ރައީސް ނަޝީދަކީ ކުރިން ވަރަށް އިޙުތިރާމު ކުރެއްވި ބޭފުޅެއް ކަމަށާއި، ނަމަވެސް މިއަދު އެއީ ލާދީނީ މީހެއް ކަމަށް، ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ، ސީއެންއެމް އިން މިރޭ ގެނެސްދިން، "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މެޑަމް ދިޔާނާ ސައީދަކީ އެއްވެސް މީހަކަށް ނުވި. ރައީސް ނަޝީދަށް އަންޑަންސްޓޭޑް ވާން ވާނެ. ރައީސް ނަޝީދަށް މަ ދިން ލާރި އަނބުރާ ދޭންވާނެ. ޔާމީން އެއޮތީ ގޮޅީގަ. ރައީސް ނަޝީދާއި ދިމާލަށް އެއްޗެއް ބުނަން ޖެހުނީ ކީއްވެގެންތޯ. މަގޭ އަންހެނުން ގައިގަ ޖެހީ. ތަދުވެއްޖެ މަށަށްވެސް. ތަދުވީމަ ކީީއްތޯ ވާނީ. މަގޭ އަންހެނުން ގައިގަ ޖަހަން އަންނި އެއް ނުޖެހޭނެ. އޭނަ ޖަލަށް ލި ދުވަހު ލަންޑަނުން މަ އޮޕަރޭޓް ކުރީ. ކީއްވެގެންތޯ ރައީސް ނަޝީދު އޭނަ އާއި ދޭތެރޭ އެހާ ހުތުރުކޮށް ކަންތައް އެކުރީ. އޭނަ އާއި ސުވާލު މި ކުރަނީ." ޖާބިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އެމްޑީޕީ އަކީ ޕާޓީއެއް ނޫން ކަމަށާއި، ޑީއާރުޕީގެ ފަރާތުން ރާއްޖޭގެ ހުރިހާ ގޮނޑިއަކަށް މިފަހަރު ވާދަ ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީ އަކީ އަސްލު ޕާޓީއެއް ނޫން. އަޅުގަނޑު ވަރަށް ތަޖުރިބާ ކޮށްފަ މި ބުނަނީ. ޑީއާރުޕީގަ އޭރު ހުންނެވީ މަޢުމޫނު. މަޢުމޫނަކީވެސް އެއްގޮތަކަށްވެސް ރާއްޖެ ރިޕޯމު ކުރަން އުޅޭ މީހެއް ނޫން. އޭނާ ރިޕޯމް ވާން އޭނާ އެ އުޅެނީ. އަޅުގަނޑު ވަރަށް އިޙްތިރާމް ކުރާ މީހެއް ރައީސް ނަޝީދަކީ. ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަކީ މަގޭ އަތުން ލާރި ނަގައިގެން ހުރި މީހެއް. ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ ޑީއާރުޕީން ރާއްޖޭގެ ހުރިހާ ގޮނޑިތަކަށް ވާދަ ކުރާނަން. އަދި 100 މިލިއަން ރުފިޔާ ލާނަން." ޖާބިރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމުގައި، ޕްރައިމަރީ ނުބާއްވާނެ ކަމަށާއި، ޓިކެޓް ދޭނީ އެކަމަށް އެންމެ އެކަށީގެންވާ މީހުންނަށް ކަންވެސް އެ ޕާޓިީން ވަނީ އިޢުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވަހީދު

    ޖާބެ ތިހަދަނީ މުޅިން ރަނގަޅަކަށްނޫން. ޕީޕީއެމް ނޫނީ އެމްޑީޕީއާއި ކޯލިޝަން ހަދައިގެން ކުރިއަށްދޭ. އަންނަ ދައުރުގައި ވެސް ވެރިކަމަށް ހޮވޭނީ ޕީޕީއެމް ނޫނީ އެމްޑީޕީން ނެރޭ މީހަކު.

    60
    10
  2. ފެކްޓް

    ޖާބެ މީ ގަދަ މީހެއް. ބުނަންޖެހޭ ކޮންމެ އެއްޗެއް ބުނާނެ. ޖާބެ އެއްވެސް މީހަކަށް ނުހަދާ ޖާބެ ރުއްސައިގެން އުޅެން މިސަރުކާރަށް ނޭނގިއްޖެނަމަ މިސަރުކާރުގެ ޒަމާންވެސް ދާނެ. ޖާބެއަކީ ބާރާއި ނުފޫޒްގަދަ ސަރުކާރުވެސް ބަދަލުކޮށްލެވޭ ފަދަ މީހެއްކަން މީގެ ކުރިންވެސް ވަނީ ޡާބިތު ކޮށްދީފަ. އަންނިއެއް ކަމަކު ލާދީނީ ވިއެކޭ ކިޔާފަ ދިޔާނާ ގައިގަ ޖަހައިގެން ނުވާނެ ދޯ!

    81
    10
    • ވިސްނާލުމަށް އެދެމޭ

      ރައްޔިތުންނަ ދައްކަންޖެހޭ ޓެކް ސް ނުދައްކާ ބިމުކުލި ނުދައްކާ މުއައްޒަފުންގެ ސާވި ސްޗާރޖް ނުދީ އެރުފިޔާތަކުން ފޮނިބުރައް ސަން ތެޅުވީމަ ބާރުގަދަވީ...ފައި ސާއޭ ބުނީމަ ބައެއްމީހުންގެ ހިތް ވަރަށްތެޅޭނެ...ޖާބިރު ފޮނިކަޑަނީ އެކަހަލަމީހުންގެ ހިތް އޭނަޔަށްިބޭނެކަން އިގޭތީ..ޖާބިރުގެ ހަލާލު ގުޑުގުޑާ ޖާބިރުގެ ހަލާލު ގައިމޮޑުން ޖާބިރުގެ ހަލާލު ތުންދިގުފުޅީގެ ކަޅު ސައި މިތަކެތި ލިބޭނެ ހަލާލު ނައިޓްކްލަބް ހުޅުވާ ވާހަކަބުނުމުންވެ ސް އަތްޖަހާނީ ދުނިޔެއާހެދި ބުއްދިފިލާފަތިބިމީހުން..މިފަދަމީހުން ރައްޔިތުންގެ ވެރިންނަ ހޮވުމަކީ ރައްޔިތުން ޢާފިލުވެފަތިބިކަން އަންގަދޭކަމެ..ދިޔާނާއަށް ވަޒީފާ ދިނުމުން ނަޝީދު ރަގަޅުވޭ. ގާ ސިމުގެ އަނބި ނަހުލާއަށް ވަޒީފާ ދިނުމުން ސޯލިހު ރަގަޅުވޭ މިއީ ޖާބިރާ ގާ ސިމު މީހުން މިނެކިރާގޮތް..މީ ސްތަކުންނަ ހެޔޮވި ސްނުން ދެއްވާށި...

      23
      1
  3. ސަވާޖް

    ހެެއްހެއް މިހާރު ޖާބިރައް ކުއްލިއަކައް ބުއްޅަބޭ ވެސް ކަމުނުދިޔައީ
    ދެފުއްކެހެރި މޮޔަ ލޮލީ ޖާބިރު

    32
    13
  4. އަފޭ

    ޖާބެ ވަރު މީހަކު ވެސް މިގައުމުގައި މިހާރު ނެތީބާ؟ މިގައުމައް ދެރަގޮތެއް ވެއްޖެ ނަމަ އެމްޑީޕީން އެޒިއްމާ އުފުލަން ޖެހޭނެ ޖާބެ ކިހާރަގަޅު ގައުމާއި މެދު ކިހާ ވިސްނާބޭފުޅެއް ނަސީދު ކަހަލަ މޮޔައެއް ނޫން

    23
    7
  5. ކުރަނގި

    ދެން މީނައާ އަންނި މަކަރާ ހީލަތުން ކުޅޭ ކުޅިގަނޑު ބަލަން ރައްޔިތުން ބަލަން ތިބެންވީއޯ...

    26
    4
  6. ?ރޮނޑާ

    ޖާބިރު މިހާރު ތިދެއްކީ ދޫކޮއްލައިގެންވާ ވަރުގެ ވާހަކަ އެއްނޫން. ޖާބީރައް ތިހާވަރުގެ އަސަރެއް ކުރާނީ ނަށީދު ދިޔާނާ އައް ލައްކަ ވަރުކުރީމަ. ޖާބިރު ބުނެދީވަލަ ނަޝީދު ދިޔާނާ ގައިގަ ޖެހީ ކިހާ ވަރެއްގެ ބަރު ހަތިޔާރެއްބޭނުން ކޮއްގެންތަ؟ ޖާބިރުގެ ގެ ހިތައް ކެތްނުވާ ވަރައް ތަދުވާއިރު ހީއެއްނުވޭ ދިޔާނާ އައް ކަމެއްވެގެން އުޅޭހެންވެސް. އަނެއްކާ ޖާބިރު ސަރުބަތު ބޮއެގެން މަޖާ ވަނީތަ؟

    36
    1
  7. ?ރޮނޑާ

    ނަޝީދު ބުނީ ރަގަޅު ވާހަކަ އެއް ރާއްޖޭގައި ކޮންމެ އަހަރަކު އެތަކެއް ގާރީން ނާއި ހާފިޒުން ކިޔަވައިގެން ނިކުމޭ. ރާއްޖެ މީހުންނަ މި ވާގޮތަކީ ބޭރުން މީހަކު ގެނެސްފިއްޔާމު ދެކެނީ ވަރައް މޮޅުމީ ހެއްގެ ގޮތުގައި.
    ދިވެހިން އުޚެނީ ދިވެހިބް ދެރަކުރަ ން

    19
    24
  8. ޓިނު ވަގު

    ޖަހާބެރަށް... ފައިސާ ދޭން ނުޖެހޭ އެކަކުވެސް ބޮޑުންގެ ތެރޭގަ ނެތޭ.....

    23
    1
  9. ޖާއްބެ

    ނަޝީދު މިއޮތީ އެކުވެރި ޖާބިރައް ދޯކާ ފީފާ. ދިޔާނާ މާ ރީތިވީީ ލައިލާއަށްވުރެ.

    15
    2
  10. ޖާ

    މީނަ ކިޔާ ނުކިޔާއެއްޗެއްނޭނގޭ އެކަކަށްވެސް އެއްފަހަރު ދައްކާ ވާހަކަ އަކާ އަނެއްފަހަރު ދައްކާ ވާހަކަ ދިމާނުވޭ.ކިޔާ ނުކިޔޭ އެއްޗެއްނޭނގޭ. ބުނޭ ނުބުނޭ އެއްޗެއް ޚޮދު އޭނާއެއްވެސް ނޭނގޭ.ހާދަ ލާރި ގިނަވެގެންނޭ ޖާބިރު މިއުޅެނީ.އެކި މީހުން ޖާބިރުއަށް ދަރާ.

  11. Anonymous

    މިމީހުންގެ ފެންވަރު މިފެންނަނީ. ކަލޭ ބޭނުންކަމެއް ނުވީމަ އަނެއްމީހާ ގޯސްވާ އުސޫލު މިއޮންނަނީ. ދިޔާނާއަށް ތިބިނާ މަގާމު ލިބުނުނަމަ ނަޝީދުވަރުގެ މީހަކު ނުހުންނާނެ. އެވަރުގެ ދީނީ މީހަކުވެސް ނުހުންނާނެ . ތިަކަހަލަ މީހުން ދައްކާ ވާހަކަ ގަބޫލުކުރާނީވެސް ކަލޭހަކަލަ ގަމާރުން.

    12
  12. މަރޭ

    ނަ|ޝީދު ތަޅާލީއުތަ. ވަރަށް ނުލަފާ ސޮރެއް އެއީ ތަޅާކަށް ވަކި މީހެއް ނުބަލާ. ކުރިންވެސް އުޅުނު ތަޅާނެ ކުދިންކޮޅެއް ހޯދަން

    3
    1
  13. އައްޔަ

    ޔްޤީން ޖާބިރު އަދި ވެރިކަން ކުރާނެ

    3
    1