އާމްދަނީ އިތުރު ކުރެވޭނީ ކަނޑު އަޑީގެ ދިރުންތައް އަލާކޮށްގެން ކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެގްރިކަލްޗަރަލް އެންޑް މެރިން ރިސޯސެސް ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު މާގިރި ހޮޓެލްގައި ކުރިޔަށް ދިޔަ މެރިކަލްޗަރަލް އެންޓަރޕްރައިސް ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ބާއްވާ ޕްރޮޖެކްޓް ވޯކްޝޮފް އިފްތިތާހް ކުރަން ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ ކަނޑުގެ ދިރުންތައް އާލާކޮށްގެން ރައްޔިތުންނަށް އެއިން މަންފާއެއް ހޯދޭނޭ މަގު ކޮށާދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.
މި މަސައްކަތަކީ ކަނޑުގެ އަޑީގެ ދިރުންތައް ރައްކާތެރިކޮށް އާލާކުރުމުގެ ތަސައްވަރުގެ ދަށުން މި ސަރުކާރުން ކުރިޔަށް ގެންދާ އެއް މަޝްރޫއު ކަމުގައި ވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.
މިއަދު އިފްތިތާހް ކުރެވުނު ޕްރޮޖެކްޓްއަކީ އިފާޑްގެ ފަންޑާއި ސަރުކާރުގެ އެހިތެރިކަމާއި އެކު ކުރިޔަށް ގެންދެވޭ މަޝްރޫއެކުވެ. އިފާޑްއަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށްޓަކައި އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ޖަމިއްޔާއެކެވެ.
މިއަދު ބޭއްވިގެންދާ ޕްރޮޖެކްޓް ރިވިއު ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މެރިކަލްޗަރ އެންޓަޕްރައިސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގައި ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރުމެވެ. މީގެ އިތުރުން މި މަސައްކަތްތައް ކުރެއްވުމުގައި ދިމާވެފައިވާ ދަތިތައް ހިއްސާ ކުރުމާއި ބައިވެރިންގެ ތަޖްރިބާ ހިއްސާ ކުރުން ކުރިޔަށް ދާނެއެވެ.
"މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް ކުރެވެމުންދާ އެއް މަސައްކަތަކީ ހުއިފިލަޑާ ބޮޑުކުރުމުގެ މަސައްކަތް. މި މަސައްކަތަކީ އޭގެން ބޮޑު މަންފާއެއް ލިބޭ މަސައްކަތަކަށް ވީއިރު ހުއިފިލަޑާ ބޮޑު ވުމަށް ގިނަ ދުވަސް ނަގާ. އޭގެ ސަބަބުން އާންމުދަނީ ލިބުންވެސް ލަސްވެގެންދޭ" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މި ވޯކްޝޮޕްގައި ކަނޑުގެ ދިރުންތައް ދިރުވާ އާލާކުރުމުގެ ސިނާޔަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ އެކި ފަންތީގެ ބެފުޅުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޕްރޮޖެކްޓް ހިންގާފައިވާ ރަށްތައް ކަމަށްވާ ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ކައުންސިލް ބޭފުޅުންނާއި ހުއިފިލަޑާ ބޮޑުކުރުމަށް އަމަލީ ގޮތުން ބައިވެރިވެފައިވާ ބޭފުޅުން ބައިވެރިވެވަޑައި ގަނެފައިވެއެވެ.
އާމުދަނީ އިތުރުކުރުމަށް 100 މެއިލް ދުރުގައި 1000މީޓަރު ފުން ކަނޑުގައި ދިމަދިމާގައި ޕްލެޓްފޯމްތައް ހަދައިގެން ކްލަބްތައް ހިންގަންވީ! ހީހީ އަވަދިވެއްޖެ
އަވަހަށް ބޮޑު ޚަރަދުކޮށްގެން ކުރިއަށް އަންނާންއޮތް އަހަރުތަކަށް ލިބޭނެ ކަމަށް ހީވާ ފައިސާވެސް މިހާރު ތަންތަނުން ދަރަންޏަށް ނަގައި ކައިގެން ކަނޑުއަޑީގައި ކަމަށްބުނެ ފަޅުތެރޭގައި ކެބިނެޓް ޖަލްސާއެއް ބޭއްވުމަށްފެނޭ. މިއީ ޝޯކުރާ ސަރުކާރެއްނު. އެމްޑީޕީއަކީ ކުރިންވެސް މިހާރުވެސް ކަމެއްނުކޮށް ޝޯކޮށް ރައްޔިތުން ގުނބޯ ހައްދާ ބައެއް. މިކަން ނޭނގެނީ ގަޅި ރައްޔިތުންނަށް. ވިސްނުމުގެ ގާބިލުކަންނެތި ބާރަށް ފެލިގަތީމަ އަޑުއިވޭ ހަމައިގަ ނުތިބޭ ރައްޔިތުންނަށް.
އާމުދަނީ އިތުރުކުރެ ވވ ވވ ވޭނީ އެހެންދީންތަށް އަޔަނުދީ އެކަތިގަޑަކަށް ވ ވެގެން .
އާމުދަނީ އިތުރުކުރެވޭނީ މިހާރު ކޯޓުތައް މެދުވެރިކޮށް މާލިއްޔާއިން ބައިމީހުންނަށް ތިޔަ ނަގައިދޭ ބައި ނެގުން ހުއްތާލައިގެން. ސަންގޯރެއް ބެލުމެއްނެތި އެކްޓިވިސްޓުންނަށް ތިޔަދޭ މަޤާމުތައް ދިނުން ހުއްޓާލައިގެން. ކަމެއްނެތި ބޮޑުމުސާރަޔާއެކު ތިޔަދެވޭ އެޑިޝަނަލް މަޤާމުތައް ދިނުން ހުއްޓާލައިގެން.
ކަލޭމެން ސަރުކާރުގައި ތިބޭނެ އެންމެ ބޮޑުން ފެށިގެން ކުޑަޔަށް ކަނޑު އަޑިޔަށް ފީނާ މީހުން. އެމީހުން ލައްވައި އާލާ ކުރުވާ.
ޒަހާ ނޫނޭ އާމްދަނީ އިތުރު ކުރެވޭނީ އިންކަމްޓެސް ނެގިވަރަކުން
ކަލޭ އަވަހައް މައުމޫނު ކިހިއްޔައް ޖަހައިގެން ކަނޑު އަޑިއައް ދެވޭތޯބަލާ ކަލެއައް ވަ ރައްބޮޑައް އެނގޭނެ ކަނޑާބެހޭ ކަންތައްތައް ތިމާގެ ފެންވަ ރުން ވާހަކަ ދައްކަބަލަ ސައިޒް އޮޅިގެން ނޫޅެ.