އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން މިއަދު އިފްތިތާހު ކޮށްދެއްވާ 4 މަޝްރޫޢެއް އިފްތިތާހްކުރުމުގެ ކުރިން މާލިއްޔަތު ކޮމެޓީގެ ރުހުން ހޯދުން މުހިއްމު ކަމަށާއި، އެހެންނޫނީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯޑީވެސް ކޮމެޓީ އަށް ދަމާފާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ހަވީރު އިންޓަރސެޕްޓަރ އުޅަނދެއް ރާއްޖެއަށް ހަދިޔާކުރުން އެބަ އޮތެވެ. އަދި ދިވެހި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށްގެންދާ އިތުރު ތިން މަޝްރޫޢެއްވެސް އިފްތިތާޙުކުރުމަށްވެސް މިއަދު ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި، މާލެ ސިޓީގެ މަގުތަކުގައި ލެޑް ލައިޓް ހަރުކުރުމުގެ މަޝްރޫޢަކާއި، މަސް ޕްރޮސެސް ކުރާ 3 ޕްލާންޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢަކާއި، އިންޑިއާގެ ޕޭމެންޓު ކާޑެއް ކަމަށްވާ "ރުޕޭ ކާޑު" ބޭނުންކުރަން ފެށުމުގެ މަޝްރޫޢު ހިމެނެއެވެ.

މި ހުރިހާ މަޝްރޫޢެއްވެސް އިފްތިތާހު ކޮށްދެއްވަން ހަމަޖެހިފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އެވެ. މިއަދު ހަވީރު 4 ޖަހާއިރު ފަށާ މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު، ބައިވެރިވާނީ ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިންނެވެ.

ރީކޯ މޫސަ މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢުތައް އިފްތިތާހްކުރުމުގެ ކުރިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ރުހުން ރައީސް ޞާލިހު ނުހޯއްދަވައި، އެ މަޝްރޫޢެއް ފަށާތަނުން މޯޑީ އެ ކޮމެޓީ އަށް ގެނެސް މަޝްރޫޢުތައް ހުއްޓުވާލައިފިނަމަ، "ހަތަރެސްކަން ހަމަވީ" ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ ދާއިރާ އާއި ހުޅުހެންވޭރު ދާއިރާވެސް ތަމްސީލްކޮށްފައިވާ ކުރީގެ މަޖިލިސް މެމްބަރު ރީކޯ މޫސަ ވިދާޅުވީ ސަރުކާރުގެ އަމިއްލަ އެއްވެސް މަޝްރޫޢެއްގައި، އަމިއްލަ ކުންފުންޏަކުންވެސް ސޮއި ކުރުމުގެ ކުރިން، އެކަމާ ގުޅޭގޮތުން ވިޔަފާރިވެރިންވެސް މާލިއްޔަތު ކޮމެޓީގެ ރުހުން ހޯދުން ވިސްނުން ބުއްދިވެރި ކަމަށެވެ. ރީކޯ މޫސަ ދެކެވަޑައިގަންނަވާ ގޮތުގައި މިގޮތަށް ކޮމެޓީ ތަކަށް މިހާ ގިނަ މުއައްސަސާތަކާއި، މީހުން ހާޒިރު ކުރަން ޖެހެނީ، ސަރުކާރުގެ ތެރޭގައިވެސް ގޯސްކޮށް ކަންތައްތަކެއް ހުރުމުން ކަމަށް ބެލެވިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ އެ ޕާޓީއެއްގައި ރީކޯ މޫސަ އެތައް ޒަމާންތަކެއް ވަންދެން މަސައްކަތް ކޮށްދެއްވި އެމްޑީޕީގެ މެޖޯރިޓީއެކެވެ. މަޖިލިސް ރައީސް އަކަށް ހުންނެވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ، އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދެވެ. މޫސަ ވިދާޅުވީ މަޖިލިސް މިހާރު ހިންގަމުންދަނީ މިހާރު ޢަމަލް ކުރަމުންދާ ޤާނޫނުއަސާސީގައި ދަޢުލަތުގެ ބާރުތައް ކަނޑައަޅާފައިވާ ގޮތާއި ޙިލާފަށް ކަމަށެވެ. "ދަޢުލަތުގެ ބާރުތައް އެއްތަނަކަށް ޖަމާކޮށްގެން ހިންގުމަކީ ފާޅުގައި ޤާނޫނުއަސާސީ އާއި ޙިލާފުވުން." މޫސަ ވިދާޅުވިއެވެ.

މޫސަ މި މޭރުމުން މަޖިލިސް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ފާޑު ވިދާޅުވިއިރު، މިހާރު އެމްޑީޕީގެ މެޖޯރިޓީއެއް އޮތް މަޖިލީހުން ބައެއް ޤާނޫނުތައް އިސްލާހު ކުރާ ގޮތުން، ފަނޑިޔާރުންނާއި ބެހޭ މައްސަލަތަކުން ފަށައިގެން، ކައުންސިލަރުން ވަކި ކުރުމާ ހަމަޔަށް މަޖިލީހުގެ ބާރުތައް އަންނަނީ ފައްކާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޭޔަރު

    މިއަދު ހަވީރު ފަށާމަސްރޫއުތަކުގަ ރާއްޖޭގެ މޭޔަރާ އިންޑިޔާގެ ބޮޑުވަޒީރު(ރައީސް)ވީޑިއޯކޮންފަރެންސަކުން ބައިވެރިވެ ވަޑައިގަންނަވާނެ

  2. ާަާަަައަސްލު

    އަޅުވެތިވަނީ ދެއްތޯ...ތިޔައްވުރެ ތަރައްގީ ގައުމެއްނެތީތަ...؟!!!؟

    8
    1
  3. ޕޮގުބާ

    މިގައުމުގެ މީހުންނަށް އަނިޔާކުރެވޭނީ މިސަރުކާރަށް އެހެންގައުމެއްގެ . މެއސަކާވެސް ނުކުޅެވޭނެ

  4. ސިކަންދަރު

    ތިޔަ ވާހަކަތައް ފެނުނީމާ ހިތައް އަރަނީ މަގުމަތީ ބައްތިނެއް ކިތައް މަގު އިންޑިޔާގެ ވޭބާވައޭ އަޑުތައް އިވޭގޮތުގައި ފާޙާނާ ތައްޓެއް ބޭނުން ކުރަން ކީއްތޯ ލޮލުންނުދެކޭ ކިތައް މީހުން އިންޑިޔާގައި ތިބިތޯ ގެދޮރުނެއް ކިތައް މިލިޔަން މީހުން ދިރިއުޅޭތޯ މީހައްތާވެސް ހިތައް އަރާސުވާލް ތައް ދެން މިގައުމުގެ ރައްޔަތުން ދެކެ މިހާލޯބިން މިއުޅެނީ ކީއްވެގެންތޯ