ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި އޮތީ ކުރީގެ ރައީސް، މިހާރުގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދުގެ "ހުދުމުހުތާރުކަން" ކަމަށާއި، "މުޅި އޮޑީގައި ރައީސް ނަޝީދުގެ ދެފައި" ކަމަށް ވިދާޅުވެ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޖަމީލްގެ ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު، ފަނޑިޔާރުކަމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް، އަދި މިހާރު މަޖިލިހުގެ ރައީސް، މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ފަނޑިޔާރުން ވަކިކުރެވެމުން އައީ ނާތަހުޒީބުކޮށް ކަމަށާއި، ނަމަވެސް "މިއަދު ތަފާތު ވާނެ" ކަމަށެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފައެވެ.
މި މަހުގެ 13 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނުންވަނީ އުއްތަމަ ފަނޑިޔާރައި ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް ފަނޑިޔާރު ކަމުން ވަކި ކުރުމަށް ނިންމާފައެވެ. މިއަދު އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި ވޯޓަށް އަހާފައިވަނީ ޖޭއެސްސީ އިން މަޖިލީހަށް އެ މައްސަލަ ހުށަހަޅައި، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެވެ.
ޖަމީލް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވައި ވިދާޅުވީ އަމިއްލަ ޙުކުމް (ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލު ޙުކުމް) ބާތިލްކޮށްދިން ދުވަހު އެވަރުގެ ރަނގަޅު ފަނޑިޔާރުންނެއް އެމަނިކުފާނަށް ނެތް ކަމަށެވެ. ތަހުޒީބު ވަނީ ފަނޑިޔާރަކު ވަގަށް ނަގައިގެންތޯ، އަދި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުންތޯ ޖަމީލް ސުވާލުކުރެއްވިއެވެ. ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދު އެދުވަހުވެސް، އަދި މިއަދުވެސް ދައްކަވަމުން ގެންދަވަނީ ޙުދުމުހުތާރުކަން ކަމަށެވެ.
ޖަމީލް ވިދާޅުވީ މިއަދު ފަނޑިޔާރުން ވަކިކޮށްފައިވަނީ ފަނޑިޔާރުގޭގެ "ފާރުވެސް ތަޅާލާފައި" ކަމަށެވެ. ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށާއި، މުޅި އޮޑީގައި އޮތީ ރައީސް ނަޝީދުގެ ދެފައި ކަމަށް ޖަމީލް ވިދާޅުވިއެވެ. މިހާރު މި ހިންގާ ކަންތައްތައް ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުކުރައްވާފައިވާ އިރު، އެ މަނިކުފާނު ފާހަގަކުރެވެނީ މިހާރުގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ގެނައުމަށްވެސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޑރ. ޖަމީލް މިފަހަކަށް އައިސް ދަނީ މި ސަރުކާރަށާއި، ވަކިން ޚާއްސަކޮށް ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ. މިހާރު ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައިވެސް ޑރ. ޖަމީލް ޙަރަކާތްތެރިވެއެވެ.
ކީއްތޯ ކުރާނީ މުޅި ފިވެހިރާއްޖެ ދުވަނީ ެމީހުންގެ ފަހަތުން. ޤައުމު ހަލާކުވެހޖެ. ޢަދުގެ ޒުވާން ދަރީންނައް ހެދިބޮޑުވާ ދަރީންނައް ހެޔޮނުބައި ވަކިކުރަން ދަތިވެއްޖެ.
ޔާމީނަށް ވެރިކަން ހޯދާދޭންވެގެން ދުވުނުއިރު މުޅިއޮޑީގައި އޮތީ ކާކުގެ ދެފައެއްތަ ؟ލަދުކޮބާ ؟
ދައްކާ ވާހަކަ މޭރުން ނުވަންޏާ ހިމޭނުން ހުރޭ. ކުރީގެ ދެރައީހަކުވެސް ހަނުތިބެއެއްނު.
ޖަމީލު އަސަރުކުރޭދޯ ރައްޔިތުންގެ ނިންމުން
ތިމަގު ތީނަ އަށް ކޮށާދިން އެކަކު ޖަމީލް ތި؟
ޖަމީލް އުޅެނީ މަޝްހޫރުވާން. ކޮންމެ ދުވަހަކު ކޮންމެވެސް ގޮތަކަށް ނޫހަކަށް މީނަގެ ހަބަރެއް އެރުވޭތޯ މި ބޮނޑިބަތް ގަނޑު ބަލާނެ
ނަޝީދުއަކީ ގައުމައްޖެހިފަ އޮތް މުސީބާތެއް މިވަބާއިން ﷲސަލާމަތް ކުޜައްވާނެ