ރ.އަތޮޅު މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިން މިއަދު މެޖިސްޓްރޭޓް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ރިޓަޔާ ވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުވިތާ އެތައް ދުވަހެއް ވީއިރުވެސް އެކޮމިޝަނުން ސިޓީއަށް ޖަވާބެއް ދެއްވާފައި ނުވާކަމަށް ވެއެވެ.
މެޖިސްޓްރޭޓް އަދުނާން ކޯޓުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމުން އެކޮމިޝަނުން އެމައްސަލަ ބެލުމަށް ފަހު އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމާފައެވެ.
މެޖިސްޓްރޭޓް އަދުނާން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ބުނެ ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މެޖިސްޓްރޭޓް އަދުނާން އެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަނީ ވަޒީފާގެ ބިރުވެރިކަމާއި، ސިހުރުގެ ބިރުވެރިކަން ދައްކައިގެން ކަމަށެވެ.
އަދުނާން އަކީ ސިހުރު ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ސިޓީގައި ތުހުމަތު ކޮށްފައިވާއިރު، މީގެ ކުރިންވެސް އަދުނާން އެހެން މުވައްޒަފުންނަށް ސިހުރު ހަދަމުންދާ ކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ.
ކޯޓުގައި ކުރިން ވަޒީފާ އަދާކުރި މުވައްޒަފަކަށް ފެންނަ ގޮތަށް މެޖިސްޓްރޭޓް އަދުނާން ކޮމްޕިއުޓަރ ސިސްޓަމުން އޮރިޔާން ވީޑިއޯ އަޅުވައިގެން ބެލި މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށާއި، ނަމަވެސް އަދުނާންގެ ނުފޫޒާއި ބާރުވެރިކަމާއި ހެދި އެ މައްސަލަ ވަކި ހިސާބަކުން ހުއްޓިފައިވާ ކަމަށްވެސް ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
ޅ. ނައިފަރު ކޯޓުގެ މެޖިސްޓްރޭޓްގެ ގޮތުގައި އަދުނާން މަސައްކަތް ކުރެއްވި އިރު، އޭނާގެ ފަރާތުން އަންހެނުން ތަކަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.
ޖިންސީ ފުރައްސާރަކޮށް ބަސްޓްވެ މަޖްލީހުން ވޯޓަށް ނަގާ ހިސާބަށް ދިޔާމަ ކޮން އިސްތިއުފައެއް ދޭކަށް
ވަގުތު މީހުންނަށް ހަމަ އައްސަރި ބަހާއި ސާބަސް.
ތިކަހަލަ މުޑުދާރު ކަންތައް ކުރަމުންވެސް ހެދުން އަޅަންވީ ގޮތް ކިޔާދެއެއްނު އަދި
އަމިއްލަ ދަރި އާބެހުނު ކަމަށް ތުހުމަތުކުރެވުނު މީހުންގެ މައްސަަލަ ބަލައި ނިމުނުއިރު އޭނާ އަދިވެސް ހުރީ އަދިވެސް މަޤާމްގައި
ހުސްއެއްކޮޅުން ދައްކާ ވާހަކަ އަޑު އެހީމާ އިވޭނީ އެކައްޗެއް. ނަމަވެސް ދެކޮޅުން ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލުކަން ޖުޑިޝަރީ ކޮމެޓީގައިވެސް ޖޭއެސްސީގައިވެސް ނެތް.
ދެން އެއްކޮޅުގެ ވާހަކަ އަޑުއަހާފައި އެބަޔަކު ބޭނުންގޮތަކަށް ކަންތައްތައް ކުރެވިދާނެ. ނަމަވެސް ޙައްޤު އަދި ފައުޅާދުވަހުން ތޖޔަ ކޮމެޓީތަކަކުން ކުރާނެ ފައިދާއެއް ނޯންނާނެ.
ޅ. ނައިފަރު ކޯޓުގެ މެޖިސްޓްރޭޓްގެ ގޮތުގައި އަދުނާން މަސައްކަތް ކުރެއްވި އިރު، އޭނާގެ ފަރާތުން އަންހެނުން ތަކަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.
ވަގުތު ނޫސްވެރިން މިކަން ސާފުކޮށްލަން ވީނޫންތޯ.
ހިންހަމަ ނުޖެހޭ މީހަކުވެއްޖިއްޔާ ކަނޑާލާނެ އެހެން ވީމާއަވަސްގޮތަކުން ގިނަތަންތަނުގަި ގަނަ ނުތަޅުވަނީސް އިސތިއުފާ ދިނުން ބުއްދިވެރީ ބަލާބަލަ ގާޒީން ނަށް މިހާރުރހަދަަމުން ދާގޮތް
ޢެ އަދުނާން އެއީ ބޮޑު ދޮގުވެރިޔެއް...ކޮންމެހެން ނުޖެހެ ގާޒީ ނިކަމެތި ރައްޔިތު މީހާޔާ ތަފާތު ވާކަށް ...އެމީހަކު ކުރި ކުށެއްގެ އަދަބު އެމީހަކަށް ލިބެންޖެހޭ .ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވެސް އެޅެންޖެހޭ. ތަނަކުން ހެޔޮ އަން ކިޔާފިއްޔާ ކޮންމެ އެއްޗެއްވެސް ހެޔޮވަރު މީހެއް އެއީ. އަބަދުވެސް އެނޫނީ ގާޒީ އެއް ނެތީމަ މީހުންނަށް ބިރުދައްކަމުން އުޅޭނެ. މިއަދު ކިތަންމެ ދޮގުތަކެއް ހެދިޔަސް އެކަމާ ކުރިމަތިލާން ޖެހޭ ދުވަސް ވެސް އެބަ އޮތް.