ލ. ފޮނަދޫގައި 2017 ވަނަ އަހަރުގެ މާޗު މަހުގައި ކަރުބުރިކޮށްލައިގެން ހަސަން އުއްލާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން ފަށާ، މިއަދު ސިފައިންގެ މީހެއްގެ ހެކިބަސް ނަގައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި އޮތީ ދަޢުލަތުގެ ފަރާތުން ހުށަހެޅި ލ. ކައްދޫ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތް ކުރާ ސިފައިންގެ މީހަކުގެ ހެކި ބަސް ނެގުމެވެ.

އެ މައްސަލައިގައި ދަޢުލަތުގެ ފަރާތުން 8 މީހެއްގެ މައްޗަށް ދަޢުވާ ކުރެއެވެ. މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އަޑު އެހުމެއްގައި ދަޢުލަތުގެ ވަކީލުން ބުނެފައިވަނީ ހަސަން އުއްލާއަށް އިސްވެ ހަމަލާދިނީ އަބޫ ކަލަމް ކަމަށާއި، އޭނާ އިތުރު ބަޔަކު ގޮވައިގެން ގޮސް ހަސަން އުއްލާގެ ކަރު ބުރި ކޮށްލާފައިވަނީ އެރަށު އަތިރިމަތީގައި ކަމަށް ދައުލަތުން ބުނެއެވެ. އަބޫ ކަލަމްގެ މައްޗަށް ދަޢުލަތުގެ ފަރާތުން ކުރަނީ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އެވެ.

ޝަރީޢަތުގެ މަޖިލީހުގައި މިއަދު ހެކިވެރިޔާ ކިޔާދިން ގޮތުން އޭނާ 25 މާޗު 2017 ވަނަ ދުވަހުގެރޭ ކައްދޫ މެސްރޫމުން ކައިގެން ކައްދޫ އިން ފޮނަދޫ އަށް ދިޔުމަށްޓަކައި ލިންކު ރޯޑުން ސައިކަލުގައި ދިޔައީ ފެންފުޅިއެއް ބޮމުންނެވެ. ފޮނަދޫ ސްޓޭޑިއަމް ކައިރިން ފެންފުޅި ހުސްވުމުން، މަގުމައްޗަށް ފުޅި ނޭއްލަން ވެގެން އެތާ ކައިރީގައި، އަތިރިމައްޗަށް އެރެވޭ ގޮތަށް އޮތް މަގަކަށް ލަނބާލާފައި އެތެރެއަށްް ވަދެ ވަލު ތެރެއަށް ފުޅި އެއްލި ކަމަށް އޭނާ ބުންޏެވެ. ފުޅި އެއްލާލި ވަގުތު ސައިކަލުގެ އަލި އެޅިފައި ހުރި ދިމާލުން އޭނާ އަށް ބައިސްކަލެއްގެ މަތީގައި ބިދޭސީ އަކު އިން ތަން ފެނުނު ކަމަށާއި އަދި އެ ސަރަހައްދުގައި އޭނާގެ ކައިރީގައި އިތުރު 4 ނުވަތަ 5 ބިދޭސީއަކު ތިބިކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ އެމަގުން ނުކުމެގެން ފޮނަދޫ އަށް ގޮސް ކޮފީ އެއް ބޮއި ނިންމާލުމަށްފަހު އަނެއްކާވެސް އެމަގުން ދިޔައިރު ބިދޭސީން ފެނުނު މަގުގެ ކަންމައްޗަކަށްވާ ގޮތަށް އަނެއްކާވެސް ބިދޭސީއަކު ބައިސްކަލު މަތީގައި އިން ތަން ދުށް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ މީހާއަކީ ފުރަތަމަ އޭނާ ފޮނަދޫ އަށް ދާން ދަތުރުކުރިއިރު ފެނުނު ބިދޭސީ މީހާ ނޫން ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ. އޭނާ އެމަގުން ދަތުރުކޮށްފައި ދިޔައިރު އެ ސަރަހައްދާއި ކައިރި ހިސާބެއްގައި ހުރި ކެޔޮ ގަސްތަކެއްގެ ކައިރިން އަންހެނަކު ހަޅޭއްލެވި އަޑު އިވުނު ކަމަށާއި، އެ އަންހެން މީހަކީ އެރަށުގައި "ސިކުނޑި ހަމަނުޖެހޭ" މީހެއް ކަމަށް ގިނަ ބަޔަކު ބުނާ އަންހެނެއް ކަމަށް ހެކިވެރިޔާ ބުންޏެވެ.

އަދި އޭނާ އެހާ ރަނގަޅަށް ވާހަކަ ނުދައްކާ "ބޮންދު، ބޮންދު" އޭ ކި ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭނާ ކިހިނެތްވީހޭ ބުނީމަ ބައިސްކަލް މަތީގައި މީހަކު އިން ދިމާލަށް އިޝާރާތް ކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކުވެރިޔާ މިމައްސަލައިގެ ހެކިބަސް ދިނީ ފޮނަދޫގައި ބިދޭސީއަކު މަރުވިކަން އެނގުމުން އެއްދުވަހަކު މެސްރޫމްގައި ހުރެ އޭނާއަށް ފެނުނު ކަންތައްތައް ކިޔާދިނުމުން އޭނާގެ މައްޗަށް ތިބި ވެރިން އެކަން ފުލުހުންނަށް ހުށަހެޅުމުން ކަމަށް އޭނާ ކިޔާދިނެވެ.

އޭނާގެ ހެކިބަހާއެކު ދަޢުލަތުގެ ވަކީލާ ވަނީ ފޮޓޯ ސެޓެއް ދައްކައި، އޭނާ އަށް ބައިސްކަލް މަތީގައި އިންތަން ފެނުނު ބިދޭސީ މީހާ ވަކިކުރަން ފުރުސަތު ދީފައެވެ. ހެކިވެރިޔާ އެ ފޮޓޯ ސެޓަށް ބެލުމަށްފަހު ބުނެފައިވަނީ އެ މީހަކީ އެ މައްސަލައިގައި ދަޢުވާ ލިބޭ ބިދޭސީއެއް ކަމަށްވާ "ދީން އިސްލާމް" ކަމަށެވެ.

މި މައްސަލައިގައި ދަޢުލަތުގެ ފަރާތުން އަދި 9 މީހެއްގެ ހެކިބަސް ނަގަން ހަމަޖެހިފައިވެއެވެ. މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ދަޢުލަތުގެ ފަރާތުން ހެކި ހުށަހެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސައްދާމް

  އެފަދަ ވަގުތެއަގައި ބިދޭސީއަކު އެކަހެރި ހިސާބަކުން ފެނުމުން ސިފައިންގެ މީހާގެ ވާޖިބަކަށްވާން ވާނީ އޭނާއެކުރަނީ ކީތްތޯބެލުމެވެ އަދި ޔަގީނާގާތަށް އެބަޔަކު ކުރާކަމެއް އެގުމުން މެނުވީ އެހިސާބުން ގޮސްގެންނުވާނެއެވެ ނުވަތަ ފުލުހުންގެ ސަމާލުކަމަށް ގެނެވެން ޖެހޭނެއެވެ. މިފަދަ ކަންކަމުގައި ސިފައިންނާއި ފުލުހުންގެ ދޯހަލިކަން އަބަދުވެސް ފެނެއެވެ. އެހެން ވާންދިމާވަނީ ރަށުކުދިން ރަށު ޑިއުޓީގައި ބޭތިއްބުމުން މައްސޫލިއްޔަތުތަކަށް ދޭންޖެހޭ އަހައްމިޔަތު ކުޑަވޭ.

  35
  42
 2. އެޖެންޓް 203

  ހާދަ ގަބޫލްކުރަން އުނދަގޫ ވާހަކައެކޭ މި ހެކިވެރިޔާ މިކިޔަނީ. ސައިކަލްގައި ދުއްވާފައި ދަމުން ފެންބުއިމާއި އެފުޅިހުސްވުމުން ހުސްފުޅި އެއްލާލުމަށް ވަލުތެރެއަށް ވަނުން، މީ އާދައިގެ ޒުވާނަކަށް ވާނޭކަމެއްކަމުގައި ނުވިސްނެއެވެ. ޔައުނީ ސައިކަލް ދުއްވަމުން ފެންބުއި ކަމަށް ބުނުމުން އެބޭފުޅާގެ ސެލްފް ޑިސިޕްލިން ދައްކުވައިދެނީ އެހާމެ ކަންކަމުގައި ގަވައިދެއް ނުގެންގުޅޭނެކަމެވެ. އަދި ފުޅިހުސް ވުމުން ވެސް މާހައުލަށާއި މުޖުތަމައުގެ ސާފުތާހިރުކަށް ބެލުމުގެ ގޮތުން ހުސްފުޅި އެއްލާލަން ވަލުތެރެއަށް ވަންނާނެ ފަދަ ޝަހުޝިއްޔަތެއް ނޫނެވެ. ކުށުގެ ވެއްޓާއި އެހާމެ ކައިރިން ދެވިފައިވާ މި ސިފައިންގެ ބޭފުޅާއަށްވެސް ތުހުމަތު ކުރެވެއެވެ. ވީމާ ޝައްކުގެ ނަޒަރުން ބެލެން އޮތްހާލު ތުހުމަތުގައި ތިބި ބިދޭސީންނާވެސް މީނާއާބެހޭގޮތުން ސުވާލު ކޮށްލުން މުހިންމުކަމަށް ފެނޭ. ފަހަރުގައި ކުއްހިގަމުން ދިޔަ ވަގުތު އެސަރަހައްދު ރެކީކުރާ ނުވަތަ އެއްވެސް އެހެން ބަޔަކުގެ ހިލަމެއްވޭތޯ ފާރަވެރިޔަކަށް މީނާ ހުރުމީވެސް ވެދާނެކަމެއް. މާތްﷲ އީމޮޅައް ދެނެވޮޑިގެންނަވާ ފަރާތަކީ.

  53
  18
  • ޕާޓޭ

   އޭ،ކަމެއް ވާއިރަކަށް ޕޮލިހާ ސިފައިން ކުއްވެރި ނުކޮއްބަލަ މާދަމާ ފެންނާނީ ފުލުހުން ތިމާ ސަލާމަތް ކުރާތަން. އެއީވެެސް އިންސާނުން.

  • މޭން

   ސިފައިންގޭގައި ތިބޭނީ ބޭކަލުން

 3. އީސަބެ

  ބުއްދި ގަބޫލު ނުކުރެވޭ ވާހަކަތަކެއް ދައްކަނީ، ސިކުނޑި ހަމަނުޖެހޭ މީހާކު ބޮންދު ބޮންދު އޭ ގޮވާއިރު ވެގެން އުޅޭ ގޮތް ބަލަން ޖެހެއެއެވެ. ހުވައެއް ކޮށްގެން ހުރި ސިފައިންގެ އޮފިސަރެކެވެ. ސައިކަލުގައި ދަމުން ފެންފުޅި ބޯ މީހަކު އެފުޅި މަގުގެ އެއްކައިރިއަށް ނުވަތަ ދަމުން ގަހެއްގެ އެތެރެއަށް އެއްލާލަން ފަސްޖެހޭނެ ހެނެއް ހިޔެއް ނުވެއެވެ. ހުސްފުޅިއެއް އެއްލާލަން ވަލުތެރެއަށް ވަންނާނީ ކާކު ބާވައެވެ. އެއަށްވުރެ މާފަސޭހަވާނެ ޑަސްބިނެއް ފެނެންދެން އަތުގައި ބޭއްވިއަސް.

  33
  5
 4. ާއަދުރޭ

  ކުފޫހަމަ ނުވާ ސިފައިންގެ މީހުން ބޭރުކުރުމަށް ގޮވާލަން. މޮޔައެކޭ މީހުން ކިޔައޭ ކިޔާފަ އޭނަ ބޮންދު އޭ ބޮންދު އޭކިޔަމުން ދުވީމަ ވާނުވާ ބަލަން ޖެހޭނެ. ވިސްނުން މައްސަލަ ހުރީ އެމީހާގެ ކަމުގައި ނުބެލެވޭ. މައްސަލަ ހުރީ ސިފައިންގެ މީހާގައިގަ. ބޭރުކޮށްލާ މޮޔައިން

  14
  4