އިންޑިއާގެ ބާޒާރުގައި ފިޔާގެ ސްޓޮކް މަދުވި ނަމަވެސް، އެގައުމުން ރާއްޖެއަށް ފިޔާ އެތެރެކުރުން ހުއްޓާނުލާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނެފިއެވެ.

މިއަދު ރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސީއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އިންޑިޔާގެ ބާޒާރުގައި ފިޔާ މަދުވެގެން އެޤައުމަށް ފިޔާ އިންޕޯޓް ކުރަން ޖެހުނު ކަމުގައިވީނަމަވެސް ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާނުލާނެ ކަށެވެ.

އިންޑިޔާގެ އެންބަސީ އިން މިހެން ބުނެފައިވަނީ އިންޑިޔާގެ ފިޔާ ބާޒާރުގައި ފިޔާގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި 100،000 ޓަނުގެ ފިޔާ އެގައުމަށް އިމްޕޯޓް ކުރަން ހަމަޖައްސާފައިވާ ކަމަށް އިންޑިއާގެ ފުޑް އެންޑް ކަސްޓަމާ އެފެއާޒް މިނިސްޓަރު އިއްޔެ ވިދާޅުވި ޚަބަރެއްގެ ސްކްރީންޝޮޓެއް ޓްވީޓް ކުރައްވަމުންނެވެ.

އިންޑިޔާ އިން ފިޔާ އެތެރެކޮށް ފިޔާގެ އަގު ކޮންޓްރޯލް ކުރަން ނިންމާފައިވާއިރު، މީގެ ކުރިން އިންޑިޔާގައި ފިޔާގެ އަގު އުފުލި، ބައެއް ސަރުކާރު ވެއްޓުމަށްވަނީ މަގުފަހިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއަފްލާ

    އާނ އެއް ޖަނގިޔަލެއް ލައިގެން އެއްކިރުތަށިން ބޮއެގެން ެ

  2. ޢަބްދުއްލަޠީފު

    ކޮންމެސް ނުބައެއް އެބައުޅޭ. ކެނެރީގޭ ބުއްޅަބޭ.

    13
  3. އެދުރުބެ

    މިއީ އަބަދު ވެސް ކިޔާ އަންބާ އެއް. އެކަމަކު ހިތްނުރުހޭ ވެރިއެއް ހުރިނަމަ ދަތިނުކުރާނެ އެއްކަމެއް ނޯންނާނެ.

  4. ރޭޕްއިންޑިއާ

    ކީއްވެ! ސަވަބެއް އޮންނާނެ. ބުނޭ. ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫންކަން ޔަގީނުންވެސް އެނގޭ. ޖެއްސި ދުއްތުރާ ދުވަހަކު ހަނދާނެއް ނުނެތޭނެ. މަމިހުންނަހެން އެކަކުވެސް ތިއިންޑިއާގަނޑަށް ނުދާނަމައޭ ހިތަށް އަރާ. ސަރުކާރުގަ އުޅޭ ގުންޑާއިން ގޮސް ތިބެދާނެނު.

  5. މާލި

    ހަމަ އެހާވެސް ރާއްޖެ ބޭނުންވެފަ އޮތީ ދޯ؟

  6. މޮންދު

    ސާބަސް އިންޑިޔާ