ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގައިން ދުވާ "މުޑުދާރު ވަހުން" މަޖިލީހުގައި ތިބެވެން ނެތް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
ނާޝިޒު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރިއަށްދާ 2020 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓާއި ގުޅިގެން ޖާބިރު ބަހުސް ކުރައްވަމުން ގެންދަނިކޮށް ނިޒާމީ ނުކުތާއެއް ނެގުއްވުމަށް ފަހުއެވެ. ނާޝިޒު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވެފައި ވަނީ، މަޖިލީހުގައި އަލްކަހޯލް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގައި ރާވިއްކުން މަނާކުރުމަށް "ފާޑުފާޑުގެ" ގަރާރުތައް ހުށަހަޅާ ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މަނާކުރަން ވީ މަސްތުގެ ހާލަތުގައި މަޖިލީހަށް ވަނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގައި ތިބޭ މެންބަރުންނަށް ދުވާ "ނުބައި މުޑުދާރު ވަހުން" ތިބެވެން ނެތް ކަަމަށެވެ.
"މިތަނަށް އައިސް ފާޑުފާޑުގެ ގަރާރުތައް ހުށަހަޅައިގެން މިރާއްޖެއިން ރާއްވިއްކުން މަނާކުރުމަށް، އިއްޒަތްތެރި ރައީސް މިތަނަށް މިކަހަލަ މީހުން އައިސް ވަނުން މަނާކުރަންވީ. މިމަޖިލީހުގައި މުޅި މިތާ ކައިރީގައި ތިބޭމީހުންނަށްވެސް ތިބެވޭ ވަރެއް ނޫން. ދުވާ ނުބައި މުޑުދާރު ވަހުން" ނާޝިޒު ވިދާޅުވިއެެވެ.
އެކަމާއި ގުޅިގެން ޖާބިރު ވަނީ ނާޝިޒާއި އޭނާގެ އަނބިކަނބަލުން، އަދި މީދޫދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް "ވަރަށް ބޮޑަށް" ފާޑުވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ރަލުގެ ވާހަކަ އެންމެ މޮޅަށް ދައްކަވަން އެނގިވަޑައިގަންނަވާނީ އެދެބޭކަނބަލުންނަށް ކަމަށެވެ. އަދި އޭނާ ވަނީ އެދެބޭކަނބަލުން ކުރެން އެކަކަށް އެއްޖިއްސުން ގުޅުން ހިންގުމަށް ތުހުމަތުކޮށް ވާހަކަދައްކަވަން މަސައްކަތް ކޮށްފފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔަ ނުދީ، ހުއްޓުވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި ދިފާއުވެވެން ނެތް އެއްވެސް މީހެއްގެ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށާއި އެއްވެސް މެންބަރަކު ބަހުސް ކުރެއްވުމުގައި އެހެން މެންބަރުންނަށް ކަންކަން ތުހުމަތު ކުރެއްވުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ޖާބިރު އާއި ރޮޒައިނާ އަދި ނާޝިޒްގެ މައްސަަލަ ހޫނުވެފައި ވަނީ، ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ރޮޒައިނާ ޖެހިފައިވާކަމަށް ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި ދިފާއުވެވެން ނެތް އެއްވެސް މީހެއްގެ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ވިދާޅުވިއިރު ، މިއޮއްހުރިހާ ދުވަހު ރައީސް ޔާމިންއަށް މަޖިލީހުގެ ތެރެއިން ވަގަށްގޮވާ ، ހަޑިހުތުރު ވާހަކަގޮވީ ރައީސް ޔާމީން ދިފާއުވާން ތިޔަމަޖިލީހުގެތެރޭގަ އިނީމަތޯ؟
އާނ އެވާނީ އޭނަ އެތާ އިނީ ކަމަށް ގޮނޑި ދަށުގަ ފިލާ
ޖާ ބުނަން އުޅުނީ ކާކ ކުގެ ވާހަޔެއްތަ؟
އިއްޒައްތެރި ރައީސް.
ނާޝިޒު ބުންޏަކަސް ޖާބެ ނުޖެހޭ ރާބުއިން ހުއްޓާލާކަށް އިނގޭ. ފުލުހުންނަށް ނުވިކަމެއް ވަކީ އެހެން މީހަކަށް ވާނެތަ. މުޅިންވެސް ތިބެނީ އިއްޒަތްތެރި މެމްބަރުން، އިނގިލިކުރި ޖައްސާލިއަސް ނިޒާމީ ނުކުތާ
ޖާބިރު ޖަހާތަނުން ސެންޓް ފުޅިއެއް އެސޮރަށް ދީބަލަ! އޭރުން އެސޮރު ގައިގަވެސް ހަމަ އެ ވަސް ދުވާނެނު!
މަޖްލިހުގެ ރައީސްގެ މޭޒުކޮޅާޖެހިގެން ކުރިމަތީ ތިބޭ ކުދިންނަށްވެސް ދުވާ ނުބައިވަހުން އެތާނގަ ކެތްވަނީކީނޫން. ޓެސްޓް ކުރެވޭނެގޮތް ހަދަންފެނޭ. ރަގަޅު ޚިޔާލެއް ރޮޒޭނާ ހުށަހެޅީ. ޓެސްޓުކުރަން ފަށައިފިނަމަ މަޖްލިހުގެ ގޮނޑިތައް ހުންނާނީ ހުސްކޮށް. ރައީސްގެ ގޮނޑިވެސް
މަޖްލީހަކީ ނަޝީދު ބޭނުންވާ މީހަކަށް ވަގަށް ގޮވާ ހަޑި ހުތުރު ބަހުން ވާހަކަ ދައްކަން އޮތްތަނެއ. އެމްޑީޕީގެ ހަބެއ. އިދިކޮޅު މީހަކަށް އެއްވެސް އެއްޗެކޭ ބުނަންފަށާއިރަށް ޤަވާޢިދު އޮތަނަކުން ނެރެ އެމީހުން ދޫބަންދުކޮށްލާނެ. އޭނާ އަކީ ބަހާ ޢަމަލާ ދިމާނުވާ މުނާފިގެއް.ނަމުން ޑިމްކްރެޓިކް ކަމުން ދައްޖާލެއް.މިއޮްތް ހުރިހާ ދުވަހު މީނަ އުޅުނީ މިރާއްޖޭގެ މީހުން ދޫ ނުހުޅުވިގެންނޯ މިހާރު މީހުންގެ ދޫ ބަންދުކުރަން މީނަ މިއުޅެނީ މީނަ ޑިމޮކްރަސީ އަށް ލޯބިވާތީ ތަ. މީނަ ޑިމްކްރަސީގެ އައްޕަ އަށް ވީމަތަ؟