ކުރިއަށް މިއޮތް ބަރަކާތްތެރި ރޯދަމަސް އައުމުގެ ކުރިން މި ވެރިކަން ވައްޓާލާނެ ކަމަށް އިދިިކޮޅު ފަރާތް ތަކުން ބުނެފިއެވެ.
ރޭ އިދިކޮޅު ފަރާތް ތަކުން ހއ. އިހައްވަންދޫ ގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހަންމާ ވިދާޅުވީ ކުރިއަށްއޮތް ރޯދަމަހުގެ ކުރިން މިސަރުކާރުގެ އަނިޔާވެރިކަން ނިންމައި އެކަން ހުއްޓުވާނެ ކަމަށެވެ.
މުހަންމާ ވިދާޅުވީ މިސަރުކާރަށް ދެން ވެރިކަން ނުހިފެހެއްޓޭނެ ކަމަށާއި، އިހަވަންދޫގައި ރޭ ހުޅުވި "ކައްވާލި ޖަގަހަ"އިގެ ތެރެއިން އެކަނިވެސް މި އަނިޔާވެރިކަން ހުއްޓުވާނެ ކަމަށެވެ.
މުހައްމާ މިހެން ވިދާޅުވެފައިވަނިކޮށް ދިގު މެދުކެޑުމަކަށް ފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވުމަށާއި އެދުވަހު ރައީސް ޔާމީން ކުޑަ ކަކޫ ޖައްސުވާނެ ކަމަށެވެ.
އިދިކޮޅު ފަރާތް ތަކުން އެންމެ ފުރަތަމަ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުތީ 2015 ވަނަ އަހަރުގެ މޭޑޭގައެވެ. އެދުވަހުގެ މުޒާހަރާ އަށްފަހު ދިން ތާރީހު ތަކުގައިވެސް އިދިކޮޅު ފަރާތަކުން ވެެރިކަން ވައްޓާލަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
އިދިކޮޅުން ފަރާތް ތަކުން މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.
ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ފްބުރުއަރީ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް ރޭ އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ. ރޭގެ މުޒާހަރާ އަށް އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ވަޑައެއް ނުގަންނަވައެވެ.
ވެރިކަން ވައްޓަން ގޮވާމީހާ ވެރިކަން ވެއްޓުމުގެ ކުރިން ބަނޑުވަތައް އަމިއްލަ އައް ވެއްޓެންވީނު.
ބަލަމާދޯ ވާގޮތެއް
ބަލަމާދޯ ވާގޮތެއް
ލައްކަ ކާޓޫނު ވާހަކަ..... މަ ހީހީހީހީހީހީހީހީ.. ހަމަ ހަލާކު... ތިހެން ކިތައްފަހަރު މިހާރު ވައްޓާލައިފީމުތޭ ކުދިންނޭ..... ހީހީހީހީހީހީ.. ހަމަ ހަލާކު... މަހައްދާންވީނު ދޯ ކޮއްކޮމެން.... އޭރަށް އެކަމުން ކޮންމެސް ވަރެއްގެ ކުރިއެރުމެއް ލިބިދާނެ.... ހީނހީނހީނހީނހީނ ހަލާކު... ކާޓޫނު ވާހަކަ.... މަޖާ ގޮލާތަކެއްމީ.... ހީހީހީހީ....
ތިތިބީ ހުއްޓިފަ. ފެނޭތަ ގައުމުގެ ރައީސްގެ ހިތްވަރާއި ކެރޭކަން. ދެން އަދިވެސް ހުއްޓޭނީ ކަލޭމެން.
އެއީ ހަމަ ހޮޅި ވާހަކަ.އެމީހުންނަށް ނުވާނެ އަނގަތަޅާފަހަޅޭލެވުން ނޫން ކަމެއް.
ﷲ ގެ އިރާދަޔާ ނުލާ ތިބުނަނީ ކަލެޔަށް ކޮންފަރާތަކުން ބާރު ލިބިގެން ހެއްޔެވެ؟ ހުކުރު ދުވަހު ކަޙަފް ސޫރަތް ގަވައިދުން ކިޔަވާނަމަ ތިކަހަލަ ގަދަބަސް ބުނުމުގެ ކުރިން ވިސްނާނެ.
ޤާނޫނީ ގޮތުން ހިނގަ ހިނގާ އޮތް ސަރުކާރެއް ވައްޓާލުމުގެ ކޮން ހައްގެއް ކަލޭމެންނަށް އޮތީ، މިކަމުން ދޭހަވަނީ ކަލޭމެންނަކީ ސިޔާސީ ގޮތުން އެއްވެސް ހަރުދަނާ ކަމެއް ނެތް ބައެއްކަން.
މޮޔަ ވޭ އަންނި އެޑިކްޓްތަށް
ދައުރު ނިމި ވޯޓުން ރައްޔިތުން ބޭނުންވާގޮތް ފެނިގެންދާދެން ކތްތެރިވެގެން ތިއްބަވާ
އެންމެ ފުރަތަމަ ވަގު ނޫޓު ޕްރިންޓް ކުރި މައްސަލާގައި ގޮޅިއަށް ލެވުނީ ކަަކު؟::
ރޯދަމަހަކީ އައްނި އަވައިގެ ޖެހިފަތިބީ މުހައްމާ ކަލޯގެ މެންތަކަށް މިގައުމުގައި އިސްލާމީ އަގީދާ އާއި އިދިކޮޅަށް ކުރާ މަސައްކަތުގެ ސްޕީޑް މެކުހަށް ޖަހާލާނަމޭ ހީކުރެވުނީތާ؟ ތިޔައައްނި އަވައިގަޖެހިފާ ތިބި ބައިގަނޑަށް އެގަޅި ސޮރު މިގައުމުގެ ވެރިކަމަށް ހަމަހިލާ އާދެވިޔަކަނުދޭނަން.