގަބޫލުކުރެވޭ ކަމަކީ މިހާހިސާބަށް އަންނައިރު، މިކަމުގެ އަސަރު ކުރި ހުރިހާ އެންމެން ހުންނަން ޖެހޭނީ ރަޖިސްޓްރީވެފައި، ރަޖިސްޓްރީ ނުވާ މީހަކު މިއަދު ވަގުތެއްގައި އައިސް އަޅުގަނޑުމެން އެބަ ޖެހޭ ބަލަން.. އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށްވެސް މި އަމަލު ކުރަމުން ގެންދަނީ ވަރަށް އޯގާތެރިކަމާއިއެކުފައި". ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މި އެންމެންނާއި ދޭތެރޭގައި އަމަލު ކުރަމުން ގެންދަނީ އެ އޮތޯރިޓީގެ ރިލީޑް ގައިޑްލައިންނާއި އެއްގޮތަށް ކަމަށެވެ. އަދި ހާލުގައި ޖެހުނު އާއިލާތައް ކަށަވަރު ކުރަނީ ވަރަށް ގިނަ ކަންތައްތައް ބެލުމަށްފަހު ކަމަށް ހިސާން ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހިސާން ވާހަަކަދައްކަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިހާރުވެސް 562 މީހުން ރަޖިސްޓްރޭޝަން ލިސްޓުގައި އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ 247 ފަރާތަކަށް އެކަންކޮށްދީފައިވާނެ ކަމަށާއި، އެ ހާދިސާ އާއި ގުޅިގެން ކަލާފާން ސްކޫލްގައި ގާއިމް ކުރި ރިލީފް ސެންޓަރުގައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި އިތުރަށް އެ ރިލީފް ސެންޓަރަަށް ފަހުން އައިސް ބޯހިޔާވަހިކަން ބޭނުންވެގެން އުޅުނު ފަރާތްތަކަށް އެކަންވެސް ދިޔައީ ހަމަޖައްސަމުން ކަމަށް ހިސާން ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ޔަގީންކަން އަރުވަން މިހާރުވެސް މަގުމަތިވެފައި ތިބި ޑިޒާސްޓަރ މެނޭޖްމެންޓުން އަޅާ ނުލާ އެއްވެސް ފަރާތެއް ނުހުންނާނެ". ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މަ

    ޢައްޑޫ މީހުން އުޅޭނީ މިކަހަލަ ދަނޑިވަޅުގައި ވެސް އަމިއްލަ ފައިދާއަށް

    109
    16
  2. ބީތާ ހުސޭނާ

    އައްޑޫ މީހުންގެ ވަރޮ ދީ.

    77
    8
  3. ާަައަޒެެ

    /މުއަވެނިި

    28
    3
    • މުސީބާތްސަރުކާރު

      "........ޕްރޮފެޝަނަލްކޮށް އެޓެންޑް ކުރަމުން". ހިސާން ވިދާޅުވިއެވެ. ތިކަހަލަ މަގާމެއްގަ ހުރެ ތިޒާތަށް ވާހަކައެއް ނުދައްކާނެ ޕްރޮފެޝަނަލް މީހަކު. ދެދުވަސް ކުރިން މީހަކު އުޅުނު ތަނެއް ބަލައިގެން އޭނަގެ ބޯހިޔާވަހިކަމާމެދު ކިހިނެއް ގޮތް ނިންމޭނީ؟ މީހަކު ހަފްތާއެއް ނުވަތަ މަސް ދުވަހަށްވެސް ޗުއްޓީއެއްގަ ގޮސް އުޅެފާނެ. ކަލޭ ތިދެއްކި ވާހަކަ ދެކޮޅެއްވެސް ނުޖެހޭނު. ދެން ބުނޭ ތިމަންނަ ޕްރޮފެޝަނަލްކޮށް ވާހަކަ ދައްކާލީއޭ.

      15
      1
  4. ލ.އ

    ސާބަހޭ....!

    32
    3
  5. ާަާމަ

    މިފަދަ ކަންކަމުގައިވެސް އެއްބަޔަކު ހޯދަނީ ނާޖާއިޒު ފައިދާ. ކީއްކުރާނީ.

    64
    4
    • ދދދދދދ

      އެއީ ލާދީނީ ބާގައިގެ ފަލްސަފާ. އައްޑޫ މީހުންނަކީ އެމީހުނާހުރެ ހޭކެނޑޭ ބައެއް. ގޮތްފޮތް ހުރި ބަޔަކު އެބައިގަނޑު ފަހަތުން ދުވާނެތަ؟ ރަނގަޅަށް އެހަދަނީ. ދަސްކޮށްދިން ފިލާވަޅުގެ ބޭނުން ހިފައި ދިރިއުޅުމާ ގުޅުވާލަނީނު. މާބާރަށް ނުފެލި އެމީހުންނަށް އިޖާބަދީ.

      7
      4
      • ރަދީފް

        @ދދދދދދ އަށް. މިހާރު ތިދިޔައީ މާމައްޗަށް.މައިތިރިވުމަށް ނަސޭހަތްތެރިވަން.

        2
        1
  6. ޙަރީބު

    ގޫ ބައްޑާ އެކޓިވޭޓެޑް

    59
    7
  7. މޯދީ

    މިކަމުގަ މީހަކު ނުވަތަ ބަޔަކު ކަމެއް ކުރީމަ މުޅި އައްޑޫ ރައްޔިތުންނަށް އިނގިލި އަމާޒުކުރުމީ ރަގަޅު ގޮތެއް ނޫން. ޤަބޫލްކުރަންޖެހޭ ހަގީގަތަކީ އަހަރަމެން އެންމެންގެ ތެރޭ ވެސް މިބާވަތުގެ މީހުން އުޅޭކަން. އައްޑޫ ގިނަ ރައްޔތުންނަކީ ވަރަށް ރަގަޅު ބައެއް.

    73
    29
  8. ނިލަންދޫ

    ހައްހައްހާ! ސުވާދީބު ދޯ

  9. އަޙްމަދު

    ތީބަޔަކު މީހުން ބަދުނާމު ކުރަން ރާވައިގެން ކޮށްފައިވާކަމަކަށްވާނީ! ނަމާއި އެޑްރެސް ހާމަކުރޭ!

  10. މޮޔަބެ

    ޗީފް އެގްޒެކްޓިވް، އިސްތިއުފާދީ، ބަޔެއްގެ ނުވަތަ އަތޮޅެއްގެ އަގު ވައްޓާ އެމީހުން ނިކަމެތިކުރަން އައްޑޫއޭ ކިޔާފަ ބުނުން އެއީ ހައްގަށް އަރައިގަތުން، ބަލަ އަމިއްލަ ވަޒަންދޫކޮށް ލިބޭ ހުރިހާ ފައިސާއެއް މާލެ މީބުންނަށް ދީގެން މިތިބީ ރެފިއުޖީން، އެހީ ބޭނުންވާނެ، ހުރިހާ އަތޮޅެއްގެ މީހުނަށް އެހީވާންޖެހޭ. އަތޮޅު ތެރެއިން މާލޭގަ ވަޒީފާގަ ހުންނަ ކުއްޖާއަށް އެކަމަޑޭޝަން ނުލިބޭ އެކަމަކު ގެންނަ ބޭރުމީހާއަށް ހުންނަތަނާއި، ކެއުމާއި، ބޭސް ފަރުވާދޭ..

    3
    2
  11. އިންސާނާ

    ދެން ކިހާދެރަކަމެއް މިއައްޑޫ ގޫބައްޑާމެނަހެދީ ރަށުގަތިބެފަ ފުލެޓު ހޯދަންވެގެން ފަތިހު މާލެއަރާ ތަންމަތިހިފައިގެން ޑިޒާސްތޓާ ސެންޓަރައް އަހަރެމެންގެވެސް އަނދައިފިޔޯ

    32
    14
  12. ާއަހުމަދު

    ބޮޑު ޓެރަރިސްޓަކީ މާލޭމީހަކަށް ވެއްޖެއްޔާ މާލޭގެ ހުރިހާމީހުން ޓެރަރިސްޓުންނަށް ވާނޭތަ

    22
    3
  13. ސަނާ

    ތިވާނީ ހިތަދޫ ބަޔަކަށް، ވަރަށް މަކަރުވެރިވާނެ އެމީހުން

    9
    4
  14. އިބްރާހީމް

    ކޮންމެ މީހަކު ކުރިޔަސް އެއީ ގޯސް ކަމެއް. އެކަމަކު ހިސާން އެކުރީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް، ވަކި އަތޮޅެއްގެ ނަން ފާހަގަ ކޮށް ވާހަކަ ދެއްކުން. އަހަރެންވެސް މީ އައްޑޫ މީހެއް. މިހާރުވެސް ވާނީ ޙާލުގަ ޖެހުނު އަޚުންނާއި އުޚުތުންނަށް އެހީތެރިވެދީފަ

    21
    6
  15. ސަނގަލާ

    ތިބުނީ ރަނގަޅުވާހަކައެއް ބޮޑުޓެރަރިސްޓަކީ މާލޭމީހެއް އެކަމަކު މާލޭގައުޅެނީ ހުސްޓެރަރިސްޓުންނެއްނޫންދޯ

    13
    1
  16. ވައްލޭޭ

    ބޭކާރު ވާހަކަ ނުދައްކާ އަދިވެސް އާރޖެންްޓްކޮށް މާލެއިން މީހުން މަދުކުރެވޭތޯ ބަލާބަަ!

  17. ސިދާތާ މަލްހޯ ތުރާ

    މިކަހަލަ ހީލަތް ހަދާ މީހުނަށް ގާނޫނުގައި ދެވޭ އުގޫބާތެއް ނޯވޭތޯ؟ ތި މީހުން ފުލުހުންނާ ހަވާލުކޮށް ސަރިއަތް ކުރެވެން ޖެހޭނެ.

  18. ކޮރޭ

    މިކަހަލަ ވިޔާނުދާ ކަމެއްތަ؟ އައްޑޫ،ހުވަދޫ މީހަކު ލައްވާނުލާ ނުދާނެ.