ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި އެކީ މިއަދު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ތާޖް މަހަލް އަށް ވަޑައިނުގަންނަވަން ނިންމެވީ އަނބިކަނބަލުން ލައިލާ އަލީ އާއި އެކު އެތަނަށް ޒިޔާރަތް ކުރައްވާފައި ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވަނީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ތާޖު މަހަލް އަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
"އާސްކް ސްޕީކަރ" ގެ ނަމުގައި ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުލުވާލި ފުރުސަތުގައި، ޕްރެޒެންޓަރު ވަނީ އެމަނިކުފާނު މިއަދު ކުރައްވަން އޮތް ދަތުރުފުޅުގައި ތާޖް މަހަލްއަށް ވަޑައިނުގަތުމަށް ނިންމެވި ސަބަބު އައްސަވާފައެވެ.
ނަޝީދު ވިދާޅުވީ އެ ދަތުރުފުޅުގައި ތާޖު މަހަލް އަށް ވަޑައިނުގަންނަވަން ނިންމާފައިވަނީ އަނބިކަނބަލުންނާއެކު އެތަނަށް ވަޑައިނުގަނެވޭތީ ކަމަށެވެ.
"ލައިލާއަކާ އެކީ އަޅުގަނޑަށް އެތަނަކަށް [ތާޖު މަހަލް] ނުދެވޭ. އެހެންވީމަ ލައިލާ ނުލާ އެތަނަކަށް ދާކަށް ގަސްތެއް ނުކުރަން." ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އިތުރު އެއްޗެއް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.
އިއްޔެގެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަރަށް ގިނަ ތަންތަން ބަލައިލަން ދިއުމުގެ އިތުރުން ވަރަށް ގިނަ މަސައްކަތް އޮތް ކަމަށެވެ. އެހެން ނަމަވެސް ތާޖު މަހަލް އަށް ވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ ހަފްލާތަކާއި މަސައްކަތްތައް އެބައޮތް. އޭގެ ތެރޭގައި ތާޖު މަހަލް ބަލައިލަން ދިޔުމާއި އަދިވެސް އެހެން މި ބާވަތުގެ ތަންތަނަށް ދިއުން ހިމެނޭ. އަޅުގަނޑު ގަސްދު ކުރަނީ ތާޖު މަހަލް ބަލައިލަން ނުދާން،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ރައީސް ކަން ކުރެއްވި އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ތާޖުމަހަލް އަށް ކުރެއްވި ޒިޔާރަތުގައި ނަގާފައިވާ ފޮޓޯއަށް މީގެ ކުރިން މީޑިއާގެ ސަމާލުކަން ލިބުނެވެ.
ތާޖުމަހަލް އަކީ ދުނިޔޭގެ ހަތް އަޖައިބުން އަޖައިބެކެވެ. އިމާރާތްކުރުމުގެ ނަމޫނާއެއްގެ އިތުރުން ލޯބީގެ ރަމްޒެކެވެ. އިންޑިއާގެ މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާ އެންމެ ލޯބިވާ އަނބިމީހާ މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ތާޖު މަހަލް އަށް ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކު ޒިޔާރަތް ކުރެއެވެ.
މިއަދު ނަޝީދު އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭގޮތަށް 15 ބޭފުޅަކު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.
މުޒާހަރާގައި އުޅެފައި ބާޒާރުމަތީ ތާޖުމަހަލްއަށްވަދެއޮތީ މާރިޔާގޮވައިގެން އެދުވަހު ލައިލާކޮބާ
އަސްލު މާރިޔާ ނުދާތީ
އެތަނުން ސާޅި އެޅި މަންޖެއަކާ އެކު ގޮސްލާ ރަނގަޅުވާނެ ފަހުން ފޮޓޯ އެޑިޓްކޮށްލާނީ
ލައިލާ ގޮވައިގެން ދޭބަލަ.
ކަލޭ ތީ އިންޑިއާގެ އަޅެއް
ލައިލާ ދެކެ ތިހާ ލޯބިވަންޏާ، ކީއްވެ ލައިލާ ގޮވައިގެން ނުދަނީ؟
ވަރަށް ސަޅިވާނެ... ގައުމު ވިއްކާގޮތަށް އަނެއްކާ އަބިމީހާވެސް މޯދީއަށް ވިއްކާނުލާތި....ވަރަށް ސަލާމް
އެތަނަށް ގެންދާކަށް އިންޑިއާ ސަރުކާރުން މިފަހަރު ވިސްނފައެއްވެސް ނެތް. އެހެންވެ މާކުރިން ތި ތިކަން ބިންދާލީ