އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޕޮރޮގްރާމްގެ ދަށުން ލ.ފޮނަދޫގައި ހިންގި ފޮޓޯގްރަފީ ކޯސް ފުރިހަމަކޮށް 84 ފޮޓޯގްރާފަރުން ދަސްވެނިވެއްޖެއެވެ.
ދަސްވެނިވުމުގެ ހަފްލާ މިރޭ ލާމު އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮތް އިރު، ދަސްވެނިވި ފަރާތްތަކަށް އެކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމެވެ. ލ.ފޮނަދޫގައި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލ.ފޮނަދޫގެ ޖަމްއިއްޔާއެއް ކަމުގައިވާ ޔޫތު ޑެވެލޮޕްމެންޓް ސޮސައިޓީ (ވައިޑީއެސް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) ގުޅިގެންނެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)އިން ވަޒީފާތަކަށް ޒުވާނުން އަހުލުވެރި ކުރުވައި ތަމްރީން ދިނުމުގެ ގޮތުން 1000 ފޮޓޮގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް 2016 ވަނަ އަހަރު ފަށާފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފޮރޮގްރާމުވަނީ ކުރިޔަށް ގެންގޮސްފައެވެ.
މިކޯހުގައި ބައިވެރިވި ކޮންމެ ބައިވެރިޔަކަށް އިންސްޓޯލްމެންޓްއަށް ނިކޮން ޑީ 3400 ކެމެރާއެއް ދީފައިވާއިރު، ލ.ފޮނަދޫގެ އިތުރުން އެއަތޮޅުގެ މާވަށުގައިވެސް އަންނަ ހަފްތާތެރޭގައި ފޮޓޯގްރަފީ ކޯހެއް ފަށާނެކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ދ. އަތޮޅުގައި މިކަން ކޮށްދޭނީ ކޮންއިރަކުންތަ ؟
1000 ފޮޓޯ ގްރާފަރުންނަށް އެޑިއުކޭޝަނުން ވަޒީފާ ދޭނަން ތަ؟؟