ހދ. ކުޅުދުއްފުށީގައި ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، މިއަދު އިރުއޮއްސި 18:30 ހާއިރު އެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން ހުއްޓާ ކަމަށާއި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން މީހުން ވަޅުލާ ގަބުރުސްތާނެވެ.
މިނިކަށި ކޮޅެއް ބޭނުން ވެގެން އރއުޅުނީ
އަސްލު ކޫޅުދުއްފުށީ ސިހުރުހަދާ މީހުން ޕާޓޭންނަށް ފައިސާދީގެން ކުރާކަމެއް ކަމަށް ބެލެވެނީ. މިރަށުގަ ވެސް އެވެރީން ކާހިނުކަމަށް ބޭނުންވާ އާލާތް ހޯދުމާއި ވަޅުލުމަށް ބޯމީހުން ބޭނުންކުރޭ
ބޮވެންވާނެ ބޮވެންޖެހޭނެ ހަ މައިން ނެއްޓި ވާނުވާ އޮޅުނީ މަ ވާނެގޮތް މީ
ދެކުނުމީހުން ނަންވާނީ. ހަގީގަތުގަ ތިއުތުރުމީހުން ތިބެނީ ތިކަހަލަ ކަންކަމުގަ ހަކުޅި ކުރީގަ.
ދެކުނެއް އުތުރެއް ކިޔާނެ ކަމެއް ނެތް ތިނަދޫ ތީ ހަމަ ހަކުރު މަދު ވެގެން އުޅޭ ބައެއް
ޢެސޮރު އެއުޅުނީ ކުރީބައިގާ ވަޅުކޮނެގެން އެރި އޮންނަން???
މިހާރު ޒޮންބީންތަށް މަޙާނަވެސް ކޮންނަންފެށީދޯ
ކުޅުދުއްފުށީ ކާހިނުން ކާހިނުކަންކޮއް ސިހުރުގަދާން ކަށި ހޯދަނީ.. ރާއްޖެގައި ސިހުރު ހެދުން ހުއްޓުވާނެ ސަރުކާރެއް އަދި ނާދެ. އެކަން ގާނޫނަކުން ހަރުކަށިއަދަބުދީ ޝަރީއަތުގައި ވާ ހައްގު މަރުގެ އަދަބު ތަންފީޒު ކުރުވާނެ ބަޔަކު ދިވެހި އިސްލާމީ އުންމަތައް ނުގަން ބޭނުން އެބަވޭ. މިތިބަ ލާދީނީ ސަރުކާރުތަކާއި ލާދީނީ ސިޔާސީވެރީންގެ އަތްމައްޗައް މިކަންކަން ދޫކޮއްލައިގެން ތިބެ ހަލާކުވެނެތިގެންދާނީ ރައްޔިތުންނާއި ރައްޔިތުންގެ ދަރީންނާއި ގައުމުގެ ކުރިޔައް އޮތް ޖީލުތައް.
މަހާނަ ކޮންނަންހުރީ ސިކުނޑި ހަމަނުޖެހޭމީހެއް، (ކުޅުދުއްފުށި ގަބުރުސްތާނަކީ ބޮޑުމަގުންދުއްވާފަދާއިރު ފެންނަހާ ތިރިފާރުކޮޅެއް ހުންނަ ގަބުރުސްތާނެއް)
ހެޔޮނުވާނެ ކަލޭނޭ.... ނިކަން ބަލާބަލަ ކައްބޮލު ނާއްޓަކުންތޯ އެތަން ކޮންނަށް ހުއްރީ... މަށައްހީވަނީ މަކައިރިޔަށް ކަޓުނަގަންއައި ފޫޅުދިގުހަންޑިހެން
އޭ ހުސް ދޮގު،
ރައްޔިތުންނަށް އަފިހުން ދިނީމާ ވާގޮތެއްތީ
ތީގިނަވެއްޖެ. މިސްކިތްތަކަށްވެސް ކެނޑިގެން ވަދޭ