ދިވެހީންގެ ތެރެއިން އެއްވެސް މީހަކު އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައި ވަނީ، ދިރާސާގެ ނަމުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓެއްގައި ދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަތައް ހިމަނައި އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށްފައި ވުމުން އެކަމަށް ގިނަ ބައެއްގެ ނުރުހުންވުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، "ދިވެހިންގެ ހަމަ އެކަކުވެސް އިސްލާމް ދީނަށާ ކީރިތި ރަސޫލާ އަށް ކުރާ ފުރައްސާރަ ބަލައެއް ނުގަނެވޭނެ،" ކަމަށެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައިވާއިރު، އިއްޔެ ޖުމްހޫރީ ޕާޓިންވެސް ވަނީ، އެންޑީއެމް އިން ހިންގި އަމަލު ކުށްވެރިކޮށްފައެވެ. އެ ޕާޓީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް،ޚިޔާލު ފާޅުކުރުމުގެ ނަމުގައި ޢިލްމީ ދިރާސާ ކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި މާތް ރަސޫލާ މުޙަންމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބަދުބަސް ރައްދުކޮށް މިދިވެހި މުޖުތަމައު ފަސާދަކުރުމަށް އެމްޑީއެން އިން ހިންގިއަމަލު ކުށްވެރި" ކުރާ ކަމަށެވެ.
ދިރާސާގެ ނަމުގައި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އެގޮތުން ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.
މިކަމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ އަދި ސަރުކާރުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުންގެ ނުރުހުންވުން އަމާޒުވަމުންދާއިރު، އެފަރާތްތަކުން ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.
ދީނަށް ފުރައްސާރަ ކުރާމީހުންނާ ކޯލިސަން ހަދައިގެން އުޅޭމީހުންވެސް ބަލައެއް ނުގަންނާނަށް
ރައްޔިތުންނޭ ދެން މިހާރު ސިޔާސީ މީހުން ކިޔާނެކަމެއް ނެތް! ރީނދޫ ޖާޒީ ލައިގެން އެއްކޮޅަށް ކުޅެމުން! ފެއްސާ ރަތާ ހުދު އެކުލެވޭ ގައުމީ ޖާޒީ ލައިގެން ރަގަނޅު ކެޕްޓަނަކާއެކު ޓީމެއް އެކުލަވާ ލައިގެން ކުޅެމުން ދަނިކޮށް ފެނިގެންދިޔައީ ރީނދޫ ޖާޒީގައި ކުޅެމުންދިޔަ ބަޔަކާއެކު އެހެން ކްލަބުތަކުގެ ކުޅުންތެރިންވެސް ދަނޑަށް އަރާ ގައުމީ ޖާޒީގެ ކުޅުންތެރިން ބަލިކުރިތަން! ބަލިކުރީ މެޗު ކޮމިޝަނަށާ ކުޅުންތެރިންނަށާ ސަޕޯޓަރުންނަށްވެސް ރިޝްވަތު ދީގެން! އަދި ގައުމީ ޖާޒީގައި ކުޅުނު ބައެއްކުޅުންރިންވެސް ފަހުވަގުތުކޮޅު އިދިކޮޅަށް ކުޅެ ބައިކޮޅަށް ލަނޑުޖަހައިގެން! މިހާރު އެހުރިހާ އެންމެން އެތިބީ ރީނދޫ ޖާޒީގައި! އަނެއްކާވެސް ގައުމީ ޖާޒީ ލާންވީ ވަގުތު މިއޮތީ ކުޑަތަންވެފަ! 2008 ވަނައަހަރުވެސް ސަޕޯޓަރުންގެ ހުރި ޣާފިލު ކަމެއްގެ ސަބަބުން ގައުމަށް ނުރައްކާ ކުރުވަން ފުރުސަތު ދިނީ ރީނދޫ ޓީމަށް! 2013 ވަނައަހަރުވެސް އެހެންޓީމުތަކުގެ އިސް ކުޅުންގެތެރެއިންގެ ތރެއިން ވޭތުވެދިޔަ ފަސް އަހަރުތެރޭ ގައުމީ ޓީމާ ދެކޮޅަށް ކުޅެ ތަކުރާރުކޮށް ފައުލްކޮށް ރައްކާޑު ދައްކާފައިތިބި ބައެއް ކުޅުންތެރިން ރީނދޫ ޓީމަށް ސަޕޯޓްކޮށް އަދި ގައުމުގެ ސަޕޯޓަރުންގެ ސިކުނޑިތަކާ ކުޅެ މޮޅުވެވުނީ ބޮޑު އޮޅުވާލުމެއްގެތެރެއިން! ދިވެހި ސަޕޯޓަރުން ހަމަ ޣާފިލުވީ! އެއް އަހަރަކުން ދެފަހަރު ކަށިޖެހީ! މިއީ ދިވެހިންގެ ހުރި ނުވިސްނޭ ނުކުޅެދުންތެރިކަން! 2008 ވަނަ އަހަރެކޭ އެެއްގޮތަށް 2013 ވަނައަހަރުވެސް ގައުމީ ކުޅުންރިން ގޮވަމުންދިޔައީ ރީނދޫ ޓީމަކީ ޙަގީގީ ކުޅުމެއް ކުޅޭ ބައެއްނޫނޭ! އެއީ ފައުލްކުރާ ނުބައި ބައެކޭ! ސަޕޯޓު އެމީހުނަށް ނުކުރާށޭ! ބުނެބުނެ ތިއްބާ ނިންމާލީ!! އެހެންވީމަ ދެން އަތްޖަހަން ތިބޭ! އަމިއްލަ ގައުމު ބަލިކުރަން ސަޕޯޓަރުން މަސައްކަތް ކުރުމަށްފަހު! މިހާރު ރީނދޫ ޓީމު އެދަނީ ހުރިހާ ދިމާތަކަށް އެމީހުންގެ ކުޅުންތެރިން ލައިގެން ވަރުގަދައަށް ކުޅެމުން! ބޭނުންހާ ފައުލެއް ކުރަމުން އަދި އޮފްސައިޑް ލަނޑުވެސްޖަހާ ލަނޑުކަމަށް ގުނަމުން! ސަޕޯޓަރުންނާ ދިމާލަށް ބުނާކަހަލަ ތިމަންމެން ބޭނުންގޮތަކަށޭ ކުޅޭނީ!! ވަރަށްސަލާމް!!
މިސަރުކާރުގެ އެއްހިއްސާދާރް. ވެރިމީހާއަށް މިކަންހުޓުވޭނެ..ނަމަވެސް ނުކުރޭ..މޮޔަނުގޮވާ...
ބަލައިނުގަންނަމޭ ބުނުމަކުން ނުފުދޭ. ޕާޓީތަކުން މިކަމަށް ނުކުމެ ސަންސެޓް ގާނޫނެއް ހަދައިގެން ނަމަވެސް މި މީހުން ހުއްޓުވަންވެއްޖެ. މިއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް. މި މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލަންޖެހޭ.
އޮނަރަބަލް ޤާސިމް އިބްރާހިމްއެވެ. ތިޔަ ހިޔަޅު ކޯލިޝަން ދޫކޮށް މި ޤަޢުމުގެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރުއްވައި ނުކުންނަވާށެވެ. މަނިކުފާނަކީ ރައްޔިތުންގެ މަނިކުފާނަށް ބޭނުންވި ކޮންމެ ހިނދެއްގައި ރައްޔިތުންގެ ހައްޤުގައި ބޮޑެތި ޤްރުބާނީތަކެއް ވެވަޑައިގެންފާ ޤަޢުމީ ބަތަލެކެވެ. އެއް ފަރުދަކަށް މަނިކުފާނަށް ވުރެ މަތީ ދަރަޖައަކަށް މިގަޢުމުގެ ރައްޔިތުންގެ ހައްޤުގައި އިޚްލާސްތެރި ހިތަކާއިގެން މަގުމަށްޗަށް ނުކުންނެވި ވަކި އެހެން ބޭފުޅެއް ނުހުންނާނެވެ. އިސްލާމް ދީނުގެ ދިފާޢުގައި ހޭދަކުރެއްވުމަކީ އެންމެ މަތިވެރިގެންވާ ސަވާބު ލިބިގަތުމެވެ.
ދެން ކޮންހާ ވާހަކައެއް ދައްކާކަށް.. މިއީ ކަލޭގެ ސަބަބުން މަގުފަހިވީ ކަމެއް.
ދެން ޤާސިމް މިހެން ކިޔައިގަތުމުން އިބޫ ޞާލިޙް ބިރުން ޤާސިމް މައިތިރިކުރަން އަނެއްކާވެސް އަނެއް ލާރިގަނޑު ސަރުކާރުން ޤާސިމަށް ދޭގޮތަށް ހަމަޖައްސާނެ! މިހެން މިކަން ވަނީ!
ގާސިމް މާދީން ވެގެން އުޅޭ ސަބަބަކީ 4 އަނބިންގެ ފުރުސަތު ބަންދުވެދާނެތީ
ޤައުމު މިހާލަތަށް ގެނައުމުގެ އެންމެ ކުރީ ސަފުގަހުރި މީހަކީ ކަލޭ އަދި ކަލޭގެ ކުންފުނި ޖޭޕީ މިހާރުވެސް ތި ކުންފުންޏަށް ވަންނަ މީހުނަށް މަހު މުސާރައިގެ ގޮތުގަ _/20000 ރުފިޔާ ދޭ މީހަގީގަތަކީ ގްރޫޕް ބޮޑުކުރަނީ މިފަދަ ދީނާ ހިލާފް ވާހަކަ ދައްކާ މީހުން މަދުކުރަން.
ބަލަ ހައްދުފަހަނަ އެޅުމާއި ހަރުކަށިކަމާއި ޓެރަރިޒަމަކީ އިސްލާމްދީނާއިދެކޮޅުމީހުންގެ ކަމެއް. މިއީ އިސްލާމްދީން މަނާކުރާކަންތައްތަކެއް. ކިތއްމެވަރަކައް މުސްލިމުން ބޮލުގައްޅުވަން އުޅުނަސް ހަގީގަތް ވާނީ ހަގީގަތައް.
ކަލޭ ވެސް ތީ ހަމަ މިކަމުގައި ބައިވެރިވާ ބޮޑު މީހެއް އެނގިއްޖެ! މީހުން ހަޅެއް ލަވާތީ ބޮލުގަ ތެތްގޯނި އަޅުވަން ކޮންމެހެން މާ އަނގަ ފުޅާ ކުރާނެ ކަމެއްނެތް!!!
ޤާސިމް ތި ވިދާޅުވީ އެހެން ގައުމެއްގެ މީހަކު އިސްލާމް ދީނަށް ފުރައްސާރަކުރީމަ ބަލައިގަނެވޭކަމަށްތޯ؟އަހަރެން ބަލައެއް ނުގަންނަން އިސްލާމްދީނަށް ފުރައްސާރަ ކުރާ ހަމަ އެކަކުވެސް.
ގާސިމޫ ބަލައިގަތަސް ނުގަތަސް
ތިކަމެއްނުހުއްޓޭނެ މިސަރުކާރަށްނިސް
ބައްވާ މިސަރުކާރައްތާއީދުކުރާ މިސަރު
ގެެނައުމަށްގުރުބާންވިބަޔަކުކުރާކަމެއް
ދައްކާވާހަކައެއްމިސަރުކާރުނުހުއްވާނެ
ބުރުމާ ކަލޭތީ މި ގައުމު ގެ ހަލާކު.