ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި 2012 ފެބްރުއަރީ 7 ގެ މައްސަލަތަކެއް ބެލުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަަދާކުރާ މިންވަރު ބަލާ ކޮމެޓީ އިން ނިންމައިފި އެވެ.
ކޮމެޓީގެ އެޖެންޑާގައި ވަނީ 7 ފެބުރުއަރީ 2012 ގައި ހިނގައިދިއަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ ބަލައި، ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެއް ދިރާސާކުރުމެވެ.
މަޖިލީހުގެ ކޮމެޓީއަކުން މި މައްސަލަ އާއި ގުޅޭ ކަންކަން ބެލުމަށް ނިންމި އިރު، 7 ފެބުރުއަރީގެ ހާދިސާގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން މިހާރު ތިއްބެވީ މިސަރުކާރަށް ތާއިދުކުރާ ބޭފުޅުންގެ ތެރޭގައެވެ.
2012 ވަނަ އަހަރު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޞީ އަބްދުﷲ މުހައްމަދު ޤާނޫނާއި ހިލާފަށް ހައްޔަރުކޮށް، ރަހީނުކޮށްގެން ގެންގުޅޭތާ 21 ދުވަސްވި ފަހުން ފުލުހުން ސަރުކާރާއި ދެކޮޅަށް ނިކުތުމުންނެވެ.
ފުލުހުން ސަރުކާރާއި ދެކޮޅަށް ނިކުމެ އަޑުއުފުލަން ފެށުމުން ފުލުހުން ކޮންޓްރޯލް ކުރަން ސިފައިން މެދުވެރިކޮށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވެ އެންމެ ފަހުން ސިފައިންގެ ބަޔަކު ވެސް ވަނީ ފުލުހުންނާއި ގުޅިފައެވެ.
ކުރީގެ ރައީސް ނަޝީދު 2008 ގައި ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނަވަނިކޮށް 2012 7 ފެބުރުއަރީގައި ހިނގައިދިއަ ހާދިސާގެ ތެރެއިން އެމަނިކުފާނު ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެމްޑީޕީން ދަނީ އެއީ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "ބަޣާވާތެއް" ކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދައި ތަހުގީގެއް ހިންގުމަށްފަހު ނިންމާފައި ވަނީ އެ ހާދިސާ އަކީ ބަޣާވާތެއްނޫން ކަމަށެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުންތޯ ބެލުމަށްް ކޮމަންވެލްތު އިން ކަނޑައެޅި ބޭފުޅަކު ހިމެނިގެން ރައީސް އުފެއްދި ރިޔާސީ ކޮމިޝަނަކުން ތަޙްޤީޤު ކުރިއެވެ. އެކޮމިޝަނުން ނިންމީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
ފުރަތަމަ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތިޔަ މަޖްލީހުން ބަލާބަ
ޔާން 2023
ޓތިކަމަކީ ކުރެވިއްޖަނަމަ ވަރައް ރަނގަޅުކަމެއް އެއިރުން ހުރިހާ މުައްސަސާއެއް ސާފުވީ އެކަމަކު ގާސިމް އާއި މައުމޫނު އަދި އިމްރާނު ތިކަން ކުރިއަކަނުދޭނެ އަދި ސިފައިންގެތެރޭންވެސް ބައެއް ވެރިން ތިކަމަކައް އެއްބާރުލުމެއް ނުދޭނެ...
ފުރަތަމަ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތިޔަ މަޖްލީހުން ބަލާބަ...
ތިއުޅެނީ މަންހަޖް ގޯސްވެގެނެއްނޫން. ލާދީނީ ރިޕޯޓަށް ދިވެހިން ފާޅުގައި ދެކޮޅު ހެދުމުން، ގައުމުގައި އިސްލާމްދީނަށް ލޯބި ހުރި އެތައް ބަޔަކު ތިބިކަން އެނގުމުން. ދީނުގެ ދުވަސް ދުއްވާލަން އަދި އެހާ ފަސޭހަ ނޫންކަން އެނގުމުން ޕްލޭން ބީއަށް ތިދަނީ. މުޖައްރިބު ފަންޑިތައަށް މިހާރު ތިދަނީ. ޅަ ސިކުނޑިތަށް ދޮވެލާ، ދީނުގެ ކަންފުޅެއްވެސް ނެތްގޮތަށް އެކުދިންގެ ތައުލީމީ ނިޒާމް ހަމަޖައްސަން ތިއުޅެނީ... މިއަދު ދިވެހިން ނުކުރި ކަމެއް ފަހުން ނުކުރެވޭނެ.. މިސަރުކާރަކީ، ދީނުގެ ހަލާކު އިތުރަށޤ ގައުމުގެ ހަލާކު ދެދުނިޔޭގެ ހަލާކު. ހާލަތު ބަދަލު ކުރުމުގެ ފިކުރި ނެތްނަމަ މިތިބި ނުބައި ހާލަތުގައި ތިބެންޖެހޭނީ. އުތީމު 3 ބޭކަލުންނާއި ދޮންބަންޑާރައިންގެ ހިތްވަރުން ހިތްވަރު ލިބި ދީނުގެ ހައްޤުގައި ޖިހާދު ކުރަންވީ ވަގުތު މިއޮތީ އައިސް.
ތައްޔާރު. ހަށީގައި ފުރާނަ ހުރިހާހިނދު ދީނުގެ ދިފާއުގަ ނުކުންނާނަން. ނާރުތަކުގަ ހިނގާ ޒުވާންލޭ މިހިރަ ކެކެނީ. ދީނަށްޓަކާ ފުރާނަވެސް ދުއްވާލަން ތައްޔާރު. އާނދޮނގޭ.
ތިޔައީ މި ހިނގާ ލާދީނީ ކަންތައްގަނޑު އޮއްބަން އެޖެންޑާ19 ގެ ދަށުން ހިނގާ ކަމެއް. ލާދީނީ އެމްޑީޕީ ލާދީނީ ސަރުކާރު ލާދީނީ މަޖިލީހުގެ ރައީސް ލާދީނީ ނޫން އެހެން އެއްޗެއް ނެތް.
އަޅެ ތިކަން ބަލާނެގޮތެއް ބުނެބަލަ! އެ ދުވަހު ނަޝީދު އިސްތިޢުފާދިނީ ހާމާނު ފެނިގެން! ވީމާ ހާމަނު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުނުކުރެވެންޏާ ތި މައްސަލަ ސާބިތުކުރާނީވެސް ކިހިނެއްހޭ!
ހަހަހއްގައް ދޮގެއް ނޫން. ބޮޑު ގެރިއެއްވެސް ފެނުނު ކަމަށްވޭ. އިންޑިއާއިން މަސް ފަލަ ގެރިއެއް ގެނެސް ހެކިބަސް ނަގަން ފެނޭ.
މިހާރު އެއުޅެނީ ލާދީނީ ކަންކަން އޮއްބާލަން ވެގެން. މި ލާދީނީ ބައިގަނޑު ކުޅޭ ކުޅި ދިވެހި ލޮބުވެތި މުސްލިމުން ވަރައް ރަނގަޅައް ހޭލާ ތިބޭތި
ވަރަށް ފައްކާކަމެއްތީ! އަވަހަށްމައްސަލަބަލާނިންމާފަ ނަޝީދު އިސްތިއުފާދެއްވީގަދަބާރުންކަމަަށްނިންމާ ވެރިކަމުންދުރުވިދުވަހުންފެށިގެންބާކީހުރި ދުވަސްތަކަަށްއަލުންވެރިކަންދީ މިހާރު ވެރިކަމުގަހުރި ހިންނަވަރުއިބުރާހީމްދުރުކޮށްވެރިކަމާއިހަވާލުވާންވީ. މިސަރުކާރު ބަޔަކު ރޭވުންތެރިކަމުންގެނައީ ރައްޔިތުންނަށް ކޮންމެހެން ކަމެއްކޮށްދޭކަށެއްނޫން. މި ވެރިކަން ގެނައީ ލާދީނިއްޔަތާއި، ނަޝީދުގެ ހިއްސާވަަ ފަރާތްތަކާއި ޚުދު ނަޝީދުގެ އަމިއްލަ މައްސަލަތައްބަލައި ދިވެހިން ވާވައްދަން. ވެރިކަމުގަހުރި ހިންނަވަރު އިބްރާހީމާއަކީ ނަޝީދުގެޕަޕެޓެއް. ހަމައެކަނީ ޕޯޑިއަމްތަކަށްއަރުވަންބަހައްޓާފަހުރި މީހެއް
ދެން ސެލްފީ ނަގަން.
އެމްއެން ޑީ އެފް މަރުކަޒުތެރޭ ސިފައިންނައް މުގުރުން ހަމަލާދިން އެ މްޑީޕީ މީހުންގެ މައްސަލަވެސް ތިކޮ މިޓީން ބަލަންވާނެ
2020ގަ ބަރުލަމާނީއަށް ވޯޓަކަށް ދާންވާއިރަށް މަގު ސާފުކުރަނީ.. ޓާގެޓަކީ ކާނަލް ނާޒިމާ އަބުދުﷲރިޔާޒު އުމަރުނަސީރު.. ފުރަތަ ޓާގެޓް ކާމިބުވެއްޖެކަމަށްބަލާ އެއީ ރޔާމީން.. ރޔާމީނަށް ލޮޓިދޭން މިއެއްމެން ސަރުކާރަށް އެއްބާރުލުންދިނީ ތިމާމެންނަ ހިމާޔަތް ލިބިފަތިބިކަމަށްހީކޮށް.. ރޔާމީނަށް ލަޑުދޭން އެއްމެބޮޑަށް އެދެނީވެސް ގާސިމު ނާޒިމު ރިޔާޒު ނަޝީދު.. މިމީހުން ވިސްނާގޮތުން ރޔާމީން އެއްފަރާތްކުރުމުން ޕޕމގެ ފުލްސަޕޯޓު މިމީހުންނަލިބޭނެ.. އެއްބަޔަކު މޑޕއަށް އަނެއްބަޔަކު ގާސިމަށް.. ތިޕްލޭން ﷲއިރާދަކުރެއްވިނަމަ ކާމިޔާބެނުވާނެ.. ޕޕމގެ ކެންޑިޑޭޓެ ނުކުންނާނެ.. އެއީ ތިޕްލޭންތަ ފޭލް ކޮއްލާނެ ކެންޑިޑޭޓް.. އަނެއްގޮތަކީ ރޔާމީން ނުކުންނާނީ.. 7ފެބްގެ މައްސަލަ ނެގުމުގެ ބޭނުން ނަޝީދު މިދަނޑިވަޅުގަނަގަނީ މަގުސާފުކުރަން އަވަސްކޮއްލީ.. ގާސިމާ ނާޒިމާ ރިޔާޒުމެން ހީކުރާގޮތަށް އިންތިހާބަށް މިނިވަންކޮށްފަ ނުބައިތިއްބާނެ.. އެއަށްވުރެ ހިޔަޅު ވިސްނުން ނަޝީދު ވިސްނާނެ.. ރޔާމީން އެއްފަރާތްކުރުމަކުން ޖޕއަށް ލިބޭނެ އެއްޗެނެތް.. ޕޕމގެ ސަޕޯޓަރުންގެ ހަމްދަރުދީ ޖޕއަށް ނުލިބޭނެ.. އަހަރެމެންނަ އެބައިގޭ ރޔާމީނާމެދު ޓާގެޓްކޮށް މިކުރާކަންތައްތަމިއީ ޖޕގެ ރޭވުންކަން.. އެހެންވީމަ ތިގޮތަށް ހަމްދަރީގެ ވޯޓެނުލިބޭނެ.. ޕޕމގެ ކެންޑިޑޭޓެއްގެ ނަން ކޮއްމެދުވަހަކު އިންތިހާބެ ބޭއްވިޔަސް އޮންނާނެ..
ރ.ރ. ނަޝީދު އިސްތިއުފާދިން މައްސަލަ ބަލައި، ރ.ރ. ނަޝީދުއަށް ފިޔަވަޅުއަޅާ
ރަޢިއްޔަތުންނަށް ލާބަ ހުރި ކަމެއް މިމަޖްލިސަކަށް ނުކުރެވޭނެ. އެމް.ޑީ.ޕީއާ ނަޝީދާ ގުޅުންހުރި ކަމެއްވިއްޔާ އެކަމެއް ބަލަން މަޖްލިސުން ފާސްކުރާނެ. ވެލާނާގެއިން އެއްޗެއް ގެންގޮސްގެން ކުރި ސަރީޢަތުގައި ޙުކުމް ކުރެއްވި ގާޒީވެސް ކަމެއް ކޮށްފައި އޮތްތޯ ބަލަންވާނެ.
މުޙައްމަދު އަމީން އަވަހާރަ ކޮށްލި މައްސަލަ ވެސް ބަލަންޖެހޭނެ.. މި އޮތީ ބަޔަކަށް ވެރިކަމެއް ލިބިފަ.. މައްސަލަބަލާ ވެރިކަން... ޓަޓާސް ޓަސް..
ތިނޫންކަމެއްކަލޭމެންނުކުރާތި
ގޯނިން ބޭރުވީމަ ވާގޮތްވެސް ބަލަން ތިބެމާ ހިނގާ... މާތްﷲ ގަންދީ ހުވައިކޮށްފަަ ބުނަން މިޤައުމުން އިސްލާމް ދީން ފޮހެލުމަކީ ވާނެކަމެއް ނޫން... އިންޝާ ﷲ!! ޓަޓާސް ޓަސް...
އަބުދުއްލާ ޤާޒީ ރަހިިނު ކޮށްގެން ގެންގުޅުނު މައްސަލަ ބަލާކަށް ނުކެރުން ދޯ.. ޙުސް ޕަޕެޓުން ވިއްޔާ ދޯ.. އަމިއްލަ ފައިމަތީގައި ކޮޅއައް ހުރެވޭ ހަމަ އެންމެ މެމްބަރަކުވެސް ނެތީ ދޯ...
އެމްޑީއެން މައްސަލައިގެ މިސްރާބު ބަދަލު ކޮށްލަނީއެވެ.
މި އުޅެނީ އިބޫގެ ވެރިކަން ވައްޓާލަން އެމްޑީޕީ ތެރޭތިބި ލާދީނީ މަދު ބަޔަކު ކުރާ ކަމެއް ކަން ޔަގީން ނަމަވެސް މިފަހަރަު އަހަރުމެން އަހަރަުމެން އެމްޑީޕީ މީހުން ތިޔަ ފުރުސަތެއް ނުދޭނަން ލާދީނީ ފެކުސަނައް.
ކިތަންމެ ވަރަކަށް ބެލިޔަސް ވެރިކަމާ 100 ފޫޓަށްވެސް ކައިރި ނުވެވޭނެ. ޓެރަރިސްޓު ފަހަތުގަ ތިބީ ހަތަރުކަށިމައްޗާ އެންގްރީބާޑާ މިހެން ތިބި އިސްކޮޅުން ކުޑަހެން ހީވާ ހައެއްކަ ކެނަ. ޗަކިންދަ ގްރޫޕަކީވެސް ކިނބޫފެކްޝަން. ދެން ތެޅިތެޅި ތިބޭ. ވެރިކަން ވެއްޓުމުގެ ހިތާމައިގަ ކަރުނަ ބާލާ ދުވަހަކަށް ވާނެތާ.ކެކެކެ
އިއްޔެގެ މަޖްލީސް ޖަލްސާގައި ޙަސަންލަތީފް ދެއްކި ވާހަކައިން ދޭހަވޭ އެމީހުން ފުރަސަތު ދީގެންކަން ވެރިކަން ވެއްޓުނީ. ނަޝީދު ފުރަތަ ބަލަންވީ އެރުގެ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ކިތައްމީހުންތޯ އެކަމުގައި ބައިވެރިވެ. އަޑީގައި ތިބެގެން ނަޝީދު ދެކޮޅަށް ނުކުތީ!
ތީ ވަރަށް ރަނގަޅު ކަމެއް 5 އަހަރު ދުވަހުގެ ވެރިކަން ހަވާލު ކުރުމުން ޒިންމާ އަދާ ނުކޮށް ވާޖިބަށް ފިލި މައްސަލަ ބަލަން ޖެހޭނެ
އުންމީދުކުރަން ތިޔަ ކަރާމާތްތެރި ކޮމެޓީން 8 ފެބުރުވަރީ 2012 ގެ ބޮޑުހުޅު، އަދި އިހުމާލުވި މީހުންގެ އަތުން މާލީ ބަދަލާއި އެކަށޭނެ މުއްދަތުގެ ޖަލުހުކުމް އިއްވާނެކަމަށް
ވެ ނި މިފައި އޮތްކަ މެއް ނުބެލޭނެ. އިސްތިއުފާ ދިނީވެސް އެން މެން ކުރި މަތީ. މިކަލޭގެ ރައްޔިތުން ނިކު މެއް ބޭރުކުރަންޖެހޭ
މިހާވަރުން ދަންޏާ މިގައުމު ބުދު ދީނުން އިސްލާމް ދީނަށް ބަދަލުވި ގޮތުގެ ތަހުގީގެއްވެސް ހިންގާ އެކަމުގައި ބައިވެރިވި ބަޔަކަށް ފިޔަވަޅު އަޅާނެ
ތިޔަކަން ފަށަންވާނީ އަބްދުﷲ ޤަޒީއާހަމައިން މިކަމުގައި ސާމިލްވާ މީހުން އަލުން ތަހުގީގުކުރަންޖެހޭ ރައްޔިތުންނައް ހާމަކަންބޮޑުގޮތެއްގައި ލައިވްކޮށް،
1. ރައީސް ނަޝީދް
2. ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާޙީމް ކަލޭފާން
3. ހޯމް މިނިސްޓަރ އަފީފް
4. ޕޮލިސް ކަމިޝަނަރ ފަސީހް
5. ސީ.ޑީ.އެފް މުސާ ޖަލީލް
6. ދަޢުލަދުގެ ބަންޑާރަ ނައިބު އޭރުގެ
މިކަން ދިޔަގޮތާ އޭރުގެ ސަލާމަތީ ބާރުތަކުން ރައީސަކައް ހުންނަ މީހާއައް ދިން އެޑްވައިޒްއާއެއްގޮތައްތޯ ކަންކުރީ އަދި ނޫނީ މިކަމުގައި އިހުމާލުވަނީ ކޮންބައެއް ކިހިނެއްތޯއާ.. މިކަމައް އިޖުރާއަތުގެ ތެރެއިން ކަންނުކުރެވުނީ ކީއްވެގެންކަން ވެސް އެބަޖެހޭ ހާމަވާން.
ފުލުހުން ކީއްވެގެންތޯ އަބްދުﷲ ގާޒީއައް ފިޔަވަޅު ނޭޅީ އަދި ޕޮލިސް ކަމިޝަނަރު ދިންލަފަޔަކީ ކޮބާތޯ އަދި ހޯމް މިނިސްޓަރު ދިން ލަފަޔަކީ ކޮބާތޯ ކިހިނެއްވެގެންތޯ ސިފައިންނާހަމައައް މިކަންދާންޖެހުނީ ، ސިފައިންގެ ސީ.ޑީ.އެފް އަދި ޖެނަރަލުންގެ ލަފަޔަކީ ކޮބާތޯ ؟
ޑިފެންސް މިނިސްޓަރު ރައީސްއައް ދިންލަފަޔަކީކޮބާތޯ؟ ކާކުގެ ބަހައްބުރަވެ ހުރެތޯ އަބްދުﷲ ޤަޒީ ނެގީ؟ ރައީސްގެ އަމުރައް ކިޔަމަންވިތޯ އަދި ރައީސްއައް ލަފާދިން ވަޒީރުންގެ ސަލާމަތީބާރުތަކުގެ އިސްވެރިންގެ ލަފާގެ މަތިންތޯ ރައީސް އެކަންކުރީ ނޫނީ ކީއްވެގެންތޯ؟
މިކަމުގައި ވަރައްގިނަ ފަރާތްތަކުގެ އަސްލުވާހަކަ ރައްޔިތުންނަކައް ނޭންގޭ މިސާލަކައް ޑިފެންސް މިނިސްޓަރ ތަލްހަތް އަދި ސިޕީ ފަސީހް . ހޯމް މިންސްޓަރ އަފީފް ، މިޢީވަރައް ސުވާލު މިކަމުގެ ފުރަތަމަ ބާބޫ މިއީ؟ (މީޑިއާތަކުން މިމީހުންނާ އބަޖެހޭ ސުވާލުކޮށްލަން)
އަދި ޤްރައުންޑް ކޮމާންޑަރައް އެދުވަހު މާލެ ކޮންޓްރޯލްނުވީ ކީއްވެތޯ އިލްމާ ހުނަރު އަދި ހިކުމަތް ނެތްކަން ފާހަގަވާނީ މިކަމުން ނުނީ ދޫކޮއްލީތޯ ގަސްތުގައި؟
އެމް.ޑީ.ޕީގެ މެންބަރު މިހާރުހެ ވަލީޢުލްއަމްރް އިބޫ ކީކޭބާ ބުނީ މިކަމައް މަޝްވާރާ ހަމަގައިމުވެސް ކުރާނެ؟
މިނޫންގޮތަކައް މިކަން ތަހުގީގުކޮށްފިނިމް ނާއިންސާފުން މިކަން ނިމިގެންދާނީ؟ މިއީ އަނިޔާލިބުނުމީހުންގެ ހައްގެ އިންސާފުންކަންކުރުން ހާމަކަންބޮޑޮގޮތެއްގައި..
ބަލަންވީ ގާޒީ ހައްޔަރުކުރި މައްސަލައާއި، ވެރިކަމުން އިސްތިއުފާ ދިން މައްސަލައާއި ރާއްޖޭގައި ހުޅުޖެހި މައްސަލަ. އެއް މައްސަލަ ބަލާފައި އަނެއް މައްސަލަ ނުބެލުމަކީ ތިމާމެންގެ ދެފުށް ދެގޮތް ކަމާއި އަމިއްލައަށް އަމިއްލަ އިންސާފު ގާއިމުކޮށްފައި އެއީ އިންސާފު ކަމަށް ބުނަން އުޅުން. ހައްދުފަހަނައަޅައިދިޔުން. މިއަށް ކިޔަންވީ ކޮންފްލިކްޓް އިންޓްރެސްޓޭ. ޑިމޮކްރަސީގެ ކަންފުޅެއް ނެތޭ. އޮތީ އަމިއްލަ ބޮޑި ބާރުކުރުމޭ. އިހަށްދުވަހު ކުރެވުނު ލާދީނީ ކަންތައްގަނޑު ފޮރުވަން ޗައިނާއަށް ބަވާފައި ގޮތެއް ނުވީމާ އަނެއްކާ އަނެއް ޑްރާމާ ޖައްސަނީ.
އެހެންވިއްޔާ އަބުދުﷲ ޝާހިދު އެ އިސްތިއުފާގެ ސިޓީ ބަލައިގަތް ގޮތެއްވެސް ބަލަންވާނެ. ގައިމު ގެންދިޔައީ އަބުދުﷲ ރިޔާޒު ވިއްޔާ. އެއީ އޭރަކު ގައިމު ދައުލަތުގެ މަގާމެއް ހުރި މީހެއް ނޫންކަން ޝާހިދުއަށް އެނގޭ ހާލު ބަލައިގަތީ ކީއްވެ؟ ކޮނުކޮނުނުހެއް ލައްކަ ފަސްދާނީ ގިނަވަމުން. ކައިރީގައި ހުރި ތަނބުތައް ދާނީ ބިއްދައިގެން. ލާދީނީ ކަންތައްގަނޑު ފޮރުވަން ކޮށްފައި ނުކުރާނެ ކަމެއް ނޭގިގެން ތިއުޅެނީ. އެކަން ފޮރުވަން ޗައިނާއަށް ބަވާފައި އެވަރުން އެކަން ނުފޮރުވުނީމާ އަނެއް ކުޅިވަރު ފެށީ.