މި ސަރުކާރުން ވެރިކަމަށް ވަޑައިގަތް އިރު ކޯސްޓުގާޑުގެ ގިނަ އުޅަނދުތަކެއް ހުރީ ހަލާކުވެފައި ކަމަށާއި، އެ އުޅަނދުތައް މަރާމާތު ކުރެއްވުުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓުގާޑަށް 40 އަހަރު ފުރުމުގެ މުނާއްސަބަތުގައި ދެއްވި ވީޑިއޯ ހިތާބެއްގައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ ކޯސްޓުގާޑުގެ ހަލާކުވެފައިވާ އުޅަނދުތައް މަރާމާތުކުރުމަށް ބަޖެޓުގައިވެސް ޖަހާފައިވާނެ ކަމަށެވެ.
އަދި އެމިނިސްޓްރީ އިން ދަނީ ކޯސްޓުގާޑުގެ ހިދުމަތްތައް ފުޅާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަހަރުގެ ބަޖެޓުގައި ޖަހައިގެން އަންނަ އަހަރު ކޯސްޓު ގާޑުގެ އުޅަނދުތައް މަރާމާތު ކުރުމަށް ވާނީ ނިންމާފައި. އަޅުގަނޑުމެން ވެރިކަމަށް އައި އިރު ކޯސްޓުގާޑުގެ ވަރަށް ގިނަ އުޅަނދުތަކެއް ހުރީ ހަލާކުވެފައެވެ. އެ އުޅަނދުތައް އަލުން މަރާމާތުކޮށް ހިދުމަތް ފުޅާކުރުމަކީ އެންމެ ބޮޑު އެއް މަގުސަދު" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކަނޑުމައްޗަށް ގަދަ ދުވަސްވަރުގައި ނިކުމެ އުޅުމުގައި އެންމެހާ ރައްޔިތުންވެސް ރައްކާތެރިކޮށް ދަތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ކުޑކުދިން ބައިވެރި ނުކުރުމަށާއި، ދުއްވާއިރު ވީހައިވެސް ރައްކާތެރި އުޅަނދުތަކުގައި ދަތުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ދާދި ފަހުން ކުޑަކުދިންތަކެއް ގޮވައިގެން ނިކުމެ އުޅުނު ޑިންގީއެއް ވީނުވީއެއް ނޭންގި ގެއްލުމާއި ގުޅިގެންނެވެ. އެ ޑިންގީ ފަހުން ވަނީ ފެނިފައެވެ. އެ ޑިންގީ ފެނުނުއިރު، އޭގެން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފައެވެ.
ކޮންމެ އުޅަންދަޖީވެސް މަރާމާތުކުރަންޖެހޭއެއްޗެއް
އއއ އިންޑިޔަ ގަތު އެހިމަ ގިނަ ކޮ އްްދެން ހެންހިވަނި
ސާބަހޭ މެގަމޯޑިވްސް އަމިއްލަ ކުރި ގޮތަށް ތި އުޅަނދުތައް ވެސް ނީލަންކިޔަ އަމިއްލަ ކޮއްލާތި
ހާސަރު ނުދަމާ ކޯސްޓްގާޑް ހުރިހާ އުޅަނދެ އެހެލާފަ ދެން ތިގެންނަން އުޅޭ. އިންޑިޔާ ސިފަ އިންގެނެސް އަޅާލާ..މަރާމާތްކުރަން ނުޖެހޭނެ ވެހިކަލެ އުޅަނދެ އިމާރާތެ ހުންނާނެބާ...މާރިޔާމެން ރމަ އުމޫނު ރަ އީސް އޮފީހުގަ ރަން ފާޙާނާތަ އްޓެ އެބަހު އްޓޭކިޔާ އޭރުގަ އަޑު އެރުވީ..ކޮބާ ރަންފާހާނާތަށި..ތީމުގެ ދަ އުލަތުގެ މިލްކި އްޔާތެ ހަ އިސެކުރިޓީތަނެ އާ އްމުނަށް ހުޅުވާލާ އެތަން މާރުކޭޓަކަށްހެދީ..ރމަ އުމޫނު ދު އްވަންގެންގުޅުނު އަރުމާޒު އެކަނި ވި އްކާފަ ދަ އުލަތް ހިންގިދާނެޔޭކި އީ..ކޮބާ އަރުމާޒު...އަޅު މާރިޔާ ދިވެހިން އަޅުންނަ ހަދަ އިފި...
ތިވެސް ތިހުރީ މަރާމާތު ކުރަން ޖެހިފައި
ކަލޭ އެމްއެންޑީއެފް ބަޖެޓް ދަވާލާތި
އިންޑިއާގެ ހެލިކޮޕްޓަރ އެކަނި 2019 ގައި ބޭނުންކުރީ..ހުރިހާ ދަތުރަކަށް..ދެން ކޯސްޓްގަރޑް ގެ ބޭނުމެއް ނުޖެހޭނެ އެންނު..1 އަހަރު ވީމާ އުޅަނދުތަށް ހ
ޙަލާކުވެ މަރާމާތު ދޯ ކުރަންޖެހޭނީ..
ތިޔަ ވިދާޅުވާނީ 2020 ވަނައަހަރުގެެ ބަޖެޓުން ކޯސްޓުގާޑު އުޅަނދުފަހަރު މަރާމާތުކުރުން ނޫންކަމެއް ނުވާނެއޭތޯ؟
އާއެއްޗެހި ގެނެސް ބަލާށެވެ. ކަޓައް ނުވިސްނާށެވެ.
ދެން ކޯސްޓްގާރޑްގަ މާރިޔާ ނަގައިގެން ދުއްވަބަލަ
ކޯސްޓްގާޑު އުޅަނދުތައް އަދިވެސް މަރާމާތުކުރަން ޖެހެނީ ސޯލިހަކާނޫން ޔާމީނައްތަ؟
މިސަރުކާރު އައިއިރު ރައީސް އޮފީހުންވެސް ވާރޭހިޔާނުވޭ އުތަ ލަދުނުގަންނާތީ ހައިރާންވޭ!
އުޅަނދުފަހަރުގެ މައުލޫމާތުނުހުންނަންޏާ ތިމާގެ ދާއިރާއައް (ތެލިދޮންނަން) ދޭބަލަ!
ބަލަ ދެން ކުރީމަ ނިމުނީނު! ކަލޭނު ތިޔާ ހަވާލުވެ ތިޔަ ހުރީ. މަމެން ކިޔެއް ކުރާނީ؟
އެހެން ރައްޔިތުން ފެލަން ފަށަންވީ ދޯ
އާ އަހަރާދިމާކޮށް އެ އްޗެ އްނުލިޔާނަމޭހިތާހުރީ ނަމަވެސް މާރިޔާ އެވެ. ބޭނުންކުރިޔަސްނުކުރިޔަސް އުފަށްދަވާފަވާ އަދި އުފެ އްދި އެ އްޗަކީވެސް ދުވަސް ވާވަރަކަށް ބަދަލު އަންނާނެ އެ އްޗެ އްކަން އަމި އްލަ ނަފްސަށް ބަލާލިޔަސް ހާމަނުވޭތޯ؟ ވީމާ ތިޔަމަގާމުގެ ޒިންމާ އަކީ 1 އަހަރުވެގެންދިޔަ އިރު ކުރީސަރުކާރުކުރީސަރުކާރު މިހެންކިޔާލަކިޔާލާ ހުރުންތޯ؟ ވޯޓުދިނީ ޒިންމާ އަދާކުރުވަން އަނގަތަޅާކަށްނޫން ވާނުވާގަހުންނާކަށެ އްނޫން
މި އީ ދުނިޔެ އަށް ހާމަކުރަން ހަމަ އެންމެ ރަންގަޅު މައުލޫމާތެ އްބާ؟ ދެވަނަބޮޑުހަނގުރާމާގެ ދުވަސްވަރު އުޅުނު މީހުން ގެގުޅުނު ކަނޑި ބަޑިގެ ހާލަތު ހުރިގޮތް ހާމަނުކުރީކީތްވެބާ ؟ ޖަޒީރާވެގެން ގޮސް މިދަނީ ދެވަނަ ބޮޑު ހަނގުރާމާގެ ދުވަސްވަރުގެވެސް ފަހަތަ އް. ނަސީބު ގަޔަ ލާގެން ހުންނަހެދުން ބާލާފަ އެއްލާނުލާކަން. ތިމަތިމާ މެންވަރު ބަޔަކު ނެތިގެން އުޅެންވީމަ ވާނެ ހަ އެތިމިވަނީ.
ކޯސްޓް ގާޑަށްވެސް ފައިން އެރުއްވީތޯ! އެހެންވިއްޔާ ދެން މަރާމާތުނުކޮށް ފަރަކުނުޖެހޭނެ!
ކޯސްޓުގާރޑު ތިޔަހާބަލއްޔާ ރިޔާނަގައިގެންނާއި ފަލިޖަހައިގެން ބޭނުންކުރަން ވީނު ޖަޒީރާވަންތަވެސް ވާނެ ގައިމު ކަމަނަގެބޯ ކޮބާ ހިތަށްއެރިހާ ގޮތަކަށްް ގައުމުގެ ސަލާމަތާ ތިޔަބެހެނީ....
މިއީ ޑިފެންސް މިނިސްޓަރަކު ވިދާޅުވާންޖެހޭ ވާހަކަފުޅެއްބާ؟ދުއްވާ އުޅަނދު ބާވާނެ .އޮފީސް ކޮޓަރި އަށް ބަދަލު އަންނަނެ . އިށީންނަ ގޮނޑި ހަލާކުވާނެ . އެއީ ނޫސްވެރިންގެ ބައްދަލު ވުމެއްގަ ނުވަތަ މީޑިޔާ އާ ހިއްސާކުރަންޖެހޭކަމެއްނޫން ، ވަކި މުއްދަތަކަށް އިންޖީނު ހިންގިއްޖެ ނަމަ އޯވަރހޯލް ކުރަންޖެހޭނެ ކަން ކުޑަކުއްޖާވެސް ދަނޭ ބަލީގެ ބޭސް ހުސްވެއްޖެނަމަ ޑޮކްޓަރު ގާތަށް ގޮސް އަލުންބޭސް ސިޓީލިޔެގެން ބޭސް ނަގަންޖެހޭކަން ނޭގެނީކާކަށް. އުޅަނދު މަރާމާތު ކުރަންޖެހޭނަމަ ޕާޓިސަރުކާރު ،ޕާޓީ މަޖިލިސް ޕާޓީ ފިނޭންސް މިނިސްޓަރު ޕާޓީ ޑިފެންސް މިނިސްޓަރު މިކަން ކުރިޔަ ނުދި ހުއްޓުވާނީ ކާކު ؟ ޕާޓީ ސަރުކާރަށް އަހަރު ވެއްޖެ 32 ބިލިއަނާ 1.7 ބިލިއަންގެ ބަޖެޓް ހުސްވެއްޖެ. ނުކުރެވުނީ ކީއްވެ؟ މިކަމުން އެގެނީ މަގާމަށް އެކަށީގެން ނުވާކަން.
މިނިސްޓަރުކަން ލިބުނީމަ ބޭކާރު އަނގަ ނުތަޅައި ތިކަން ރަނގަޅުކުރިއްޔާމުން ރައްޔިތުންނަށް ފައިދާއެއް ކުރާނެ..
ހަޔާތް ކުޑަ އަންހެނެއް މީ އެމެރިކާއިން ސެޓްފިކެޓް ގަނޑެއް ލިބުނީމަ މީނަ ހީކުރީ ރާއްޖޭގަ ހުދުމުހުތާރުކަން ފެތުރިދާނެޔޭ...