ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެ އެވެ.
އޭޖީ އޮފީހުން ވިދާޅުވީ، އެ މައްސަލާގައި މުއިއްޒު އަމަލު ކުރެއްވި ގޮތާއި ގުޅިގެން ޖިނާއީ ތަހުގީގު ހިންގެވުމަށް މިއަދު ފުލުހަށް ހުށަހެޅިފައި ވާ ކަމަށެވެ.
އޭޖީ އޮފީހުން ފުލުހަށް ހުށަހަޅާފައި ވަނީ ނޫމަޑިމަ މުޢިއްޒު ޢަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިޢާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ޙައިޞިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާ ކަން ނުވަތަ ނޫން ކަން ބެލުމަށެވެ.
އޭޖީ އޮފީހުން ވިދާޅުވީ، ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައި ކަަަމަށެވެ.
އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށެވެ. އަދި ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
އަދި 17 ނޮވެންބަރު 2018 ގައި މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.
އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލު ކުރައްވާފައިވާކަމަށާއި، ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެެއްވި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުން ވެގެންދިޔައީ، އާބިޓްރޭޝަނުގައި ހިނގަމުންދިޔަ މައްސަލަތައް ދިފާޢު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވިކަމަކަަށް ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.
ނޫމަޑި މައްސަލާގައި މުއިއްޒުއާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނާއި ހަވާލުކޮށްފައިވާއިރު، އެ މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަތައް ބަލައި، އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.
ނޫމަޑި ކުންފުނިން އެ މައްސަލަ ބައިނަލްއަޤްވާމީ އާބިޓްރޭޝަން ކޯޓުގައި ދިވެހި ދަޢުލަތާ ދެކޮޅަށް ޖައްސާފައިވަނީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. ނަމަވެސް، ދިވެހި ސަރުކާރުން ވަނީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ކޯޓުން ބޭރުން، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.
ޖިނާއީ ތަހުގީގު ހިންގަންޖެހެނީ ނޫމަޑީގެ ފުރަތަމަ އެގްރީމެންޓް ހެދި ބަޔަކާ އެކު ދަވްލަތަށް ކުޅަދާނަ ނުވާ ވަރުގެ ތަކުލީފް ހޯދޭ މިންވަރުގެ އެގްރީމެންޓްހދާ ދައުލަތް ހަރާބު ކޮށްގެން އަމިއްލަ ސަޕޯޓް ހޯދާފައިވާތީ ގާނޫނުނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާގެ ދަށުން
ކޮސްގިނަމިސްޓޭކު
ކުރީގަ މުއިއްޒު ކައިރީ އުޅެފަ ނުބައިޖަރީމާ ހެދި މީހުން އަސްލަމް ކައިރީ ގަދަކޮށް ތިބީ. ވަކިކުރަންޖެހޭ
ނޫމަޑި އަކީ ކީއްކުރި ކޮންބަޔަކު ހިންގި ކުންފުންޏެއްތަ ؟
ނޫމަޑިއޭކިޔައިގެން ވަކިވަކި ފަރުދުންގެ ބޮލުގައި ކަންކަން އަޅުވައި ޖަލުތަކުގެ ތެރެއަށް ލަމުންދުވާއިރު ކޮބާތަ އެމްޑީއެން ރިޕޯރޓް ލިއުނު ޖާހިލުން އެމީހުން ހިފާ ހައްޔަރުކޮށްބަލަ. މީމިކިޔާ ލާދީނިއްޔަތަކީ.
ނޫމަޑި އެކަނިތޯ؟ 7 އަހަރު ހޯމްމިނިސްޓުރީ ހިންގި އިރު ރައްޔިތުންގެ ފައިސާވަނީ ބޮޑުތަނުން އިސްރާފުކޮށްފަ. ކޮރަޕްޝަން އިންތިހާއަށް ހިންގާފަ. ހއ ދިއްދޫ ފުލެޓްތައް ޕާޓީކުދިންނަށް ބަހާލިއިރު ހައްޤްވެރިން އަދިވެސް ތިބީމަގުމަތިވެފަ، ތީނަގެ ސަބަބުން ދައުލަތައް ލިބުގެއްލުމުގެ ބަދަލު އޭނަގެ މުދާވިއްކައިގެންވެސް ނަގަންޖެހޭނެ
ތީނަގެ ވަރަށް ބައިވަރު މައްސަލަތައް ބަލަންއެބަހުރި، 7 އަހަރު އެއްވުޒާރާއެއް ހިންގާ ރައްޔިތުންގެ ފައިސާ އިންތިހާއަށް އިސްރާފުކުރި މީހެއްތީ، ހއ ދިއްދޫ ފުލެޓްތައްވެސް މީނަބޭނުން ބަޔަކަށް ބަހާލީ، ޕާޓީކުދިންނަށާ ކައިވެނި ނުކުރާ މީހުންނަށާ ފިރިމީހަ އާއި އަނބިމީހާއަށްވެސް ފުލެޓް ދީފައެބަހުރި، މިފަދަމީހުންނަށް ހައްޤްއަދަބު ނުދެވޭނަމަ ދެންއަންނަ މީހުންވެސް ކަންކުރާނީ އެގޮތައް. މީނައަށް ހައްޤްއަދަބުދީ