ދެކުނު ރަށެއްގައި ކުއްޖަކު ރޭޕްކުރި މައްސަަލަ ފަޅާއެރުމާއެކު އެކުއްޖާގެ ބައްޕަ މާލެ އައިސްފިއެވެ.

އެކުއްޖާގެ ބައްޕަ އަކީވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ މީހެކެވެ. ދެން މި މައްސަލައިގައި ތުހުމަތުކުރެވެނީ އެކުއްޖާގެ ކާފަ އަދި މުނިކާފަ އަށެވެ.

ދެ އަހަރު ނުވާ އަންހެންކުއްޖާ ރޭޕްކުރި މައްސަލަ ރިޕޯޓްކުރުމުުން އެކުއްޖާގެ ބައްޕަ ފިލާފައިވާކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް "ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެކުއްޖާގެ ބައްޕަ މިހާރު ހުރީ ހުޅުމާލޭގައެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ފުލުހުން ވަނީ އެކުއްޖާގެ ކާފައާއި މުނި ކާފަ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.