މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތްބެހުން ބުދަ އަދި ބުރާސްފަތި ދުވަހު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ މިނިސްޓްރީ އިން މައުލޫމާތުދިން ގޮތުގައި މުދަލު ޒަކާތް ބެހުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އަދި 1440 ވަނަ އަހަރު ފަގީރުންނާއި މިސްކީނުގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވާ ފަރާތްތަކަށް އެ ދެދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 14:30 އަށ ޒަކާތް ބެހުންް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އިން ބުނީ ރަށްރަށުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލުން ކަމަށާއި މުދަލު ޒަކާތް ބެހުމުގެ ދުވަހާއި ގަޑި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ.