ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އައްޑޫގައި ތަރައްގީ ކުރަން ފެށި އައްޑޫ ޓާޝަރީ ހޮސްޕިޓަލް އަންނަ މަސް ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފިއެވެ.

އެ ޔަގީންކަން މިނިސްޓަރ އަމީން ދެއްވިކަން އިއުލާނުކުރެއްވީ، އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ރައްުޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.

އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ޑިސެމްބަރު މަހު ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެކަމުގެ ޔަގީންކަން އޭނާއަށް ދެއްވި ކަމަށް ނިޒާރް ވިދާޅުވިއެވެ.

"މި އަންނަ ޑިސެމްބަރު މަސް ތެރޭ ހޮސްޕިޓަލްގެ ހިދުމަތް ދެެވެން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވި. މި ސަރުކާރާއި އެކު އައްޑޫ އަށް ކުރެވޭ އުއްމީދު ބޮޑު، މާޔޫސްވެ ނުލައްވާ". ނިޒާރް ވިދާޅުވިއެވެ.

އައްްޑޫ ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ އޮގަސްޓް ފަހުކޮޅުއެވެ.

ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކަނަމަނަ

  މިސަރުކާރަކުން ވަކި މާގިނަކަންތަކެއް ތި އައްޑުއަކައް ނުކޮއްދޭނެ އަނެއްފަސްއަހަރައް ވޯޓް ލާންކާރިވީމަ އަނެއްކާވެސް އައްޑޫމީހުންގުބޯހައްދާނެ

  27
 2. އަޒާ

  ހުރިހާޝުކުރެއް ހައްޤުވަނީ ގަދަކީރިތިވަންތަ ﷲސވ އަށެވެ. ތިޔަ މަސައްކަތަކީ ރޔ ގެ ބުރަ މިންނެތް މަސައްކަތެވެ. އައްޑޫ މީހުންނަކީ ކިޔަވައިގެން ތިއްބަސް ހާދަ ގުނބޯ ހެދޭ ބަޔަކަށްވީތީ ވ ހިތާމަ ކުރަމެވެ.

  32
  1
 3. ހެއު

  ތިކަމެއްވެސް ކަލޭމެނަކައް ނުވާނެ ދެންވެސް ތިކަންކުރާނީ ހަމަޔާމީން

  28
  1
 4. ސައިކަލް މީހާަ

  މިކޯ ނިޒާރު ސިއްހީވަޒީރު އެއި އެއްކޮށް ފޮޓޯ ނަގަފެއި ތެކަމުގެ ކްރެޑިޓް ނަގަމުން އެނީ. ވަރަށް ކެރިގެން އައްޑޫ ރައްޔިތުން އެކެހޭ ބެނަން. ތެހޮސްޕިޓަލަކީ މިސަރުކާރުގެ އެއްވިޔަސް ހިއްސާއް އޯގެން ކޮށްދިން ކަމަށްނުން.
  މިސަރުކާރުން ކެރާކަމަކީ، ޕާޓީއަށް ބައިއެޑާ ބަދަލު ދިނުން. ތެކަން ޔާމީން ނިކޮށްދިން އެއްތެއްނާ ތެތަން އޮންނެނެއި ބެޅައު ގުދަނަކަށް. މީދެއު ގުދަނަކަށް، މަދިރި ގުދަނަކަށް.

  20
 5. ާއަހުމަދުގ

  ހުޅުވިދާނެ ވޯޓަށް ހުޅުވާފަހުރިތަނުން ކިހާވަރެއްގެ ހިދުމަތެއް ލިބެނީ ތަންތަން ހުޅުވާފަ ރަގަޅު ހިދުމަތެއް މީހުންބޭނުމީ

  13
 6. ނޭނގޭ

  ކިހިނެއް ކުއްލިއަކަށް ތާރީޚެއް ތިދިނީ. މަޖިލީހުން ސުވާޅުކުރީމާ ބުނީ ނޭނގެޔޭ. ކަލޭ ބުނެބަަލަ އެނގުނު ގޮތެއް. ކަލޭ ވެއްޖެއެއްނު އިސްތިއުފާ ދޭން އަވަހަށް. މިސްޓަރ ގޮންޖެހުން. އަންމަބޭ

 7. ައަކުރަމް

  އަންތަރިސްވެއްޖެ.! ތީ ކިތައްފަހަރު ހުޅުވާ ހޮސްޕިޓަލެއް. ސެޕްޓެމްބަރ ، އޮކްޓޯބަރ ، ނޮވެމްބަރ މަހުވެސް ހުޅުވާފި. އަދި އެކަކު މަޖިލީހުގަ ބުނި ހުޅުވޭނެ ދުވަހެއް ބުނަންވެސް ނޭގެޔޭ. ދެން މިކިޔަނީ ކީކޭތަ! އައްޑޫމީހުން ބޯކަލާ. އަނެއްކާ އަނގަ ތާހިރު ކަލޯ މިހިރަގެން ޑިސެމްބަރ މަހު ތިޔަހޮސްޕިޓަލް ހުޅުވަނީ އޭދޯ ހެލްމިނިސްޓަރަކީ. ؟

 8. ކޮތަރުބިސް

  އިހަކައްދުއަހު އަޑޫ މީދޫދާއިރާ މެމްބަރު ތިޔަތަނާ ބެހޭގުތުން ވިދާޅުވީ ކީކޭ އައަްޑޫ ގޫބައްޑަމެން ހަނދާން އެބަހުރިތަ އަދިއެފަހުން ދެމަސްނުވޭ މިހާރު ސަރުކާރުން މިކިއަނީ އަންނަމަހު ހުޅުވަނީޔޯ އިނތިހާބައް ދެއްތޯ