ކޮންމެ ދުވަހަކު ރާއްޖެއަށް 8000 ލީތަރުގެ އެނަރޖީ ޑްރިންކް އެތެރެ ކުރާ ކަމަށް ކަސްޓަމަސް އިން މިއަދު ބުނެފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، ރާއްޖެއަށް އެނަރޖީ ޑްރިންކް އިމްޕޯޓް ކުރާ މިންވަރަކީ ދުވާލަކަށް 2000 ލީޓަރުގެ ހަތަރު ކަޅުހަން ކަމަށެވެ.

އަދި މިދިޔަ އަހަރު 2،988،458 ލީޓަރުގެ އެނަރޖީ ޑްރިންކް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެއަށް ކޮންމެ ދުވަހަކު މިހާގިނައިން އެނަރޖީ ޑްރިންކް އެތެރެކުރާއިރު، އެނަރޖީ ޑްރިންކުގެ ތެރޭގައި ހިމެނޭ ބާވަތްތައް ބޭނުންކުރުމާއި، އެބާވަތްތައް އިޝްތިހާރު ކުރުމާ ދެކޮޅަށް ހެލެތް މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެނަރޖީ ޑްރިންކަކީ އެބާވަތްތަކުގެ ސަބަބުން ޞިއްހަތަށް ގިނަ ގެއްލުންތަކެއް ލިބޭ ބާވަތެއް ނަމަވެސް އެ ބާވަތްތައް ބޭނުން ކުރާ މީހުން މަދެއް ނޫނެވެ.

އެނަރޖީ ޑްރިންގެ ސަބަބުން ނުރައްކާތެރި ބޮޑެތި ބަލިތަކެއް ޖެހުމަށް މަގުފަހި ކުރުވާއިރު، އޭގެ ތެރޭގައި ކެންސަރާއި ހަކުރު ބަލި ޖެހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ވ ފައިދާ ހުރި ލިޔުން ކޮޅެކެވެ. މައުލޫމާތު ކޮޅެއް ވެސް ލިބިއްޖެ އެވެ.

  2. އަންނާ

    ރިޔަ ތަކެތި ގިނައިން ބޮއެ އުޅެނީ ހިންދުކޮޅު މީހުން.