ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، (ވެމްކޯ) މުވައްޒަފެއްގެ ބޮލުގައި މީހަކު ކުނި ކޮތަޅަކުން ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ވެމްކޯ މުވައްޒަފަކު މަސައްކަތުގައި ހުއްޓައި އޭނާއަށް ހަމަލާދިން މި ހާދިސާ ހިނގާފައިވަނީ ރޭ 7:45 ހާއިރު ކަމަށެވެ. މި ހާދިސާ ގައި ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ، ކުނި ކޮތަޅުން އޭނާގެ ބޮލުގައި ޖެހުމަށްފަހު އޭނާގެ ގައިގައިވެސް ޖެހި ކަމަށް ވެއެވެ.
ފުލުހުން ވިދާޅުވީ، އެ މުވައްޒަފަށް ހަމަލާ ދީފައިވަނީ ފަނޑިޔާރު މަގުގައި މަސައްކަތުގައި ހުއްޓައި އެ މަގުގައި ހުރި ގެޔަކުން ނުކިތް ފިރިހެނެއް ކަމަށާއި، އޭނާ މުވައްޒަފަށް ހަމަލާ ދިނީ، ރަޖިސްޓްރީ ނުކޮށް ވެމްކޯގެ އުޅަނދަށް ކުނި އަރުވަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ކަމަށެވެ.
ފުލުހުން މިހާރު މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންދާއިރު، މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެއެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިންވެސް މަސައްކަތުގައި އުޅުނު ވެމްކޯ މުވައްޒަފަކަށް މީހަކު ހަމަލާ ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ، މީހަކު ވެމްކޯ މުވައްޒަފަށް ހަމަލާދިން އެ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.
މި ވީޑިއޯ އާއްމު ވުމުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މި މައްސަލަ ބަލަމުން ދަނިކޮށް، ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ އަމިއްލައަށް ވަނީ ފުލުހަށް ހާޒިރވެފައެވެ.
ތިބާ ގައުމުގެ ހަޒާނާ ދަވާނުލަަާ ބުރަމަސައްކަތުން ދަރިންނަށް ކާންބޯން ދޭން ތިކުރާމަސައްކަތަކީ ﷲ ގަބޫލު ކުރަށްވައި ރުއްސަވާ ކަމެއްކަމުގައި ލައްވާށިއެވެ އަމިއްލަ ނަފްސައް ބޮޑާވެ ފަހްރުވެރިވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ ފުރައްސާރަކުރި މީހަާ އައްވުރެ ފުރަށްސަަާރަ ރަށްދުވި މީހާ ދެކެ ﷲ ރުއްސެވުމަކީވެސް ވެދާނެ ގޮތެކެވެ
ވެމްކޯގެ ކުނިއުކާ މީހުން ބޭނުން ކުރަނީ ބާޒާރުމަތީބަސް އެންވާނީ..
އަޅުގަނޑުގެ އެޕަރޓްމަންޓް ރަޖިސްޓްރީކޮށްފައި ހުންނައިރު ވެމްކޯއިން ކުނިއުކަނީ ދެރެއިން ތިން ރޭއިން ކަހަލަ ގޮތަކަށް... އެކަމާއި ގުޅިގެން ސުވާލުކުރުމުން ވެމްކޯގެ މުވައްޒަފުން ޖަވާބު ދޭނީ ވަރަށް ހަޑިކޮށް... ހުތުރު ބަހުރުވައިން. އެކަން ހުއްޓުވައި ދެއްވާ ފުރަތަމަ