މިދިޔަ އާއެްދީތަ ދުވަހު ފުލުހުންގެ ޓްރެނިންގްއެއްގައި ދ. ވާނީގައި ހުއްޓާ ހާލު ދެެރަވެގެން މާލެ ގެންނަނިކޮށް ނިޔާވި ފުލުސް މީހާ ގެ އާއިލާއިން ފުލުހުންނަށް ޝުކުރު އަދާކޮށްފިއެެވެެ.

ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤުގެ ކުއްލިމަރާ ގުޅިގެން ފުލުހުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށް، އެ އާއިލާ ބޭފުޅަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިޔުމުގައި ފުލުހުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

"އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތަކާއި ހަމައަށް ވިފާގްގެ ޖަނާޒާ ކަންތައްތައް ކޮށްދެއްވާފައި ވަނީ ވަރަށް ފުރިހަމައަށް". ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓްގައި ވެއެވެ.

އެ ޕޯސްޓުގައި އިތުރަށް ލިޔެފައި ވަނީ، ވިފާގުގެ ޖަނާޒާގެ ކަންތަކުގައި އެކްޓިންގ ކޮމިޝަނަރ ނަވާޒް އާއި، ފުލުހުންގެ އިސްވެރިން އަދި ފުލުހުންގެ މުޅި ޓީމް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ފުލުހުން ވިފާގުގެ އާއިލާއަށް ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ޕޮލިހުން ވިފާގުގެ އާއިލާއާމެދު ބެހެއްޓި އޯގާތެރިކަން އަބަދުވެސް ހަނދާން ބަހައްޓާނަން". އެ ޕޯސްޓުގައި ވެއެވެ.

އުމުރުން 25 އަހަރުގެ ވިފާޤު ނިޔާވީ، ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ތެރެއިން ބަލިވެގެން ކުޑަހުވަދޫގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައުމަށް ދަތުރުކުރަމުން ދަނިކޮށް އާދީއްތަ ދުވަހުގެ 11:48 ހާއިރުއެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ވިފާޤު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަރަށް ގަދައަށް ހުން އައިސްފައި ހުރި ކަމަށެވެ. އަދި އޭނާގެ ސިނކުޑީގައި އިންފެކްޝަން އުފެދިފައިވާ ކަމަށާއިމ އޭނާ އަށް ފަރުވާ ދީފައިވަނީވެސް ކޯމާގައިކަމަށް އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ވިފާޤަކީވަރަށް ހިތްވަރުގަދަ ކުއްޖެއްކަން ފާހަގަ ކުރެވޭ މީހާގެ ހަށިގަނޑުން ހަކަތަ ހުސްވެގެން ބިންމައްޗަށްވެއޓުނު އިރުވެސް ކެތްކޮށްގެން ހުރުމަކީ އޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމުގެ ސިއްރު

    5
    1
  2. އައި

    ކޯމާއައް ދިޔައީ ކިހިނެއް ޓުރޭނިން ޔުނިޓްގެ މެޑިކްއަކައް ނުދައްކާތަ މަރުވީމަ ދެން ލެވޭނީ ވަޅުކަން ޔަޣިން އެކަމު ހުންއައިސް ކޯމާރއަކައް ދިޔަގޮތް ދެނެގަންނަން ޖެހޭ މުސްތަގްބަލައްޓަކާ

    2
    2
    • އައިޟާ

      ލިޔުން ކިޔާބަލަ

      3
      1
      • އައި

        . ތިޔަކިޔާޓުރޭނިން ގަ އެސޮރުކިތައްދުވަހު ހުނައައިސްގެންތޯ ކޯމަރ އަކައްދިޔައީ ހުންއައިމަ ޓުރޭނިން މެޑިކްއައް އެންގިތޯ ކޮންފަރުވާއެއްތޯ ދިނީ ހޮސްޕިޓަލުން ބުނީ ގެނައިއިރު އޮތީ ހުންއައިސް ކޯމާގަ އޮވެމަރުވެފަ އޯ! ދިވެހި ކިތައް ޒުވާނުން ތޯ ބޭސިކްޓުރޭނިން ގަމަރުވީ ގެންބިގެންނާ ކަރަންޓުގަޖެހިގެން މިއަދު މިފެނުނީ އަސާސީ ސިއްހީއެހީ ނެތިކަން ޓުރޭނިން ހިންގަނީ

        7
        3
  3. އަބްދުއްލާ

    ހުން އައިސްހުއްޓަސް ނުބުނާނަމަ ނޭގޭނެ .ހުން އަތުވެއްޖެނަމަ ހުމާގުޅިފަ ބޮޑުބައްޔެއް ހުންނާނެކަން އެންމެން ނަށް އެގެން ޖެހޭނެ

    2
    3
  4. ތެދު

    އަޅޭ