ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްޕްރީމު ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ބައްދަލުކުރަން ކަރެކްޝަނަލް ސަރވިސަސްގައި އެދިވަޑައިގެންފައިވާތާ ހަފްތާއެއް ވެއްޖެ ކަމަށާއި، އަދިވެސް ބައްދަލުވުން ހަމަޖެހިފައިނުވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ އޭނަ ކުރެއްވި ޓްވީޓެއްގައި އެވެ. ހިސާންގެ ޓުވީޓުގައި ވިދާޅުވީ އެންމެ ފަހުން އެމަނިކުފާނާއި ބައްދަލުކުރެވުނީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
It’s been more than a week since I have been given a lawyer meeting for CJ Abdulla Saeed by @@Corrections_Mv . The last meeting I was given was on 29th March 2018! https://t.co/BohVfF2AqM
— Hisaan 🎈؟ (@hisaanhussain) April 7, 2018
ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކާއި އަދި ފަނޑިޔާރުންގެ އިތުރުން ފުލުހުންގެ އޮފިސަރުންނާއި ބައްދަލުކުރުމަށް ތަފާތު ދަތިތަކާއި ކުރިމަތިކުރުވަމުން ދާކަމަށް ޤާނޫނީ ވަކީލުން ވެސް ވަނީ އިއްޔެ ބުނެފައެވެ.
ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ހައްޔަރީންނާ ބައްދަލުކުރުމުގެ ފުރުސަތު ދެނީ ކަރެކްޝަންސް އިން ބޭނުން އިރެއްގައި ކަމަށެވެ.
ވަކީލުންގެ ބަޔާނުގައި ބުނި ގޮތުގައި ޖަލުގައި ތިބި މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ހަނިކޮށް، ފުލުހުންނާއި ކަރެކްޝަންސުން އިހްތިޔާރުކުރާ ބަޔަކަށް ގާނޫނީ ވަކީލުންނާ ބައްދަލުނުކުރެވޭނެ ކަމަށް ބުނުމާއި ވަކި އަދަދެއްގެ ގާނޫނީ ވަކީލުން އިހްތިޔާރު ކުރުމަށް އަމުރު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކަރެކްޝަންސް އިން އަމަލުކުރަމުން އަންނަ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި އަމުރެއް ނެރެގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ނިރުބަވެރިކަމުގެ ތުހުމަތުކޮށް، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވައިފަ އެވެ.
ސަރުކާރުން ނިރުބަވެރިކަމުގެ ތުހުމަތު ކޮއްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މައްޗަށެވެ.
އެއީ ކަލޭގެ ބަޑީބޯއިތޯ ދެ ދުވަހުން އެއްދުވަހު ބައްދަލްކުރަން
ރަނގަޅީވެސް ކަލޭމެންބައް ބައްދަލުނުވީއްޔާ.
މައިންބަފައިންނާ ބައްދަލުނުވާތާ 5 އަހަރުވެއްޖެ.
ދެން އަޅާނުލާ. އެ ބެއްޔާ އަށް ކަލޭމެން ދޭން އުޅުނު ބޮނޑި ތިއޮތީ ދެވިފައެއްނު؟