ހުޅުމާލެ އަށް ދަތުރުކުރި ފަސެންޖަރެއްގެ އެއްޗެހިތަކެއް ހިފައިގެން ކާރު ޑްރައިވަރު ފިލާފައިވާ ކަމަށް ފަސެންޖަރު ބުނެފިއެވެ.
އަންހެން ފަސެންޖަރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ 3000 ރުފިޔާގެ ވިޔަފާރި މާލެ އިން ކޮށްގެން ހުޅުމާލެ އަށް ދިއުމަށް އޭނާ ޓެކްސީއެއް ނެގީ އޮލިމްޕަސް ކައިރީ ހުންނަ އޭޓިއެމް ކައިރިން ކަމަށެވެ.
"ޑްރައިވަރަކަށް އިނީ ދުވަސްވީ ފިރިހެނެއް. އެއީ ހުދު ކާރެއް. ބޯޑް ނަމްބަރަކީ 7080" އޭނާ ބުންޏެވެ.
އޭނާ ބުނީ ހުޅުމާލެ އަށް ގޮސް ފްލެޓް ކައިރިއަށް ފޭބުމަށް ފަހު ޑްރައިވަރަށް 100 ރުފިޔާ ދީފައި ބައެއް އެއްޗެހި ހިފައިގެން މައްޗަށް އެރީ އެއްޗެހިތައް ކައިރީ "ބޭބެ މަޑުކޮށްލާނަމޭ" ޑްރައިވަރު ބުނުމުންނެވެ.
"ތިރިއަށް ފޭބިއިރު ޓެކްސީއެއް ނެތް. އެއްޗެހިތަކާއި ބާކީ ލާރި ވެސް ހިފައިގެން އޭނާ ފިލައިފި. އެއީ ކޮންތަނެއްގެ ޓެކްސީއެއް ކަމެއް ނޭނގޭ." އޭނާ ފޭސްބުކްގައި ލިޔެފައިވެއެވެ.
އަންހެން މީހާ ބުނީ އޭނާގެ ފޯނު ވެސް އޮންނާނީ އެއްޗެހި އަޅާފައި ހުރި ކޮތަޅުތަކުގެ ތެރެއިން ކޮތަޅެއްގައި ކަމަށެވެ.
މިމައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ބުންޏެވެ.
https://www.facebook.com/100017068083936/posts/486438785268387/
އަންހެން މީހާ ފޭސްބުކްގައި ކުރި ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެޓެކްސީ ހޯދުމުގައި އޭނާ އަށް އެހީތެރިވަމުންނެވެ. ގިނަ ބަޔަކު ފޭސްބުކްގައި އެޕޯސްޓް ޝެއާ ވެސް ކޮށްފައިވެއެވެ.
ތިޔަވާނީ ވާނުވާނޭގި ދިޔައީކަމަށް، ގިނަފަހަރު ދަތުރުވެރިޔާ ފުންމާލުމަށްފަހު ޖީބުން ލާރިނަގާނީ އެވަގުތުގެ ހާލަތުގައި ގެނެވުނު ތަކެތިމަތިން ހަނޑާންވެސް ގިނަފަހަރު ނުވާނެ ދެން ކާރު ނައްޓާލީމާ އެހޯދަން އުޅޭނީ.
ޜޭގެ ވަގުތަކުން ފެށިގެން 138 ފުލެޓު ކައިރީ ހުރި މުދާތަކެއް ވަނީ ފުލުހުން ނާޢި ހަވާލު ކުރެވިފަ
ދަތުރުކުރި މީހާއަށް އޮޅުމެއް އެރީދޯ އެހެން ވީމަ؟