އައިސިސްގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިގޮތަށް ވިދާޅުވެފައިވަނީ މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައި ވާހަކަ ދައްކަވަމުުުންްްނެވެ. ސީޕީ ހާމަކުރައްވާފައިވާ ގޮތުގައި އެކަން ހިންގުމަށް މަސައްކަތް ކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ހަމީދު ވިދާޅުވީ މިކަން ކުރުމަށް މަސައްކތް ކޮށްފައ ވަނީ ސީރިއާގައި ތިބި ދިވެހިންގެ ބަޔަކާއި، އައިސިސް ޖަމާއަތުން މާލޭގައި ތިބި ދިވެހިންތަކަކާއި ގުޅިގެން ކަމަށެވެ.
"2017 ވަނަ އަހަރު ސީރިއާގައި ހުރި ދިވެއްސެއް ވެސް ހިމެނިގެން އިސްލާމިކް ސްޓޭޓުގެ ލީޑަޝިޕުން އިންސްޓްރަކްޝަން ދީގެން ދިވެހިންތަކެއް މާލޭގައި ތިބެގެން އައިއީޑީއެއް ހަދާ، ވައިގެ މަތިން އެއްޗެއް ގޮއްވާލަން ރޭވި އޮޕަރޭޝަން ފްލޮޕް ކުރީ ދިވެހިރާއްޖެއިން", ސީޕީ ހަމީދު ވިދާޅުވިއެވެ.
އަދި އެކަން ކުރުމަށް ކުރި މަސައްކައް ނެޝަނަލް ކައުންޓަރ ޓެރޮރިޒަމް ސެންޓަރ (އެންސީޓީސީ) އާއި ސިފައިން އަދި ފުލުހުން ގުޅިގެން ކަމަށެވެ.
ހަމީދު ވިދާޅުވީ ރާއްޖެއިން ދަނީ ނިރުބުވެރިކަމާއި ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން ކަމަށެވެ. އެފަދަ އެފަދަ ކުށްތައް މަދު ކުރުމަށް އަދި އެފަދަ ކަންކަން ވިޔަ ނުދިނުމަށް ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ހުރިހައި ކަމެއް ކުރުމުގައި ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.
އެ މަހާސިންތާގައި ވާހަފުޅު ދައްކަވަމުން ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގައި ހަރުކަށި ވިސްނުންތަކުގެ 14،00 އާއި ގާތްކުރާ އަދަދަކަށް މީހުން ތިބިކަމަށާއި، މީގެ ކުރިން އަފްގާނިސްތާނު އަދި ޕާކިސްތާނުގައި ހިނގި ހަނގުރާމައިގައިވެސް ދިވެހިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެތަންތަނުން އެނބުރި ރާއްޖެ އަތުވެ އޭގައިން ބަޔަކު އަޑީގައި ތިބެގެން ހަރުކަށި ވިސްނުން ފެތުރުމަށް މަސައްކަތް ކުރަމުން ދާކަަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ އޮޕަރޭޝަނެއްގެ ވާހަކަ މީގެ ކުރިން ފުލުހުން، އަދި އެއްވެސް ސަލާމަތީ ބާރަކުން ދައްކާފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ ޕަޕެޓު އެމްސީ ހަމީދު މިކިޔަނީ އަނެއްކާކީކޭތަ. ބަޔަކު ނޫޅޭ ރާއްޖެއަކާހެދިއެއް. ލާދީނީ ބައިގަނޑު އަމިއްލައަށް ތިޔަ ތެޅެނީ ރާއްޖޭގައި ލާދީނިއްޔަތު ނުފެތުރިގެން.
ފުލުހުންގެ ގާބިލްކަން ހުރިވަރު މިއެނގުނީ!! 2017 ވަނަ އަހަރު ހިންގަން އުޅުނުކަމެއް މިއީ!! އޭރު ފުލހުންގެ އިންޓަލިޖެންސްއާއި ފުލުހުން ހިންގި އޮޕަރޭޝަންއިން މިކަން ފުލޮޕް ކޮށްލީ!! ސާބަސް ފުލުހުންނަށް!! ކޮންމެ ވެރިކަމެއްގައިވެސް ތިބޭނީ ހަމަ ވެރިކަމުގައި ތިބޭ ބަޔަކު ބާނުންވާގޮތަކަށް ކަންތައްތައް ކުރާ ޕަޕެޓުން!! އެއީ ޙަގީގަތަކީ!! ވަކި އެވެނި މިވެނި ވެރިކަމެކޭ ބުނާނެ ކަމެއް ނެތް!! ހުރިހާ ވެރިކަމެއްގައިވެސް!! މިއީ މުޅި މުއައްސަސާގައި ތިބޭ މަދު ބައެއް!! އެއިރެއްގައި ތިބޭ އެންމެ އިސްވެރިންނާ އެމީހުންގެ ވަށައިގެން އެނބުރޭ މިހުން!! ޖުމްލަކޮށް ފުލުހުންގެ މަސައްކަތް އަބަދުވެސް ރަގަނޅު!!
އަންނި ހަދާކަހަލަ ދޮގު. މިތާނެއް އެވެސް ނުރަކަލެއް. ބޭރުން އެހީ ހޯދަން މިވެރިން ކޮށްފަނެ ކޮންމެފަދަ ކަމެއްވެސް
އެ ކިޔަނީ އެމްޑީއެން އިން ބޮން ގޮއްވަން އުޅުނު ވާހަކަ! އެކަން ކުރުވަން އުޅުނު މީހާ ސީޕީއަކަށް މިހާރު އެ ހުންނަނީ!
މާތް ކަލާކޯ! ??
ހަހަހަ ދެވަނަ ގަންޖާބޯ ފާޅުވެއްޖެ. ލާދީނީ ކިތައް ގޮލާ އުޅޭ؟ ހަމަގައިމު ކަލޭ ގަރޫޕްގަނޑުގަވެސް ތިވަރާ ގާތްކުރާނެ.
ހަހަހަ ދެވަނަ ގަންޖާބޯ ފާޅުވެއްޖެ. ލާދީނީ ކިތައް ގޮލާ އުޅޭ؟ ހަމަގައިމު ކަލޭ ގަރޫޕްގަނޑުގަވެސް ތިވަރާ ގާތްކުރާނެ
ތިޔަ ވާނީ ޕިންކީ ބައިގަނޑު އަޑީގައި ހުރެގެން ރޭވި ރޮކެޓަކަށް. ޅޮލް. ބޮޑު ޕިންކީ އެއޮތީ ޖަލުގައި.
އެހާބޮޑު ކަމެއްނޫން
ހައްދު ފަހަނަ އަޅައިގެން ސަލާމަތް ނުވެގެން މިއުޅެނީ ކޮންބައެއްބާ؟ ތި ޖައްބާރުންގެ މަކަރުވެރިކަން އަދި ކުރަން އުޅެނީ ކޮން ކަމެއްކަން އެނގެޔޭ...
ބަލަ ތީވަރައް ސިރިއަސް ކޮން ބަލަންޖެހެ ކަމެއް ..
މިފަދަ ފޯރަމެއްގައިމިވާހަކަތައް ދެއްކުމުން ފުލުހުން އަދި އެމްއެންޑީއެފް ސިޔާސޫވެފަވާވަރު އެބަހާމަވޭ އެންމެންގެލޯމަތީ ހިންގާފަވާބައެއްކަންކަން މިސާލަކައް ރަޔީސްޔާމިން އަދި އާއިލާތިއްބެވި ލޯންޗް ގޮއްވާލިވާހަކަ ނުބުނެވުނީތީ މިމީހުންގެ ފެންވަރު އެންގިއްޖެ.
ސާކް ސަމިޓުގައި 1990 ދަރުބާރުގޭގައި ބޮންގޮއްވަން ރޭވި އޭތި ނަސީބަކުން ކާމިޔާބެއްނުވި، އެނުބައި ރޭވުން ރޭވީ ކެނެރީގޭ ނަޝީދު.
ޕިންކީއެއް ސިންކީއެއް ކިޔާނެކަމެއް ނެތް..ބަލަ ކަމިސަނަރު ދެއްތޯ އެބުނަނީ އެކަން ފުލޮޕްކުރީ ތިޔަބުނާ ޕިންކީ ސަރުކާރުންނޭ އެ ފުލޮޕް ކޮށްލީ 2017 ވަނަ އަހަރު.. ތަފާތަކީ އެއީ އަނގަގަދަ މިތުރު ސަރުކާރެއް ނޫން..ރައްޔިތު އެންމެގެ ތެރޭގަ ޤައުމީ ސަލާމަތާ ގުޅުންހުރި އެހަކަލަވާހަކަ ދައްކާ ބިރުވެރިކަން އުފައްދާ ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާ ފަދަ ކަންކަން ކުރާކަށް..
ތިކަން ހުއްޓުވޭނީ އެހެންދީންތަކެއްވެސް މިތަނުގައި ތަމްސީލް ކުރެވިގެންތޯ ؟
އެމީހުން ކީއްވެ ހައްޔަރު ނުކުރީ...
އެއީ އެމްޑީޕީ މީހުންގެރޭވުމެއް އެއީ މިޤައުމު ފުޑާނުލެވިގެން އުޅޭ ބައެއް ހަމީދުމެން ގެ ލާދީނީ ކަންތަ ނުފެތުރިގެން ދައްކާ ބޭކާރު ވާހަކަ ކޮބާ އެމް ޑީ އެން އުވާލަނީ ކޮންއިރަކުތަ؟
ސީޕީ ކުރާނެކަމެއް މިއަކުނެއް ވައިގެ މަގުބެލެހެއޓުމުގެ ގާބިލް ކަމާ އާލާތް ތަކެއް އެވެރިން އަތަކުނެއް
ފުޅުބޭ. ތަގެ އަމާ ރޮށި އައު ކޭފެލެ. ވަގުތު މިކޮމެންޓް ޖަހާ ދެއްޗޭ.
އައިސިސް އަކީ އިޒުރޭލުގެ މޮސާޑުން ތަމްރީނު ވެ އެމެރިކާ ގެ ސީއައޭޭ އިން ހަތިޔާރު ދީ ފާއިސާ ތިބި ބަޔެއް ދެއްތޯ އެމްސީ ؟މިކަން އެގޭތަ؟ ގައިމު އެމީހުން ގެންގުލޭ ހަތިޔާރު ގައި ހުންނަނީ އެމެރިކާ ނޫނީ އިޒުރޭލުގެ ދިދަތައް ވީޑިއޯ ތައް އެނަލައިޒުކުރީމާ އެކަން އެގޭނެ
ކަމިޝަނަރ އަކީ އެމްޑީއެން ގެ އެޖެންޓެއް. ދިވެހި މުސްލިމުންގެ މެދުގައި ސުންނަަތަށް އުޅޭ މީހުންނަށް ނަފުރަތު އުފެއްދުން.
ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ނުދައްކާ ވާހަކަ މީނާ ދެއްކުމުން ކަންބޮޑުވޭ...އަބަދާ އަބަދު ރާއްޖެއަކީ ޓެރަރިސްްޓުން އުޅޭ ގައުމަކޭ ބުނެ ހޫނު ތަވައެއްގެ މަތީ ގައުމު ބާއްވާކަށް ނުވާނެ...ސިޔާސީ ގޮތުން ހަމަ ޅައީ...ޓޫރިޒަމަށް މިކަމުން އަސަރު ކުރާނެ
ގާސިމްގެ މަރާގުޅިގެން ފާޑުކިޔުން އަމާޒުވާތީ ފޯކަސް ބަދަލުކުރަނީ .
ކޮބާތޯ އެމީހުންނަކީ؟ އެމީހުން ހިފާ ހައްޔަރުކުރަންވީ؟
އެމީހުން ހައްޔަރުކޮށް އަދުބު ލިބުނުބާ ދެން
މީއަދިކާކު ސަހިންދާމެންކޮބާ؟
ތިއީ އެމްޑީއެންގެ ވާހަކަ އޮއްބާލަން ދައްކާވާހަކއެއްތަ ނުވާނެތިކަކެއް!
ޢެމްޑީއެން އުވާނުލާ ކޮންވާހަކައެއް ތިދައްކަނީ!
ކަލޭމެން ތި ތުހުމަތުގަ އި މީހާ ހަ އްޔަރު
ކުރި އިރު މަހުރިން އޭނަ ފެރީ މަސަ އްކަތް
ނިންމާލާފަ ނިދާފަވީ
އއކުށެ އް ނެތި ހަށްޔަރު ކުރީ
ސާބިތުވާން ފެނުނު އ ކަމެއ އްނެތް
މި ސަރުކާރު އަތުވެއްޖެނަމަ މިދިވެހިރާއްޖޭގައި ޓެރަރިޒަމް އޮތް މިންވަރު ދައްކައި، ދީނީ އިލްމުވެރިން ކަސްދޮޅުއަޅުވާ، ލާދީނީ ފިކުރަށް ހުޅުވާލާނޭ އޭރުވެސް މީހުން ބުނެ އުޅުން..
ބުޅާ ހޮއްކޮގެ ހިތް ރުއްސަން ދައްކާހާ ވާހަކަ
ކައުންސިލް ގޮނޑިތައް ހޯދަން މޮޅުވާހަކަ އެއް ދައްކާލީ.
މިއީ ކައުންސިލް ގޮނޑިތައް ނުލިބިދާނެތީ ގޮނޑި ހޯދަން ދައްކާ މޮޅުވާހަކަ އެއް. އެހެން ނޫންނަމަ ލާމަރުކަޒީ އާއި ބެހޭ ތިޔަޖަލްސާގަ ތިއެންމެން(ހަމީދު/ރައީސް/މާރިއާ/އިމްރާން/އަންނި) ޓެރެރިސަމް އޭކިޔަންޖެހޭ ގޮތެއް ނުވިސްނޭ. ރައްޔިތުންނަށް އޮތް ހަގީގީ ބިރަކީ މިބައިމީހުން އިތުރަށް ބާރުވެރިވުން.
ދިވެހި ރާއްޖޭގައި ލާދީނީ މީހުން ނުވަތަ ހައްދު ފަހަނަ އަޅާފައިވާ މީހުންގެ އަދަދު ވަރަށް ގިނައެވެ. އެބައިމީހުންގެ ތެރެއިން ގިނައަދަދެއްގެ މީހުން ތިބީ މިޤައުމުގެ ސި ޔާ ސަތު ކަނޑައަޅާ، ސިޔާ ސަތު ތަންފީޒުކުރާ ލެވަލްތަކުގައެވެ.މިކަމުގެ ހިތި އަ ސަރުތައް މިދަނީ ފެންނަމުންނެވެ.ހިތާމައިގެ ކޮޅެއްނެތެވެ.