ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ސިޔާސީ ޕާޓީތަކުގައާއި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެއެވެ.
ސީއެސްސީ ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ކުރިއަށް ދިޔަ ބަޖެޓު ދިރާސާ ކުރުމުގެ ކޮމެޓީ އަށް ވަޑައިގެން ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން ނިންމާ ކަންކަން ތަންފީޒު ކުރުމަށް ތިބޭ ބައެއް ކަމަށާއި، އެމީހުން ސިޔާސީ ނުފޫޒުތަކާއި ދުރުކޮށް ސަރުކާރުން ނިންމާ ކަންކަން ތަންފީޒު ކުރުމުގެ ޔަގީންކަން ހޯދުމަށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ސަރުކާރަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް، ކުރީގައި އޮތް ގޮތަށް ސިވިލް ސާވަޓުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫނީ ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭ ބައެއްގެ ގޮތުގައި އޮތުން އެއީ މުޅި މި ސަރަހައްދުގައި ވެސް ކަން އޮތް ގޮތް" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އެހެން ވިދާޅުވުމާއި ގުޅިގެން ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އޭނާ އަށް ފާޑުވިދާޅުވެފައެވެ. ސުވާލު ކުރެއްވުމަށް ލިބިވަޑައިގަތް ފުރުސަތުގައި ގާސިމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ސިޔާސީ ކަންކަމުގައި ހުދު ޝަމީމް ބައިވެރިވި މަންޒަރު ފެނިވަޑައިގަތް ކަމަށާއި އެހެން ބަޔަކު އިސްލާހުކުރުމުގެ ކުރިން ތިމާ ހުރީ ރަނގަޅަށްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.
ގާސިމް ދެއްކެވި ވާހަކަތަކަށް ޝަމީމްވެސް ރައްދު ދެއްވިއެވެ. ޝަމީމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ހަމއެކަނި ބައިވެރިވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ކަމަށެވެ. އަދި އެ ޖަލްސާ އަކީ ސިވިލްސާވިސް އިން އިންތިޒާމް ކުރި ޖަލްސާއެއް ކަމަށާއި އޭގެ ފަހުން އެއްވެސް ރަސްމިއްޔާތެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
އެހެންވިއްޔާ ސިވިލްސާވެންޓުންނަށް ސިޔާސީ އެއްވެސް މަޤާމަކަށް ވޯޓުދެވިގެންނުވާނެ! އަދި ސިޔާސީ އެއްވެސް މީހެއްގެ އަމުރެއް ސިވިލް ސާވެންޓުންނަށް ހިނގައިގެންނެއްވެސްނުވާނެ! ޔަޤީންވަނީ ކުރިޔަށް އޮތް އަހަރު ސިވިލް ސާވެންޓުން ބަނޑަށްޖައްސަން ކުރިޔާލައި ރާވަނީކަމަށް!
ގައުމުގެ ގިނަ ރައްޔިތުންނަކީ ސަރުކާރު ވަޒީފާތަކުގަ އުޅޭ މީހުން. ތިގޮތަށް ނިންމައިފިނަމަ ވަޒީފާ ގެއްލިދާނެކަމުގެ ބިރުދައްކައި ސަރުކާރާ އިދިކޮޅު އެންމެންގެ އަ ޑު ކަނ ޑާލާނެ. ކައިރި ގައުމުތަކޭ ކިޔައި ތި ހިންގަން އުޅެނީ ހުދުމުހުތާރު ޖަރީމާއެއް.
ޝަމީމޫ ތިޔަމީހަ ޖޭއެސްސީން ފެންނަންފެށިފަހުން މަވާ ސަލާން.
ތިޔައީ ކަނޑައެޅިގެން އަންނި ބުނެގެން ރާވާ ރޭވުމެއް.
ޝަމީމަށް ނޭގި ޔާމީން ސިވިލްސަރވިސް މުވައްޒަފުން ވަކިކުރިދޯ. ޖޯކެއް. ތިތާގެ މެމްބަރުން ތިބެނީ ސިޔާސީ މުލހިގައިގައި ވަށައިގެން. ތި ދެން ފޭކު ވާހަކަ. ތި ތަނަކީ ސިޔާސީ މީހުން ބުނާގޮތައް ހުރިހާ ކަމެއް ކުރާތަނެއް
ސަމީމަކީ ކިޔަވައިގެން ހުރި ބޮޑު މޮޔައެއް ބަލަ ޝަމީމޫ ކަލޭ ޖޭސީގައި އިނދެގެން ފަނޑިޔާރުން ނަގާ ހޫރަމުން ވަކި ކުރަން ތިޔަ ވޯޓް ދެނީ ކޮން ސިޔާސީ ފިކުރެެއްގައިތަ ޕޮލިޓިކަލް ސައިންސް ހަދައިގެން ފާޑެއްގެ ވައްތަރެއް އަނގަޔަށް ޖައްސާ އަޑެއް ނެރިގެން ގައުމީ ރޫހޭ ހުއްބުލް ވަތަނޭ ކިޔާ ހީވަނީ މޮުޔަވެގެން އުޅޭ ހެން ތަނަކަށް ވާހަކަ ދައްކަން އަރައިފިއްޔާ ހުއްޓާކަށް ނޭގޭ
މިބޭފުޅާ ޕީޕީއެމް ޖަލްސާތަކަށް ގޮސް ޔާމިނުގެ ކެމްޕެއިންގައި އުޅުއްވީ ސިވިލްސާރވިސް ޤާނޫނު ހުއްދަ ކޮށްގެންތޯ؟ މިއީ ޤާނޫނަށްވުރެ މަތީގައި އުޅުއްވާ ބޭފުޅެއްތޯ؟ މިކަހަލަ އިޚްލާސްތެރިކަމެއްނެތް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހުން އަދިވެސް މުއައްސަސާތަކުގެ ރައީސުންގެ ގޮތުގައި. އެޖެންޑާ 19 އަށް ވޯޓް ދިނީ މިކަހަލަ މީހުންގެ ކިބައިން މުއައްސަސާތައް މިނިވަންކުރަން. މީނާ އަވަހަށް ބޭރުކުރޭ!
ޝަމީމް ތިހެއްދެވީ ކަނޑައެޅިގެން ދޮގެއް. ޕީޕީއެމް ހަބޭސް ޖަލްސާ އަކީ ސިވިލްސާވެންޓުން އިންތިޒާމް ކޮށްގެން ބޭއްވި ޖަލްސާއެއް ނޫން. ޔާމިނު ސަރުކާރަށް 3 އަހަރުފުރުން ފާހަގަކުރަން ޕީޕީއެމް ސަރުކާރުން އިންތިޒާމް ކޮށްގެން “ހަބޭސް” ނަމުގައި ބޭއްވި ސިޔާސީ ޖަލްސާއެއް. އެ ޖަލްސާއަށް ސިވިލްސާވެންޓުން ދާން އެންގީ މިކަލޭގެ. އަދި ޔާމިނު ބުނެގެން މުވައްޒަފުންނަށް ނަމޫނާ ދައްކަން އެ ޖަލްސާއަށް ގޮސް އިނީ މިކަލޭގެ.
328
ސިވިލް ސަރވަންޓުން ވޯޓްލާން އޯކޭ ތޯ? އެހެން ވިއްޔާ ސިޔާސީ ވެސް ވެ ވެން ޗާނެ ނޫންތޯ!
އަހަރެން ވޯޓްދިނީ މިސަރުކާރު ގެންނަން ޔާމީން ހިގަމުންދިޔަ ޖަރީމާތަކާދެކޮޅަށް އަހަރެންނަކީ ސިވިލްސާވަންޓެއް އަހަރެންވެސް އެދެނީ ސިވިލްސާވަންޓުން ސިޔާސީ ކަމެއްގަވެސް އަދި ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގަވެސް ނެތުން. ހަމައެކަނި ސިޔާސީ ގޮތުން ކުރާކަމަކީ ވޯޓްލުން ކަމުގައި ވުން ނޫނީ ވޯޓްނުލެވޭ ގޮތައް ހެދުން ވެސް ރަންގަޅު. އެއީ ހަމައެކަނި ސިޔާސީ ނުފޫޒުން ސަލާމަތްވެ ގައުމަށް ހިދުމަތް ކުރެވޭނެ ގޮތަކީ
ހިހޫތަނުން ކާންދަސްކުރައްވާ! ވާހަކަދައްކަންވެސް ނޭގޭ މަރުމޯލެއް ތިމާ ސިޔާސީވެގެން ޖުޑިސަލް ސައުވިސްގައި އިންނައިރު އެހެންފަރާތްތަކަށް ސިޔާސީ ހަރަކާތުގައި ބައިވެރިވުން ހުއްޓުވަން ތިޔައުޅެނީ ކިހިނެއްވެގެންތާ! ސިވިލް ސައުވިސްއޮތީ ހައްދުއްނެއްޓޭވަރަށް ސިޔާސީވެފައި