ވިއްސާރަގެ ސަބަބުން އައްޑޫ ސިޓީއަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އައްޑޫ އަށް މިއަދު ވަޑައިގެންފިއެވެ.

މިނިސްޓަރ އައްޑޫއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގެވެ.

މިނިސްޓަރ އައްޑޫ އަށް ވަޑައިގަތުމުގެ ކުރިން މޭޔަރ ވަނީ ފާއިތުވި ދެ ދުވަހުގައި އައްޑޫ އަށް ބޯކޮށް ވާރޭ ވެހި ގެއްލުންވެފައިވާ ގެތަކުގެ ހާލަތު ބައްލަވާލާއްވާފައެވެ. އައްޑޫ އަށް ކުރި ވިއްސާރާގައި މިހާތަނަށް 140 އަށް ވުރެ ގިނަ ގޭގެއަށް ވަނީ ފެންވަދެފައެވެ.

އައްޑޫގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ސަލާމަތީ ބާރުތަކުންނާއި ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކުން އަންނަނީ އަދިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބައެއް ފަރާތްތަކުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ވިއްސާރާގައި ގެއްލުން ލިބުނު ރައްޔިތުންގެ ހާލު ރައީށް އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ރައީސް ވަނީ އެ ވިއްސާރައާ ގުޅިގެން އައްޑޫގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތައް އޮޅުން ފިލުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ާއަައްޑޫ ދަރި

  ރައީސް ، ބޮޑުވަޒީރަ އަދި ނަައިބު ރައީސް އަައްޑޫ މީހުން ހާލު ބަލަނީ ކޮން އިރަކުބާ؟ ވޯޓް ހޯދަންވީމަ އެކަނި ދޯ...

 2. Anonymous

  މާ ރިޔާ ދައްތަ، ތިކަހަލަ ސަޅި ބޫޓެއް މަށަށްވެސް ހޯދަދީ ބަލަ.

  8
  1
 3. ސަޓޯ

  އެނިމުނީ ހުރިހާ ކަމެއް

 4. ލޮލީ

  މިދައިތަ އައިސް ބެލީ ކޯޗެއް، މޭޔަރު އާއި އިންޓަވިއު ކޮށްލީމަ އައްޑޫ ރައްޔިތުންނަށް ލިބުނު ގެއްލުން ފެނުނީތަ؟