ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީ އަށް ވަޑައިގެންފިއެވެ.

ޝަހީމް ޔޫއޭއީ އަށް ވަޑައިގެންނެވީ މުސްލިމުންގެ މެދުގައި ސުލްހަމަސަލަސްކަން ގާއިމް ކުރުމަށް ކޮންމެ އަހަރަކު އަބޫދާބީގައި ބާއްވާ ފޯރަމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޝަހީމް ޔޫއޭއީއަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޔޫއޭއީ އަށް ވަޑައިގެންފައެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް އެދަތުރުފުޅުގައި އެބޭފުޅުން ކުރެއްވި އެއްވެސް ރަސްމީ ކަމެއްގެ މައުލޫމާތު ރައީސް އޮފީހުން ހާމަކުރައްވާފައެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި ވެސް ބައްދަލު ކުރައްވާފައެވެ.

ޕްރިންސް މުހައްމަދު އަކީ މިހާރު ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޞާލިހް އާއި ރައީސް ނަޝީދާއި ބައްދަލުކޮށް ޕްރިންސް މުހައްމަދު ވަނީ ޔާމީން ޖަލަށް ލުމާއިމެދު ސައުދީ ސަރުކާރުން ދެކޭގޮތް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޚަރުން

    މާ ޝާ ﷲ...

    26
    1
  2. އިބްރާ

    ރައީސް ސާލިހާއި ނަޝީދު ވަޑައިގެން ޔޫއޭއީއަށް އެމްޑީއެންގެ ރިޕޯޓް ޓްރާންސްލޭޓް ކުރަން ކުރި މަސައްކަތް ވަނީ ނާކާބުވެފައިކަމަށް ގަބޫލުކުރެވޭ.

    34
    3
  3. ?ރޮނޑާ

    ރައީސު ޔާމިނާއި މެދު ދެކޭ ގޮތް ހާމަ ކުރީ ދިވެހި ރާއްޖޭގެ މިނިވަން ޖުޑިޝަރީ އިން.

    2
    39
    • Anonymous

      އަޅުވެތިވެފަ އޮތް ޖުޑިޝަރީއެއް އޮތީ ރާއްޖޭގައި

      21
  4. ލުޓޭރުންގެ ސަރުކާރު

    ގައުމު ވިއްކާލަން އެއްބަސްވެ ލާރިގަޑެ އެކައުންޓްތަކުގަ ފޮރުވުމަކީ ރަސްމީ މަސައްކަތް...މުހައްމަދުއަތުން ލާރިގަޑެލިބުމުން ސައުދީވެސް ރަގަޅު..ހަޝޯގީގެ މަރުވެސް ނުވާކަމަކަށްވާނީ..

    19
    2
  5. ސަހީމު

    ސަހީމުއަށް ވެސް އެނގުނީ ޔާމީނު ފަހަތަށް ވިއްޔަ އަރަން! ކީކޭ ދެން ބުނާނީ!

    5
    42
    • ހަޖަމް

      ކޮބާ މައްސަލައަކީ؟ހުސަން ރަޝީދު އަންނި ފަހަތަށް އެރީމަ ނުވާކަމެއްތަ ޝަހީމު ޔާމީން ފަހަތަށް އެރީމަވަނީ؟ ކޮންކަހަލަ ޑިމޮކްރަސީއެއްތަ ދަސްކޮށްގެން ތިއުޅެނީ؟

  6. އެންދެރި

    ނަޝީދު ކާރުރޭސް ބަލާ ފަ އައިއެވެ.

    17
  7. ?ރޮނޑާ

    ޔޫއޭއީ އައް ބައިވަރު މީހުން ދޭ ނުންތަ؟ އަހަރަމެންނާ ކޮން ބެހޭކަމެއް.

    2
    5