ރާއްޖޭގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މިންވަރާއި ގާތައް ވެސް މަސައްކަތް ނުކުރާކަމަށް ވިދާޅުވެ ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް މިހާރުން މިހާރަށް ޒީރޯ ޓޯލެރެންސް ސަރުކާރުން އިއުލާންކޮށް އެމަގަށް މަސައްކަތް ކުރުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލް މެލްޒަރ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން 24 ގެ ނިޔަލަށް ރާއްޖޭގައި މީހުން ބަންދުކޮށްފައި ރާއްޖޭގައި ހުންނަ 10 ޖަލަކަށް ޒިޔާރަތްކޮށް އެތަންތާންގައި ބަންދުކޮށްފައި ތިބޭ މީހުންނާއި އެތަންތާންގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހޯއްދެވުމަށް ފަހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ލާއިންސާނީ އަމަލުތަކާއި ގުޅޭ އެތައް މައްސަލަތަކެއް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި އެއްވެސް އޮފިޝަލަކު ޖަވާބުދާރީ ކުރެވިފައިނުވާކަމަށް މެލްޒަރ ވިދާޅުވި އެވެ. އަދި މިއިން އެއްވެސް މައްސަލައެއްގައި ޖިނާޢީ ތަހުގީގެއް ހިންގާފައިނުވާކަމަށް މެލްޒަރ ވިދާޅުވި އެވެ.
"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާ އަނިޔާގެ މައްސަލަތައް ގިނައިން އަނބުރާ ފޮނުވާލަނީ ހެކި ނެތްކަމަށްބުނެ. މިއީ ރާއްޖޭގައި އަމަލު ކުރަންޖެހޭ ޤާނޫނީ ނިޒާމުގައި ހުރި ހަމަނުޖެހޭ ކަންތައްތަކުގެ ސަބަބުން ކަމެއް ނުވަތަ ވުޒާރާތައް ޒިންމާދާރުކުރުމުގެ އެއްވެސް ވިސްނުމެއް ނުވަތަ ސިޔާސީ ގޮތުން އެފަދަ ވިސްނުމެއް ނެތީމާ ވާގޮތެއް ކަމަށް ގަބޫލު ކުރެވޭ." އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، މެލްޒަރ
ދާދިފަހުން ފުލުހުން މަސްތުވާތަކެތި ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ގެއެއްގެ ތެރެއަށް ވަދެ ބިދޭސީއެއްގެ ގައިގައި ތަޅައިގަތް މައްސަލާގެ ވީޑިއޯ އާއްމުވުމުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުން ފާޅުކުރައްވާފައެވެ.
މެލްޒަރ ވިދާޅުވީ ޖަލުތަކުގައި މީހުން ބަންދުކޮށްފައި ވަނީ ވެސް ޖާގައަށް ވުރެ އިތުރަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީހުން ބަންދުކުރާ ތަންތަނުގެ އޮކިއުޕަންސީ ރޭޓު ހުރީ 150 ޕަސެންޓާއި 190 ޕަސެންޓާއި ދެމެދުގަ އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މާފުށި ޖަލެވެ. އެ ޖަލުގެ ޖާގައަކީ 655 ފިރިހެނުންނާއި 55 އަންހެނުން ކަމަށް ވާއިރު އެތަނުގައި 969 ފިރިހެނުންނާއި 53 އަންހެނުން މިހާރު ވެސް އެބަތިިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ގައިދީންނަށް ތާޒާ ވަޔާއި ގުދުރަތީ އަލިކަމުގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ލިބެނީ ހަފްތާއަކު އެއް ގަޑިއިރަށް ކަަމަށް ވާއިރު، މިގޮތަށް ބޭރަށް ގެންދާ ގެންދިއުން ހުއްޓިފައި އޮންނަނީ ކަނޑައަޅާފައިވާ ކުދިކުދި އޭރިއާތަކަކަށް. އަދި ބައެއް ހާލަތްތަކުގައި އެތަންތަނަށް ގެންދާ އިރު އެމީހުން ތިބެނީ ފަހަތަށް ބިޑިއަޅުވާފައި،" މެލްޒާ ވިދާޅުވި އެވެ.
އިޒުރައެއްލުން ހިތް ހަމަ ޖެހޭވަރަށް މަސައްކަތް ކުރޭތޯ އަހާލިނަމަ؟
މިއީ ކޮންތާކުން މިތަނަށް އަރާ އިން އެއްޗެއްތަ؟ މިތަނުން ފެއްސިގެން ދުރައްދޭ!އަހަރެމެން ނޫޅެމު ކަލޯ ހިތްހަމަޖައްސާދޭކަށް!
ޢަސްލުވެސް
ތިމީސްމީހުން ކިޔާއެއްޗެއް އަޑުއަހާބަޔަކު މިދުނިޔެމައްޗަކުނެތް. އ.ދ އާއި ބައިނަލްއަގުވާމީ ކޯޓުން ޑިއަގޯގާސިއާ ހަވާލުކުރަން އަމުރުކުރި މުއްދަތު މިހަފްތާގައި ހަމަވިއިރު އިނގިރޭސީންވެސް އަމަލެއްނުކުރި.
އަންނި އަނގައިން ވާހަކަ ދައްކާ މީހެކެވެ.
އދ ކިޔާފަ މީ އެއްވެސް ތާކުން ތާކުޖެހޭ ބައެއް ނޫން އިޒުރެއިލް އިން މުސްލިމުން މަރަމުން ދާއިރު އދ ކޮބާ