މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ހިންދޫންގެ ބަޔަކު އެމީހުންގެ ދީނީ ހަމަތަކާއި އެއްގޮތައް ކައިވެންޏެއް ކޮށްފިއެވެ.
މީސް މީޑިއާގައި "އެމްވީކްރައިސިސް" ކިޔާ ޓްވިޓާ އެކައުންޓަކުން ވީޑިއޯއެއް އާއްމު ކުރުމަށް ފަހު ބުނެފައި ވަނީ އެއީ މާފަންނު ބިސްބުރު ކައިރީ ހުންނަ އީވްނިން ގާޑެން ކެފޭގައި ކުރި ހިންދޫ ކައިވެންޏެއް ކަމަށެވެ.
އެކައިވެންޏާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
Mafannu biss buru kairi huhna Evening Garden Café gai Hindu kaivenyeh dhaadhi dhenme kohfi. pic.twitter.com/4KJe4qmzyA
— #MvCrisis (@MvCrisis) September 27, 2019
ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި ރަމްޒީ ކައިވެނި ކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެފަދަ ކައިވެނިތައް ކުރަނީ އެމީހުންގެ ދީނީ ގަބޫލުކުރުންތަކަކާއި އެއްގޮތަކަށް ނޫނެވެ. އެފަދަ ކައިވެނިތައް ކުރަނީ ރާއްޖޭގެ އާދަކާދައާއި އެއްގޮތަށެވެ.
ރާއްޖޭގައި ރަމްޒީ ކައިވެނިތައް ވެސް ކުރެވޭނީ އެކަމަށް ޓްއަރިޒަމް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ރަމްޒީ ކައިވެންޏާއި ބެހޭ ޤަވައިދުގައި ބުނެފައި ވެއެވެ.
ރަމްޒީ ކައިވެނީގެ ހަފްލާގައި ވެސް އެއްވެސް ދީނަކަށް ނުވަތަ ދިވެހިންގެ ސަގާފަތާއި ދިވެހި އާދަކާދައަށް ހުތުރުވާގޮތަށް ނުވަތަ ފުރައްސާރަވާގޮތައް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ރަމްޒީ ކައިވެނިތަކާއި ބެހޭ ޤަވައިދުގައި ބުނެފައި އޮވެއެވެ.
ބަންދުކުރޭ މިފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ.. މިއީ 100 ޕަސެންޓް މުސްލިމް ގައުމެއް...
އެއްވެސް ބަޔަކަށް މިފުރުސަތު ދީގެން ނުވާނެ.. ވުޒާރާތަކަށް ނުހުއްޓުވޭނަމަ ނުވަތަ އަޅާނުލާނަމަ ދެންޖެހޭނީ ރައިޔަތުންނިކުމެ މިކަމަށް ހައްލު ހޯދަން އެއީ މާރީތި ކަމެއް ނޫން އަދި ގަބޫލު ކުރަންވެސް ފަސޭހަކަމަށް ނުވާނެ..
އެމްވީ ޕޮލިސް / އިސްލާމިކް މިނިްސްޓްރީ.. އަދި ސިޓީ ކައުންސިލް / ޓްރޭޑް މިނިްސްޓްރީ.
މިކަން ބަލން އަވަސްވެގަނޭ..! ޕްލީޒް
ބަންދުކުރޭ މިފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ.. މިއީ 100 ޕަސެންޓް މުސްލިމް ގައުމެއް...
އެއްވެސް ބަޔަކަށް މިފުރުސަތު ދީގެން ނުވާނެ.. ވުޒާރާތަކަށް ނުހުއްޓުވޭނަމަ ނުވަތަ އަޅާނުލާނަމަ ދެންޖެހޭނީ ރައިޔަތުންނިކުމެ މިކަމަށް ހައްލު ހޯދަން އެއީ މާރީތި ކަމެއް ނޫން އަދި ގަބޫލު ކުރަންވެސް ފަސޭހަކަމަށް ނުވާނެ..
އެމްވީ ޕޮލިސް / އިސްލާމިކް މިނިްސްޓްރީ.. އަދި ސިޓީ ކައުންސިލް / ޓްރޭޑް މިނިްސްޓްރީ.
މިކަން ބަލން އަވަސްވެގަނޭ..! ޕްލީޒް
ނިރުބަވެރިކަމުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާއިނުލައި ހައްޔަރު ކުރެވޭގޮތަށް ފާސްކޮށްފި
ޓެރެރިޒަމްގެ ޤާނޫނުގައި އޮތް ގޮތަށްވުރެ ފުޅާކޮށް ނިރުމަބެރިކަން މަނާކޮށް ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައިވަނީ، ވަކި ސިޔާސީ ނުވަތަ ދީނީ (Islam) ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ވެސް ކުށެއް ކަމަށެވެ.
މިހާވަރުން ދަންޔާ އަދި ބުދު ތަކަށް އަޅުކަންވެސް ކުރާނެ. އިންޑިއާގެ ނުބައި އެޖެންޑާއެއް ދަނީ ފަތުރަމުން. ހޭލާ!
ވަރަށް ރަނގަޅަށް އިނގިފަ ތިއޮތީ.. މީ ނޭޕާލް ކައިވެންޔެއް
އޭ މިހިރަ ބީތާޔާ. ހިންދޫން އުޅެނީ ހަމައެކަނި އިންޑިއާއަކު ނޫން. ހިންދޫގެ އަސްލު އުފަން ތަނަކީ ނޭޕާލް. ނޭޕާލުގެ ރަސްމީ ދީނަކީ ހިންދޫ.
އިންޑިޔާ ފަސްޓް ޕޮލިސީ! މިނޫން ދުވަހަކަށް މި ސަރުކާރުގައި އެބަ އިރުއަރާތަ؟ ދީނަށް ފުރައްސާރަނުކުރާގޮތަކަށް ހަވީރުނުވާނެ!
ދެން ފެންނާނީ ގޭ މެރެޖް ކޮށްލާތަން. ގަދައެއްނުން. މީ ޖަޒީރާ ރާއްޖެ. މިނިކާ ރާއްޖެ. ކޮންމެ ކަމެއްވެސް އޯކޭ ވާނެ.
މި އޭ ... މިހާރު ..ނުވެފަ .. އޮތް . .. ކަމަކީ?
ކަމާ ބެހޭ އިދާރާ ތަކުން އަޅަނުލަނީނަމަ މަދަނީ ބަސްނޭހުމަކާއި ކުރިމަތިލާން ސަރުކާރައް ޖެހިދާނެ. ޢާއްމުމަސްލަހަތައް އަދި ސަރުކާރު ގެ ދެމި އޮތުމައްވެސް ރަގަޅުވާނީ ކަމާއި ގުޅުން ހުރި އިދާރރާތަކުން މިކަން ކަން ހުއްޓުވުން
މަ ދަންނަ ދިވެހިން ތަކެށް އޮސްޓްރޭލިއާގެ ރެސްޓޮރަންޓެށގަ އީދު ފާހަގަ ކުރި. ޢެރަށު މީހުން ނިކުމެ އެތަން ބަންދުކުރިނަމަ ދޯ!
ތި ވީޑިޔޯއިން އެފެންނަނީ ނޭޕާލު ބައެއް
ވާނުވާ އެނގިގެން ކިޔާ އެއްޗެއް ކިޔާބަ ދޯ އެނމެންވެސް. ތިހެން އުޅެންޏާ އެތަނުގެ މީހުން ބޭޒާރު ވާނި
ނާސިރަށް ހަމަ ސާބަސް ބޮޑުތުބުޅި ލާފައި ކަލޭގެ ކެފޭގައި ފައްޅި އަޅަންވީނުދޯ
ހަމައެއް ލަމެއް ގާނޫނެއް ޤަވާއިދެއް ނެތް ތަނެއްގަ ތިހުރިހާކަމެއްވެސް ހިނގާނެ. މާބޮޑެތިކަންކަންވެސް ހިގާނެ. ބަލާބަލަ ތިއޮތްއުޅޭ ބަންގާޅިންތައް އަހަރުމެން އެހެން ގައުމެއްގަ އެހެން ގަވާއިދާ ކިލާފުވެބަލަ ޖަލަށް ގަޅާލާނީ ނޫނީ ޑީޕޯރޓް ކޮށްލާނީ..
ބަލަގަ ތިކަމެއްނޫންތަ އެމީހުން މިގައުމުގަ ނުކުރެވިގެން އެތިބަހޭކުޑަވަނީ. ހިންދޫންގެ އިންޑިއާ ޖަގަހައަކަށް މިގައުމުހަދަން މަމެންމިއުޅެނީ. މީމިނިވަންކަން. އޯކޭ
އެއީ މުސްލިމުންނެއް ނޫން. އެއީ ދިވެހި ރައްޔިތުންނެއް ނޫން. އެއީ ބިދޭސީން. ދެން ކޮބާތޯ މައްސަލަ އަކީ؟