މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ދިފާޢުގައި މީހަކު ކޮށްފައިވާ ޓްވީޓަކަށް އެންޓި ކޮރްޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރްޔަމް ޝިއުނާ ތާއިދު ކުރުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މީގެ މަހެއްހާ ދުވަސްކުރިން އޭސީސީގެ ރައީސް ކަމަށް އައްޔަން ކުރި ޝިއުނާ "ލައިކް" ކޮށްފައިވާ ޓްވީޓަކީ ޖަމިއްޔާއެއް އުވާލަން ވަކާލާތުކުރާ ފަރާތްތަކުން ޖަމިއްޔާތަކުގެ ޤާނޫނުގައި އެޖަމިއްޔާއެއް އުވާލެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް ގޮތް ބަލަންވީނޫންތޯ ބުނެ މީހަކު ކޮށްފައިވާ ޓްވީޓެކެވެ.
އޭސީސީގެ ރައީސް ޝިއުނާ އެޓްވީޓަށް "ލައިކް" ކުރުމުން އެމްޑީއެން އުވާލުމަށް ގޮވާލަމުންދާ ފަރާތްތަކުން ގެންދަނީ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅަކު އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ދައްކާފައިވާ ޖަމިއްޔާއަކަށް ތާއިދު ކުރަނީތޯ ސުވާލުކޮށްފައެވެ.
ޓްވީޓް ކުރި އެކަކު ބުނެފައި ވަނީ "ރާއްޖެ ފިޔަވައި އިސްލާމީ އެހެން ގައުމެއްގައި މިފަދަ ޖަމިއްޔާއަކަށް ތާއިދުކޮށް ތިފަދަ ކަންތައްތައް ކުރާ ދައުލަތުގެ މަގާމުތަކުގެ ވެރިން އިސްތިއުފާ ވެސް ދޭނެ." ކަމަށެވެ.
އިތުރު މީހަކު ބުނީ "ހުރިހާތަނެއްގައި މިތިބީ އެއްބައެއް" ކަމަށާއި އެމީހުން ކުރިން އުޅުނު ގޮތް ވެސް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ.
އެހެން މީހަކު ވަނީ ޓްވީޓަށް "ލައިކް" ކުރީ އެމްޑީއެން ދިފާޢު ކުރަންތޯ ޝިއުނާ އާއި ސުވާލުު ކޮށްފައެވެ.
އެސުވާލަށް ވެސް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ވެސް ޝިއުނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޝިއުނާ ވަނީ އޭސީސީއަށް އައްޔަން ކުރުމުގެ ކުރިން ޓްރާންސްޕޭރަންސީ މޯލްޑިވްސް އެގްޒެކެޓިވް ޑިރެކްޓަރުކަން ކޮށްފައެވެ.
https://twitter.com/IamEema/status/1181702074481987584
ޖަމިއްޔާތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާ ބުނާ ގޮތުން އިސްލާމްދީނުގެ އަސްލަކާ ޚިލާފުވުން، ނުވަތަ އިސްލާމްދީނަށް އިހާނެތިކޮށް ހިތުން، ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން، ނުވަތަ އެ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން، ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރާއި ޝިޢާރު ދިވެހިރާއްޖޭގައި ފައުޅުކުރުމަށް ޖަމިއްޔާއެއް ހެދުމަކީ މަނާ ކަމެކެވެ. އެޤާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައި އޮންނަނީ 19 ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޖަމިއްޔާއަކުން ކޮށްފިނަމަ ރަޖިސްޓްރާ އަށް އެޖަމިއްޔާ އުވާލެވިދާނެ ކަމަށެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ހޫނުވެ ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް އިއްޔެ ޔޫތު މިނިސްޓްރީން ވަނީ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ.
މާތް ﷲ މިލާދީނީ މީހުންތަކަށް ހިދާޔަތް ދައްކަވާށި. އާމީން.
ތީ ހަމަ އެކައްޗެއް، ޓްރާންޕޭރަންސީ އޭ ކިޔައިގެންވެސް ހާވަނީ ހަމަ އެއް ހަޑިއެއް. ތިޔަ ޝިއުނާ ގެ ފިރިކަލުންނަކީ ދޮން ބޭފުޅެއް. އެހެންވީމަ އުޅެންވާނީ ދޮންމީހުން އުޅޭގޮތައް ނޫންތޯ.
އަސްތާ ކުދީންނޭ ތީ ބޭރު މީހަކާ އިނދެގެން އުޅޭ ރައީސްއެއް. އެވެސް ކްރިސްޓިއަންދީން މި ރާއްޖޭގަ ފަތުރަން އުޅޭ މީހެއް. މީހަމަ އެއްބައެއް. ތި ރައީސްއަކީވެސް ތީގެ ބޮޑު އެއްޗެއް. ދީނެއް މިއްލަތެއް ގަބޫލުނުކުރާނެ. ނިކަން ރަނގަޅަށް މީނަގެ ފިރިމީހާ އުޅޭނޫޅޭ ގޮތް ބަލާބަލަ.
ނަމުގެ ފަހަތުގަ ރެޑް ބެލޫން އެބަ އިނެއްނު އެއީ އެކަން ޕްރޮމޯޓް ކުރާ މީހުންނަކީ...
މިހާރުނޫހުގަ މިޖަހަނީ ވަލީއަހުދަށް ރަދުންދެއްވި ގަޑުވަރުގެވާހަކަ ، ރައްޔިތުން މިއުޅެނީ އިސްލާމްދީނަށް މިގައުމުގަ ނޫޅެވިގެން މިޚަބަރު ޖަހަންނުކެރެންޏާ ލާދީނީ ނޫހެއްކަމަށް ބެލޭނެ..
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ކޮށްފައޭ!!؟ އެއީ ހަމަ ދެވަނަ އެމްޑީއެން. ހުރިހާ ތަނަކަށް ކޮއްޕާފަ ތިބީ ތީގެ މީހުން. ގައުމުގެ ކަންތައް ނިމި އަވަދިވެއްޖެ. މިމީހުނަށް ބާރުވެތިކަން ދިން ދިވެހި ރައްޔިތުން ޖަވާބުދާރީވާންޖެހޭހިނދު ކޮބާ ހާލަކީ؟ އާދައިގެ ކުޑަ ކަމެއް ނޫން މީ. ކުރިއަށް އޮތީ ބިރުވެރިކަން. އަނދިރި ދުވަސްތައް. މިކަމުން ސަލާމަތް ވެވޭނީ ލައްކަ ގަދަ ހިތްވަރު ނެރެގެން
ޅާދީނީ ބައިގަޑެއްގެ އަތްމައްޗަށް ލަގަން ދޫކޮށްގެންމިތިބީ!
ޢެމްޑީއެންއާ ގުޅުންހުރި ހުރިހާމީހުންގެ ބެންކްއެކައުންޓުތައް ޗެއްކުރަން އެބަޖެހޭ މިތަހުގީގެ ފުރިހަމަ ކުރުމައް ގިނަފަހަރު އެހެންދީންތައް ފެތުރުމައް ބޮޑެތި ހަދިޔާ ތަކެއްދެމުންދޭ އަދިމިފަދަ ޖަމާއަށްތަކުން މުސްލިމް ގައުމުތަކުގެ ވެރިންނައް އިންޒާރްދީ ބިރުދައްކާމައްސަލަ ވެސްބަލައެބަޖެހޭ އޭރުން ގާނޫނާ އެއްގޮތައް ރައީސައް ވެރިކަންކުރެވޭނީ ޗިޗަންޑާ ޖަމުޢީޔާތަކުގެ ބިރެއް ނުފޫޒެއްނެތި ހަމަހަމަކަމާއެކް ދިވެހިރައްޔިތުންނައް. ޝުކުރިއްޔާ އިބޫސާލިހު ރައީސްޔާމިން ކުރެއްވި ބުރަމަސައްކަތައްވެސް ޝުކުރިއްޔާ.
މިއަދު ގައުމަށްދިމާވެގެންމިއުޅޭ ލާދީނީ މައްސަލައަށް ހައްލެއްލިބޭނީ މިސަރުކާރު ބަދަލުވެގެން ސަރުކާރުތެރެއިން އެއިގެ އެއްވެސްމީހަކަށް ފިޔަވަޅެއްނޭޅޭނެ މުޅިސަރުކާރިގައި މިބައިއޮތީ ހަކިހިއްޕާއި
މިކަހަލަ މީހުން މިހާރުން މިހާރަށް ދައުލަތުގެ މަގާމުތަކުން ވަކިކުރަންޖެހޭ. ދީނަށް ފުރައްސާރަކުރުމަށް ތާއީދުކުރާ މީހުން އެމްޑީފީގެ އިސް ސަފުން ގިނައިން މިފެންނަނީ. މި މީހުންގެ ކިބައިން މިގައުމު މިންޖުކުރަން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް ދީނަށް ފުރައްސާރަކުރާ މީހުން ދައުލަތުގެ މަގާމުތަކުން ވަކިކުރައްވާ! ދީނަށް ނަޞްރުދެއްވާ!
ސަރުޖާރުގެ ތެރެއަށް ފެތުރިގަނެގެން މި އުޅެނީ އެކި ޖަމިއްޔާތަކުގަ ހުޅަގުގެ ލާދީނީ ފިކުރުގެ ތާކިހާ×އަޅައިފެން އުޅުނު ބައިގަޑު. ދޮން 2 ފިރިހެނުންނަށް އިންޓަރވިއު ދެމުން ފަހުރުވެރިަކަމާއެކު މި ބުނަނީ އަނެއްކާސް އެއްކަލަ ގޯޑަށް މޮކް ކުރުމުގެ ތުހުމަތޭ ތިމަންނައަށް މި ކުރަނީ ހުތުރު ހިނިގަޑަކާއެކު
ނުބައި ޖިއްޕެވުމަކުން އެނުބައި އަންހެނާ ހިއްޕަވާފާނދޭވެ.
ރަސޫލާއައް ފުރައްސާރަކުރެވިއްޖެއިޔާ މުސްލިމުން އެކަލޭގެފާނައް ނަސްރުދޭންޖެހޭ. އެކަން ކުރަން އެންމެ މޮޅުގޮތަކީ އެކަލޭގެފާނޔގެ ސުންނަތް ވީހާވެސް ހާމަކަންބޮޑުކޮއް މި މުޖުތަމައުގައި އަމަލުކުރުން. އޭރުން މިބައިގަނޑުމީހުންނައް ވިސްނޭނެ މިކަހަލަ ޒާތުގެކަންކަން ކުރާވަރަކައް ދީނައް މީހުން ކަމޭހިތާ އަދި ނަސްރުދޭނެ މިންވަރު ވާނީ އިތުރުކަން.
ލާދީނީ މީހުން މުހިންމު މަގާމުތަކައް ލަނީ ހަމަ މި ރައީސް. ދެން މީނާ މި މީހުންނާއި ދެކޮޅައް އެކަށީގެންވާގޮތައް ފިޔަވަޅެއް ނާޅާނެ. ރައީސް ޔާމީންފަދަ ކަނދުރާއަކައއ ގާތްކަމަކައް ނުބަލާ ހުކުމް ތަންފީޒު ކުރާނެފަދަ ލީޑަރެއް ނޫން މީކީއެއް.
ވަގުތުން އިސްތިއުފާދީ.
ޢަހަރުމެން ބުރަމަސައްކޮށްފަ ހޯދާފަ ސަރުކާރުހިން ގަންދޭފައިސާއިން އިސްލާމް ދީނަށް ފުރައްސާރަކުާ ސަރުކާރު ވަޡީފާގަ އުޅޭެެއްވެސް މީހަކަށް މުސާރަދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫމް
ދެންވެސްހަމަ ލާދީނީ ސަރުކާރެކޭ ބުނާއިރައް ރީނދޫގަބީލާ ގޮވަންފަށާނެ ކުރީގެސަރުކާރޭ ވައްކަމޭ. އިސަލާމްދީނަށް ފުރައްސާރަ ކުރީމަ މުރުތައްދުވާނެކަމާ ، "މުރުތައްދު" ވުމާއި "ވަށްކަން " ކުރުމާއި އެއްވަރު ނުވާނެކަންވެސް މުސްލިމުންނަށް ހަމަ ނޭނގެނީބާއޭ ހަމަ ހިތައްއަރާ???
ތީހަމަ އެއްގަލުން ފެހިކާ ރޮނޑު.