ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ އެއް ގައުމުކަމަށްވާ، ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުން އައުޓްޑޯ ކެމްޕޭނެެއްް ފަށައިފިއެވެ.

މި ކެމްޕޭން ކުރިއަށް ދަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި އާއި، ގުއަންޒޯ އަދި ޝަންހާއީގައެވެ. މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް ޗައިނާ ފަތުުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެއެވެ.

އެގޮތުން ބެއިޖިންގެ އެންމެ ބޮޑެތި އޮފީސް ޢިމާރާތްތަކުގައި ހިމެނޭ ދެހާސް ލެޑް ސްކްރީންތަކާއި ގުއަންގްޒޯގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ބޮޑެތި ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯ އިޝްތިހާރުތައް މި ކެމްޕެއިންގެ ދަށުން ދައްކަމުން ދާނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.

އަދި ޝަންހާއިގެ އެންމެ ބާރުބޮޑު އަދި ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ގައި ބެހެއްޓިފައިވާ ހަތް ލެޑް ސްކްރިންއެއްގައި، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދެ ފެއާއެއްގައި ބައިވެރިވުމާއި، ދެ ރޯޑް ޝޯވ ބޭއްވުމާއި، މިީޑިއާ އަދި ސެލެބްރިޓީ ފެމަލިއަރައިޒޭޝަން ޓްރިޕް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތައްވެސް ކުރިއަށްދާނެ އެވެ.

ޗައިނާއިން މިދިޔަ އަހަރު ރާއްޖެއަށް 234,372 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ

    ޗައިނާގެ ބޮުޑުތިންސިޓީއައް ނަޝީދު ފޮނުވީމަ އިޝްތިހާރު މާރަގަޅައްވާނެ އެގައުމުގެ އެމްބެސެޑާރް ދެމީހުން ތިބޭނެ ޓުވިޓްކޮއްލަކޮއްލާ މިހާރުއެއްމެ ކާމިޔާބްއެއްޗަކީ ޓުވިޓާރް ދެންދަރަނި އަރަނި ފޮނުވަނީދެކޮޅުން އިންޑިއާއިން ވެސްބަލާނެއެ ވީމަދެގައުމުގަވެސްއިޝްތިހާރުވީ ކުޑަފިނިހިއްޕެވުމަކުން ހަރަދުވެސްކުޑަވާނެ