ބޭރު ގައުމެއްގެ ޖާސޫސީ އިދާރާއެއްގެ ބަޔަކު ރާއްޖޭގައި އުޅެމުން އެބަދާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އިއްޔެ ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އިހްތިޖާޖް ކުރަމުން ދިޔައިރު "އެއްކޮޅަށް ގޮސްފައި އަނެއް ކޮޅަށް ދިޔައީ" ބޭރު ގައުމެއްގެ ޖާސޫސީ އިދާރާއެއްގެ ބަޔަކު ކަމަށެވެ.
މުއިއްޒު ވިދާޅުވީ ވެގެން މިއުޅޭ ގޮތަކީ "މިހާރު ރާއްޖޭގައި މިހާރު މިއޮތް ސަރުކާރާއި ބޭރު ގައުމަކާއި ގުޅިގެން އެމީހުން ބޭނުންވާ ގޮތަކަށް މި ގައުމުގެ ކަންކަން ކުރުމަށް މަސައްކަތް ކުރުން." ކަމަށެވެ. މުއިއްޒުގެ ވާހަކަފުޅުގައި އެއީ ކޮން ގައުމެއް ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މުއިއްޒުގެ ތުހުމަތުތައް އަމާޒު ވަނީ އިންޑިއާއަށެވެ.
މުއިއްޒު ރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމޭކަށް މާގިނަ ދުވަހެއް ނެތް ކަމަށެވެ. މުއިއްޒު ވިދާޅުވީ، މިސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވާ ސަރުކާރެއް ދެމި ނޯންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށާއި ރައީސް ޔާމީން މިނިވަންކުރުމަކީ ދީނީ ގޮތުން ވެސް ލާޒިމު ކަމެއް ކަމަށެވެ.
އެންމެ ކުރު މުއްދަތެއްގައި ގައުމަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިން ވެރިޔަކީ ރައީސް ޔާމީން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރަންދެން އިދިކޮޅު ހަރަކާތްތައް ހުއްޓައިނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގެ ރައްޔިތުން މިއަދު ނުކުންނަންޖެހޭ ކަމަށެވެ.
ދީނީގޮތުންނޭ؟ ތީ ހަމަ ސީރިއަސް ވާހަކައެއްތަ؟ ޤުރްއާނުގެ އާޔަތަކަށް ނުވަތަ ހަދީޘަކަށް ރެފަރެންސް ހަދާލިނަމަ.
ތީ ޔަޤީން ކަމެއް. ޝައްކެއް ނޫން. ކޯސްޓް ގާރޑް ބިލްޑިން އެޅުމަށް އައިސް އުޅޭ ޕާރޓީ އަކީ އެކްސް މިލިޓަރީ އެންޑް އަންޑިސްކްލޯސްޑް މިލިޓަރީ ޕްރޮފެޝަނަލް ފްރޮމް އިންޑިޔާ.
އިތުރުން ދެކުނު ހަލަބޮލި ވެދާނެތީ އައްޑޫގައި ހަދާ އެކަޑެމީ ގައި ވެސް.
އިންޑިއާއާއި ، ޗައިނާގެ ގިނަ ޢަދަދެއްގެ އެޖެންޓުންރާއްޖޭގައި އެކި ނަންނަމުގައި ޖަގަހަހަދައި ވަކިހިއްޕާފައިވާކަމީ ދިވެހިންނަށް އަދި ރަނގަޅަށް އޮޅުންނުފިލާކަމެއް. މައިގަނޑުބޭނުމަކީ ވިޔަފާރިން ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މަންފާ މަދުކޮށް އެމަންފާތަށް އެޤައުމުތަކަށް ބޭރުކުރެވޭނެ ދޮރުތަކެއް ހޯދާ އައިއެސްއައިޓީ ޤާއިމްކޮށް ދަމައިގަތުން. މިގޮތުން ޕާރޓްނާޝިޕް ހަދަމުންދަނީ ރާއްޖޭގެ ކަމާބެހޭ ވިޔަފާރިއާއި ވުޒާރާތުގެ ބުރާންތި ވެރިންނާކަންވަނީ ކަށަވަރުވެފައި.
ތަރައްޤީ ގެނެ ސްދެއްވި އެކަމަކު ވެރިޔާއާއި ނައިބު ދައުލަތަށް ލިބޭ ލާރި ނަހަމަ ގޮތުގައި ޖެހުން ހުއްދަތޯ
ތީގެ ހުރިހާވެސް މޮޅެއްއޮތީ މުއިއްޒަކަށްނު އޭރުން ނަނެއްކާވެސް މިނިސްޓަރުކަން ލިބޭނެތާ؟
ޖާސޫސުން އުޅޭކަން ކަށަަވަރުތާ މާރިޔާ ގަރާޖަށް ބިދޭސީއަކު ވެހިކަލެއްވެސް ވައްދައިފި ވަކަރަށް ޖަހާލާށޯ އެކަން ކުރީ.
ކަލޭމެން އަނީޔާވެރި ވީމަ ކަލޭމެންގެ ވެރިކަންވެއްޓި ޖަލު ގޮޅީގައި އޮންނަން ޖެހުނީ. ކަލޭމެނައް އިތުރު ޗާންސެއް ދޭކައް ނެތީމު. ބައްޑުން އަނގަވަތައް ވެއްޓޭ އިރައް ދީނޭ ދީނޭ ކިޔަނީ ކީއްކުރަން. އަހަރަމެން މިތިބީ އަހަރަމެންގެ ދީންމަތީގަ. ވެރިކަން ލިބުނީމަ ކަލޭމެންގެ ދީނެއް ވަހުދަތެއް ރައިއްޔަތަކު ނުހުރޭ. .އަމަޔެއް ބަފަޔަކު ވަކިކުރާކައް ނޭގޭ. ކަލޭމެން މަގުމަތީގައި އުޅޭ ހިތް ވާނަމަ ކަލޭމެން މަގު މައްޗައް ގިނަވެގެން އުޅޭ. ކަލޭމެންނައް އަހަރަމެންގެ ތާއީދެއް ނެތް. ސާފުވެއްޖެ؟
ވަގުން މިނިވަން ކުރުން ދީނީ ގޮތުން ލާޒިމް ވަނީ ކިހިނެއްތޯ؟
ނަޝީދުއަށް ހީވާކަހަލަ އިންޑިޔާ އިން މިގައުމަށް އަރައިގެން އުޅެނީ ތިމަންނަގެ ހިމާޔަތުގައޭ! އެއީ ކުށް ހީޔެއް، ކޮޅުބަދަލުވާއިރަށް އެކަން ނިމޭނެ!
އިނޑިޔާ އޮފްކޯސް!!!
އިންދިޔާ ބަޔަކު ތިކަމުގައި އުޅޭހެން ހީވަނީ. އިއްޔެވެސް ބަޔަކު އުޅޭ ކޯސްޓްގާޑާއި އެސަރަހައްދު ފޮޓޯނަގާ ކޮންމެވެސް ބަޔަކަށް ފޮނުވަމުން. ޖީއެމްއާރް ގެނައުމުގެ ކުރީން އެމީހުންގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ. މިހާރު އެބަލަނީ އިދިކޮޅު މުޒާހަރާ ތަކުގައި ތިބެނީ ކިތަށް މީހުންތޯ ކަންނޭނގޭ
މީހުން އެއްވެއުޅޭތަންތާ ބަޔަކު ގިނަގިނައިން ހުރަސްކުރުމަކީ އެއީ ޖާސޫސުން އުޅުމުގެ އަލާމާތެއްނޫނޭ، ޖާސޫސުން އުޅުމުގެ އަލާމާތަކީ އެފަދަ ބަޔަކު އުޅޭކަމަށް އެއްވެސް ބަޔަކަށް ޝައްކުނުކުރެވުން. އަންޑަސްޓޫޑް؟
އިންޑިއާ އަދި އިޒްރޭލް ށައްކުތަ ހަމަ އަދިވއސް ށައްކުތަ ޔަގީންކުރެވޭނީ ކިހާވަރަކުންބާއޭ ހިތައް އަރާ
މުއިއްޒޫ ދީނީ ގޮތުން ޔާމިނު ދޫކޮއްލުމަކީ ބޮޑު ކުށެއް އި ސްލާމީ ޝަރީ އަތުގަ އޮންނަނީ އަތްކެނޑުން ނޫންތޯ
ޔަގީން ތީ މޯދީގެ ބޯއިސް......