އަންހެނަކު ރޭޕް ކުރި ފިރިހެނަކަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

އަންހެނަކު ރޭޕް ކުރި މައްސަލާގައި ފިރިހެނަކަށް ހުކުމް ކުރުމުގެ ކުރިން އޭނާގެ ހުކުމް ކުޑަކުރުމަށް ގާޒީ ރޭޕްގެ ޝިކާރައަކަށްވި އަންހެނާ ކައިރިން ފައިސާ އަށް އެދޭތޯ އެހުމުން އޭނާ ވަނީ އެކަމާއި ދެކޮޅު ހަދައިފިއެވެ.

އެ އަންހެން މީހާއަށް މިހާރު 31 އަހަރެވެ. އޭނާ ރޭޕްކޮށްފައިވަނީ އޭނާގެ އުމުރުން 15 އަހަރުގައި ސެޑްރިކް ހިލްސް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އުމުރުން މިހާރު 45 އަހަރެވެ.

އޭނާ ރޭޕް ކުރި ފިރިހެން މީހާއަށް ހުކުމް ކުރުމުގެ ކުރިން އެމައްސަލަ ބެލި ކޯޓުގެ ގާޒީ ވަނީ އެ އަންހެން މީހާ ކައިރިން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު އެ ފިރިހެން މީހާ އަތުން ބޭނުންތޯ އަހާފައެވެ. އޭރުން އެ ފިރިހެން މީހާގެ ޖަލު ހުކުމް ކުޑަވެގެން ދާނެއެވެ. އެހެން ރޭޕްގެ ޝިކާރައަކަށް ވެފައިވާ އެ އަންހެން މީހާވަނީ އެއްވެސް ވަރަކަށް ފައިސާ ބޭނުން ނޫން ކަމަށް ބުނެފައެވެ.

އަންހެން މީހާ ބުނެފައިވަނީ އެކަމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެފައިވާ ކަމަށެވެ. އަދި އޭނާ އެދުވަހުން ފަށައިގެން އުޅެފައިވަނީ އިންސާފު ލިބޭތޯ ކަމަށާއި މިއަދަށް 16 އަހަރު ވީއިރު އަދި ކިރިޔާ ކަމަށް އިންސާފު ލިބުނީ އޭނާ ބުންޏެވެ.

މިއީ 2003 ވަނަ އަހަރު ހިނގާފައިވާ ކަމަކެވެ. ހިލްސްގެ މައްޗަށް ވަނީ 2014 ވަނަ އަހަރު ރޭޕްގެ ދައުވާ ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން އެމައްސަލަ އިތުރަށް ތަހުގީގު ކޮށް އޭނާގެ ގައިން އެ އަންހެނާގެ ޑީއެންއޭ ނެގި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމުން އޭނާގެ މައްޗަށް އެކަން ސާބިތުވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭޕްގެ ޝިކާރައަކަށް ވެފައިވާ އެ އަންހެނާ ބުނީ، އޭނާ ރޭޕް ކުރުމަށްފަހު 16 އަހަރުވަންދެން ހިލްސް އޭނާގެ އަތުން ފޭރިފައިވާ ކަމަށާއި އެކަމަށް އޭނަ ބަދަލު ބޭނުންވާ ކަމަށެވެ. ފުލުހުން ހިލްސް ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ދިރިއުޅުމުގެ ހާލަތު ބަލައި ބެލި އެނގުމުން އެނގިފައިވަނީ އޭނާ ދިރިއުޅެނީ 250،000 އެމެރިކާ ޑޮލަރުގެ އަގު ހުރި ގެއެއްގައި ކަމަށެވެ.

މި މައްސަލާގައި ހިލްސްގެ މައްޗަށް ވަނީ ގަދަކަމުން މީހަކު ރޭޕް ކުރި ކަމަށް ސާބިތުވެ 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަދަކަމުން

    ގަދަކަމުން ކުރީމައެއް ނޫންތަ ރޭޕް އޭ ކިޔަނީ. ރުހިގެންވެސް ރޭޕް ކުރެވެނީތަ އަނެއްކާ

    8
    3
  2. ޖަމް

    ކޮންތަނެއްގައިތަ ލިޔެފައި އޮތީ ރުހިގެންނޭ؟

    5
    1