ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލަން ގޮވާލާ މާލޭގައި ހުންނަ ޔޫއެން ބިލްޑިން ކުރިމަތީ އިދިކޮޅު ކޯލިޝަނުން ހިމޭން މުޒާހަރާއެއް ފަށައިފިއެވެ.
ރައިސް ޔާމީން ދޫކޮށްލަން ގޮވާލާ މިހާރު އެ ސަރަހައްދުގައި ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިން ތިބީ ޝިއާރުތައް އިނގިރޭސިން ލިޔެފައި ހުރި ބޯޑުތައް ހިފައިގެންނެވެ.
އެ ބޯޑުތަކުގައި ރައީސް ޔާމީން ދޫކޮށްލަން ގޮވާލާފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ފުރައްސާރަ ކުރުން ހުއްޓާލުމަށްވެސް ބުނެފައި ވެއެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ ގއ.ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ބަޔަކަށް ދިނުމުގައި ދިވެހި ދަޢުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލަ އެމަނިކުފާނު މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.
އެމަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް ޔާމިނަށްކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.
ރައްޔެތުންގެ ފައިސާއިން ވައްކަންކޮއްގެން ހުކުމްކޮއް ޖަލައްލީމާވެސް އެކިޔަނީ ސިޔާސީ އޭ؟ މިބައިމީހުންތައް އެތިބީ ދޮޅު ރޯނާވެފާބާ! އަމިއްލަ އަށް ޕޯޑިއަމްތަކައް އަރާ މަމިކަނީ ވަގު ފައިސާއޭ ގޮވީމާވެސް ދޮޅު ރޯނާވެފާ އެތިބަ މީހުންތަކައް އަޑެއް ނީވޭ.
ވައްކަންކުރަ މީހައާއެކު ވާނީވެސް ވަގުން
ރައްޔިތުންގެ ފައިސާއިން ވައްކަންކޮއްގެންތިބި ބަޔަކު ވެރިކަ މުގެ ބާރުތަކުގަ މިތިބީ..އޮޑިޓުރިޕޯޓުން އެގެންހުރި ވަގުންނާ އޭސީސީގެ ރިޕޯޓުން އެގެންތިބި ބޮޑެތި ވަގުން.. މިމމ މީހުން ވެރިކަ މުގަޔާ ދައުލަތުގެ ހަޒާނާ ހުސްކުރަން ތިބެންޖެހޭތަ...ރޔާ މީން ރައްޔިތުންގެ ފައސާގަޖެހިފަ ނެތްކަން ސާފުކޮށް އެގެންއެބައޮތް ޝަރީއަތްބެލި ކޮއް މެ މީހަކަށް.. ސާފު ނުވަނީ ވައްކަންކޮށް އެފައިސާގަ ހޭކިގެންތިބި މުޖުރި މުން....ހިއްވަރެހުރިނަ މަ ނުކު މެ މިއެއް މެން ކަންފަތުގަހިފާ ނެރެންވީ....ވައްކަން ސާބިތުކުރަން މި މީހުންއަތުން ބާރުނަތަނަގާ މުއައްސަސާތަ މިނިވަންކުރަންވީ...32 މިލިޔަން މަދުތަ މިވަރު. މިއީ އަދި ނޭގިފޮރުވިބަޔާ ބައި އަޅާ ބެހި ފައިސާތައް ނުލާ...
އަސްލު އެމްޑީޕީ ވަގުން ދޮޅުރޯނާވެފަ ތިޔަތިބީ. ﷲ އަށް ފުރައްސާރަކޮށް ދީނުން ބޭރުވާ އިރުވެސް ތިޔަބައިގަނޑު ދޮޅުރޯނާވެފަތިބިވަރުން ހަމަ އަތް ޖަހަނީ. ހޭބައްޔެއްނުވާނެތަ އަޅެ؟
ބޯންވާނެއޭ ބޮވެން ޖެހޭނެއޭ، ޤްރުއާނާއި ސުންނަތް ނޫން އެހެން ގޮތެއް އޮންނަން ޖެހެޔޭ، ކިޔައި ވާހަކަ ދައްކައި، ނަމާދަށް މަލާމަތް ކުރީމަވެސް ބަޔަކު ތިބިދޯ އަތްޖަހަން.
އިސްލާމްދީނަށް ހަޖޫޖަހައި ފުރައްސާރަކޮށް، ރަސޫލާއަށް މަލާމަތްކޮށް އިސްލާމް ދީނަށް ތައުހީނު ކުރީމަ އެކަން ދިފާއުކޮށް ވާހަކަ ދެއްކީމަވެސް ބަޔަކު އަތްބިންދައިގެންދާވަރަށް އަތްޖަހަންތިބީ.
32 ބިލިއަން ގެ ބަޖެޓެއް ފާސްކޮށް އެއްވެސް ކަމެއްކޮށްނުދީ ރިޒާވް އާއި އެއްކޮށް ގާތްމީހުންނަށް ބަހައި ހުސްކުރީމަވެސް ވައްކަމަކަށް ނުވޭ.
މަރުހޫމް އަފްރާޝީމްއަށް އިންސާފު ހޯދައިދޭން ޤާތިލުންނަށް ބޮޑެތި މަޤާމު ދިނީމައިވެސް އަތްޖަހަން.
ތިންބާރު އެކެއްގެ މުށަށް ލީމައިވެސް އަތްޖަހަން.
މިކަންކަން ކީއްވެތޯ ނުބަލަންވީ. މިއީ ނޫންތޯ ހަޤީޤީ ވަގުންނަކީ.
ވަގުތު ނޫހުގެ ނޫސްވެރިޔާއަށް ދަންނަވާލާނަން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތިސަރީއަތް ސާބިތިވިކަމަށް ލިޔެފަ ތިއޮތީ ކަނޑައެޅިގެން ބުހުތާނުދޮގެއް ހަދަންވެގެން ( نحل سورة ގެ 105 ވަނަ آية إنمايفتر الكذب الذين لايؤمنون بآيات الله މާނަ ދޮގުހަދާކަން ކަށަވަރީ މާތް ﷲ ބާއްވާލެއްވި آية ތަކަށް إيمان ނުވާމީހުން ނެވެ ) އެމައްސަލަ ސާބިތުނުވާކަން މި ރާއްޖޭގެ ކޮންމެ ފަރުދަކަށްވެސް އެނގޭ خاص ކޮށް މި ސަރީޢަތުގެ ދައުލަތުގެ ވަކީލާ އަށާއި ޙުކުމްކުރި ފަނޑިޔާަށް ވަރަށް ރަނގަޅަށް އެނގޭ ޖޭއެސްސީ އާއި ސަރުޢީ ކޯޓުތައް މިހާރު އޮތް حالةން މި ރާއްޖޭގެ އެންމެނައް މިކަން ހާމަ ވެގެންދޭއި،
ސާބިތު އެއީ ކޮންއެއްޗެއް ކަން ނޭގުނީތާ؟. ދައުލަތުގެ ހަޒާނާ އައް ވައްނަން ޖެހޭ އެއްމިލިއަން ޑޮލަރ ހުރީ ޔާމީން ކިޔާ މީހެއްގެ އެކައުންޓުގައި. އެކައުންޓައް ޖަމާ ކުރުވާ ފައި ވަނީ އޭނަގެ އަމިއްލަ ނުފޫޒާއި ބާރުން ކަން ރާއްޖޭގެ ގިނަ މީހުންނައް އެގޭ.އޮޅުވާލަން ވަރައް ގޭސް ގަނޑު އެބުރި. އެކަމަކުވެސް ކަމެއް ފަޅާ އަރަންވީ މަ އެކަކައްވެސް އޮއްބައެެއް ނުލެވޭނެ.
ޢަލީ ވަހީދު އަށް މާބޮޑަށް އެގެނީ
ރައްޔެތުންގެ ފައިސާއިން ވައްކަންކޮއްގެން ހުކުމްކޮއް ޖަލައްލީމާވެސް އެކިޔަނީ ސާބިތެއް ނުވާނެޔޯ...މީހަމަ މާތް ﷲ ބާއްވާލެއްވި آية ތަކަށް إيمان ނުވާމީހުން ނެވެ )
ރަ އީސް ޔާމީން އަކީ ވެސް މައ އުސޫމްމީހެއ އްކަން ސާބިތު ކޮ އްދޭންވީނު
ސާބަހޭ ....
ސަދޫމު ގަ ކޮން ސާބިތެއް ވާނީ
255 ކޮބާ ؟؟އެކަކަށް ދައުވާ؟؟؟ކޮބާ މެލޭޝިޔާ ސަރުކާރުން ފޮނުވި ލިޔންތައް...ކޮބާ ފާސިގުންގެ ހެކިބަހުން ނިންމި ޝަރިއަތުގެ ނާއިންސާފު...އެންމެން ދަނޭ އެކަމަކު މި އޮތީ ބަނީއިސްރާއީލުން ނަބިއްޔުންނަށް އަނިޔާދިން ހެން އައިސް އޮތް ލާދީނީ ސަރުކާރެއް މާތް ކަލާނގެ މިބައިމީހުން ބަލި ކުރައްވާނީ..
މިހާތަނައް ރައީސްޔާމީނުގެއެކައުންޓައް ފައިސާޖަމާކުރިފަރާތުގެ އެކައުންޓައްޖަމާވި ފައިސާއާއިމެދު ހުކުމެއްނައަދޭ އަދިޝަރީއަތެއްވެސް ނުހިންގާ ވީމާމީ އަރަތެއްކަހަލަހުކުމެއް ރައީސްޔާމީންއައް މިކުރީ
ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުގަ ތިޔޫެއެން އިންބޭއްވި ކުޑަހަފްލާއަކައް ދައުވަތު އެރުވުނު، ހިނިފުޅު ވަޑުވާފަ ވިދާޅުވި ކަމައް ވަނީ އެއިމާރާތް އަދިވެސް އެބަހުރިހޯ.
ކީކުރާނީ މިއަދު ޔާމީން އައް ހެއޮއެދޭ މަދުބަޔަކާ ފައިސާނެގި މަދުބަޔަކު ތިތަނައް އެއްވީމަ ލަދު.
ސަދޫމް ސަ ރުކާރު
ކަލޭމެން ޔޫއެން ބިލްޑިގުގެ ޓިނު ނެއްޓި އަސް ޔޫއެން އިން ޔާމީން ކިޔާ މީހަކާއި ބެހޭ ގޮތުން ޗުޕްވެސް ނުކިޔާނެ. ފަގީރު ގައުމު ތަކުގެ ވެރިންނައް ތިބޭ މީހުން ބޮޑެތި ވައްކަން ކުރުމަކީ ޔޫ އެން ވަރައް ކަންބޮޑު ވުން ފާޅު ކުރާ ކަން ކަން. ތިގުރޫޕް ތެރޭ ގައި ދީން ވެރި އެކޭ ކިޔާ އުޅޭ ވަރުގެ މީހެއް ނެތްކަން ނަސީބެއް. ނޫންނަމަ ދީނައް ކިހާ ބޮޑު ހުތުރެއް.
ފެލޭނެ ވަރަކަށް ފެލިފެލި ތިބޭށެވެ! ބޮވޭނެ އެއް ............ ނޯންނާނެއެވެ
މިދިވެހިރާއްޖޭ ގައި ކުރިއެންމެ ބޮ ޑުވައްކަން ރ ޕާޓީގެ ކާފަރުންތައް ރައީސްޔާމީންގެ އެކައުންޓަށް ލާރިޖަމާ ކުރުމަށްޓަކައި ރީދޫބައި ގަ ޑު ކުރިޔަށް ހަކުޅިކުޅުނުކަން ނޭ ގޭ ދިވެހިރަށްޔަތަކު ނުހުންނާނެ އެވެ. ވައްކަމާމީހުން މެރުމާ ހުރިހައި ނުބައިކަމެއް ކުރަނީތިރީދޫބައިގަޑެވެ.ރައީސްޔާމީން ޖަލަށް ލުމަށްޓަކައި ވޯޓު އޮޅު ވާލައި ވޯޓުކަރުދާސް ނަޢްތާލުމާއި ކުރަން ނުޖެހޭޝަރިޔަތެއްކޮއް ވަގުބަދުނާމް އަޅުވައި ރައީސްޔާމީންގެމަށްޗަށް ސާބިތުނުވާ ހުމެއް އިއްވައި ރައީސްޔާމީން ޖަލަށްލުމަށްޓަކައި ނުބައިރޭވުންތައް ރޭވި ހުރިހައި މުނާފިޤުންﷲ ގެނިއުމަތްތަކުން މަހުރޫމްކޮއް ލައުނަތްލައްވާށިއެވެ އާމީން