ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އދ.ގެ އާއްމު މަޖިލީހުގައި ތަޤުރީރު ކުރައްވަން ކުރެއްވި ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ޚަރަދުވިކަން ރައީސް އޮފީހުން ކަށަވަރު ކޮށްދީފިއެވެ.
ރައީސް އޮފީހުން މިކަން ކަށަވަރު ކޮށްދިނީ އެދަތުރުފުޅުގެ މައުލޫމާތު ސާފުކުރަން އާއްމު ފަރާތަކުން ރައީސް އޮފީހުގައި އެދުމުން އެމައުލޫމާތު ފޯރުކޮށްދިނުން ލަސްކުރުމަށް ފަހުއެވެ.
މިއަދު ރައީސް އޮފީހުން ސާފުކޮށްދިން މައުލޫމާތުތައް ބުނާ ގޮތުން ސެޕްޓެމްބަރު 21 އިން 30 ގެ ނިޔަލަށް ރައީސް އެމެރިކާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް 2،057،536،86 ރުފިޔާ ހަރަދުވިއެވެ. ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ދަތުރުކުރެއްވީ ބިޒްނަސް ކްލާހުގައެވެ.
ރައީސް އާއި، އެމަނިކުފާނުގެ ވަފުދު އެމެރިކާގައި ތިއްބެވުމުގެ ޚަރަދާއި ފަރިއްކޮޅުގެ ހަރަދަށް 1،855،388.2 ރުފިޔާ ހަރަދުކުރެއްވިއެވެ. ޕޮކެޓު މަނީގެ ގޮތުގައި 141،595 ރުފިޔާ ވަނީ ހަރަދުކުރެވިފައެވެ. އަދި ފޮށި ބަރުވުމުން އެކްސެސް ބެގެޖަށް 6،168 ރުފިޔާ ހަރަދު ކުރިކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.
އިންސިޑެންޝަލް އަށް 98،652.04 ރުފިޔާ ހަރަދު ކުރިއިރު މި ދަތުރުފުޅުގައި ބައިވެރިވި ވިލާ ސްކޫލުގެ ދަރިވަރު ވިސާ ހޯދުމަށް ލަންކާއަށް ކުރި ދަތުރަށް 12،492 ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިދަތުރުފުޅަށް ޖުމްލަ ހަރަދުވީ 4،171،823.42 ރުފިޔާއެވެ.
މި މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދިނީ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ މުއްދަތުގައި އެމައުލޫމާތު ފޯރުކޮށް ނުދިނުމުން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުންނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސްގެ ދަތުރުފުޅުގެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހަށް އަންގާފައެވެ.
5 މިލިޔަނަކަށްވެސް ނަރައެއްނު . ސަޅި ދޯ ރައީސް މީޙާ !
މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް!! މިކަން ޖޯކަކަށް ނަގައިގެން ނުވާނެ!! މިއީ ސީރިއަސް ކަމާއެކު ދައްކަންޖެހޭ ރަގަނޅުކުރަންޖެހޭ ކަމެއް!! ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާ މިހިރީ ނަހަމަގޮތުގައި ޚަރަދުކޮށްފައި!! ރައިސް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ކުރަންވާނެ!! މީގެން މިއެނގިގެން ދިޔައީ ރައިސް ދަތުރުފުޅުގެ ހުރިހާ ބައިވެރިން ބިޒިނަސް ކުލާހުން ދަތުރުކުރުމާއި ޕްކެޓްމަނީ އާއި ހުރުމާއި ކެއުން ދިޔަގޮތް!! ހަމަ ހައިރާންވޭ!! މިގޮތަށް ކިހާ ޚަރަދެއްތޯ މިކުރަނީ؟ ފައިސާ ތަޅާ ހުސް މިކުރަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި!! ރައްޔިތުންގެ ފައިސާ ތަޅާ ހުސްނުކުރޭ!! ޒިންމާދާރުވޭ!!
މިކަހަލަ އެތައް ޚަރަދެއްކޮށްގެން ބަޖެޓް ހަފްސްއަރރުވާލީ
ތަރައްގީގެ ބާނީ އދ. ނުދަނީ މިހެންވެ. ގައުމަށް ލާރިއެއްވައްދަން ނޭނގޭބަޔަކު ރައްޔިތުން ފެލައިގެން ނަގާ ޓެކްސްފައިސާއިން އެކްސެސް ބެގޭޖާ އިސިޑެންޝަލްއާ ޕޮކެޓްމަނީ... ރައްޔިތުންޖީބު ފެލައިގެން އަމިއްލަޖީބު ބޮޑުކުރަނީ...
ހަމަމިހާރުން މިހާރަ އިސްތިއުފާ
އެހެންވެ ބުނެވޭނީ ރާޢިސް ޔާމީން ހައްދަވަނީ ތަނގަޅަށޭ ، އެޖަލްސާއަށް އެމެރިކާއަށް ވަޑާއެއް ނުގަންނަވާ.އެއީ ބޭކާރު ދަތުރުތަކެއް ، ހުރިހައި ފައިދާއެއް އެމެރިކާއާއި ދަތުރު ކުރި އެއާލައިންއަށް..
ޔާމީނު އޮޅުވާލާ މަކަރު ހެދީ
ދެން ބުނޭ ކުރީސަރުކާރުން އދ. މަޖިލީހުގެ ބައްދަލުވުމަށް ނުދިޔާމައޭ މިހާ ހަރަދު ބޮޑުވީ.
ރަގަޅު ވާހަކައެއް. ކުރީސަރުކާރު ކުރީސަރުކާރު
0 ޓޮލަރެންސްގައި ރައްޔިތުންގެ ލާރި ކަނީ
މިއީތަ ކަލޭމެން ތިގެންނަން އައި ތަރައްގީއަކީ، ދައުލަތް ދަވާ ހުސްކުރުންދޯ ސާބަސް ކަލޭނޭ ވާވާ ސާބަސް ހަމަ އައްސަރިބަސް
އޭ ބޭބޭ ތި ލާރި ކޮޅުން ކުޑަކުދިންގެ ހިޔާ ނުވަތަ ފިޔަވަތި އަޕް ގްރޭޑް ކޮށް ހިދުމަތް ރަގަޅު ކުރިނަމަ ބިނާ ކުރަނިވި ކަން ތަކަށް ލާރި ހަރަދު ކޮށްބަލަ ތިކުރެވެނީ ފަނާ
ގަދަކަލޭ! ތަރައްޤީ ޖަޒީރާ ވަންތަ ކަމާއެކު.
ޒީރޯ ޓޮލެރެންސްގެ ދަށުން މުޅި ދައުލަތުގެ އާމްދަނީ ހަރަދުކުރަން ހަމަ ޖެހިފަ އޮތީ ޝާހިދު އަދި އިބޫ ސޯލިހުގެ ދަތުރުފުޅުތަކަށެވެ.
ތި ރުފިއާއިން ރައްޔިތުންނައް އެއްވެސްފައިދާއެއްވިތަ؟؟؟4މިލިޔަނުން 1މިލިޔަންވެސް ލިބުންތަ ނޫނީ އެމެ ރިކާ ސަ ރުކާ ރުން ހަ ރަދުކު ރިނަމަ ..އިސްތިއުފާ އިސްތިއުފާ.
4.1 މިޔަން ރުފިޔާ!!!! ސުބުހާނަﷲ. ހެޔޮނުވާނެ އަޅުގަނޑުމެން ފަދަ ނިކަމެތި ރައްޔިތުން ޓެކްސް ދައްކައިގެން ދައުލަތަށް ލިބޭ އާމްދަނީ ގުރޫޕް ހަދައިގެން އެމެރިކާއަށް ޕިކުނިކް ދިޔައީމަ ވަރަށް ހިތްދަތި ވޭ އަހަރުމެން. މިހާރުވެސް 02 މަހުގެ ކަރަންޓް ބިލް 03 މަހުގެ ފެން ބިލް އެބައޮތް ނުދައްކާ އަނެއްކާ 01 މަހުގެ ގޭ ކުލި ނުދައްކާ އެބަ އޮތް. މި ޖެނުއަރީން ފެށިގެން އަޅުގަނޑު ކުއްޔަށް ހިފައިގެން މި އުޅޭ 01 ކޮޓަރި( ފާހާނަ އާއި އެކު ކައްކާ ކެވޭ ގޮތަށް) ދައްކަމުން އައީ 8500ރ އެކަމަކު މިހާރު 10000ރ އަށް ބޮޑު ކޮއްފި ޖެނުއަރީން ފެށިގެން. ނިދނަީ ކުދިންނާއި އެކު އެއްކޮޓަރީގައި. 18 ދަށުގެ 03 ކުދިން އެކަނި. މީ އަދި އަޅުގަނޑުގެ ޙާލު ކޮބާ އެހެން މީހުންގެ ހާލަކީ. އެކަމަކު ރައީސް މީހާ އަހަރުމެންގެ ލަރީގައި އިސްރަފް ކުރުމުގައި ކުޅިވަރުގައި. އެހެން ވީމާ ހިތްދަތިވެސްވާނެ ްައަސަރު ވެސް ކުރާނެ.
4.1 މިޔަން ރުފިޔާ!!!! ސުބުހާނަﷲ. ހެޔޮނުވާނެ އަޅުގަނޑުމެން ފަދަ ނިކަމެތި ރައްޔިތުން ޓެކްސް ދައްކައިގެން ދައުލަތަށް ލިބޭ އާމްދަނީ ގުރޫޕް ހަދައިގެން އެމެރިކާއަށް ޕިކުނިކް ދިޔައީމަ ވަރަށް ހިތްދަތި ވޭ އަހަރުމެން. މިހާރުވެސް 02 މަހުގެ ކަރަންޓް ބިލް 03 މަހުގެ ފެން ބިލް އެބައޮތް ނުދައްކާ އަނެއްކާ 01 މަހުގެ ގޭ ކުލި ނުދައްކާ އެބަ އޮތް. މި ޖެނުއަރީން ފެށިގެން އަޅުގަނޑު ކުއްޔަށް ހިފައިގެން މި އުޅޭ 01 ކޮޓަރި( ފާހާނަ އާއި އެކު ކައްކާ ކެވޭ ގޮތަށް) ދައްކަމުން އައީ 8500ރ އެކަމަކު މިހާރު 10000ރ އަށް ބޮޑު ކޮއްފި ޖެނުއަރީން ފެށިގެން. ނިދނަީ ކުދިންނާއި އެކު އެއްކޮޓަރީގައި. 18 ދަށުގެ 03 ކުދިން އެކަނި. މީ އަދި އަޅުގަނޑުގެ ޙާލު ކޮބާ އެހެން މީހުންގެ ހާލަކީ. އެކަމަކު ރައީސް މީހާ އަހަރުމެންގެ ލަރީގައި އިސްރަފް ކުރުމުގައި ކުޅިވަރުގައި. އެހެން ވީމާ ހިތްދަތިވެސްވާނެއަސަރު ވެސް ކުރާނެ
0 ޓޮލެރެންސް
އެމްޑީޕީ އަކީ އަބަދުވެސް ކަންދައްކަން ކަންކުރާ ސަރުކާރެއް. ޖަލްސާއަކަށް ދިޔަޔަސް ދާނީ މުޅި އެމްޑީޕީ ގާފިލާ ގޮވައިގެން. ކޮބާ ކުރީ ސަރުކާރަށް ކީ ހުރިހާ އެއްޗެއް ތިއެމްޑީޕީ މީހުންނާތިއޮތީ ދިމާވެފަ.
ދައުލަތުގެ ލާރި ބޭނުމެއް ނުކުރަމޯ.. ދެން އަމިއްލަ ލާރިންތަ ތިވަރު ހަރަދު ކުރީ
ޙަބަޖެޓްފަސްކުރިއަސް އޯކޭ ލިބުނުފުރުސަތުގެ ބޭނުން އެއްމެރަގަޅައްހިފި ރައީސަކައްވާނެ އަދިމުޅި ސަރުކާރު ރައްޔިތުން ބަނޑައް ހޭބޯނާރާ 2 ބަޖެޓްހުސްކޮއްފި ދަތުރުކޮއް އެޖެންޑާ19 ރައްޔިތުންނައް ނާނާހުވަފެނުގަ ދައްކާފަ ކުރެވުނުކަމެއްނެއް 2 އަހަރުވާއިރު
ނަންވާނީ ޔާމީން އަދިވެސް. ވޯޓްދިން ކުދިން އަތްޖަހާ
އަހަރުމެންނަކައް ދެން ތިއެއް ނޭނގެ.... ތިއެއް އިނގޭނީ ހަމަ ކަލެޔަށް.... އިނގޭހާވެސް އެއްޗަކީ ވެރިކަމުން ފައިބަންވާއިރަށް ދައުލަތުގެ ބަޖެޓުން ލާރިގަނޑެއް ބަނޑު އަޅާލާނެކަން.....
އެހާހިތްތިރި ބޭފުޅަކު ކަނޑުބޯޓެއްގަ ދަތުރު ނުކުރީ ކީއްވެބާ. ބަހާދަރު ކަހަލަ ބޯޓަކުން 100 ވަރަކަށް މީހުންގެ ވަފުދެއް ގޮވައިގެން ދިޔަނަމަވެސް ލައްކައެއްއާ ރުފިޔާއިން ދެވުނީސް. ހިތްތިރިވަނީ އިންތިހާބު ކައިރިވީމަތާދޯ؟
ރައީސުލް ޖުމްހޫރިއްޔާއަށާއި އަރިސް މީހުންނައް އެއް މިލިޔަން ރުފިޔާގެ ފަރީއްކޮޅު އަރުވާކައް ޓެކުސްލާރި ދައްކާ ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ. އަނގަޔާ އަތާ ދިމާ ނުވެތިބެ ޓެކުސް ލާރި ދެއްކީމަ މި މީހުންގޮސް ރަނުގެ އަގުގަ ސައިބޮއެ ހަދާ ހޮޓަލުގަ ނިފާ ބިޒްބަސް ކުލާހުގަ ދަތުރުކުރަނީ. ވެރިކަމައް ގެނެސް ހަވާލުކުރެވުުނު މަސައްކަތުން އަދި މިހާތާކައް ރައްޔިތުމީހާގެ ޖީބައް އިތުރު ފައިސާ ފޮއްޗެއް ވަންނާނެ ކޮންކަމެއްތޯ ކުރެވުނީ. އިތުރު ލާރިޔެއް ނުދެވުނު އިރު އިތުރައް ޓެކުސް ނަގާގޮތައް މިހެދުނީ.
އަމިއްލަ ޖީބުން ހަރަދު ކޮށްގެން ދޭބަލަ އަހަރެމެންނަށް ވި ފައިދާއެއް އެބައޮތްތަ،،،، ރައްޔިތުން ފެލާލާފަ އެލާރިން މިމީހުން މަޖާ ނަގަނީ
ދެން އަލުފުދާލައް ގޮސް ފޮޓޯއެއް ނަގާލާފަ ކާލާފަ ބިޒްނަސް ކުލާހުގަ ހުރެލާފައައީމަ ދިވެހީންނައް ކޮންފައިދާއެއްތަކުރަނީ.
ކޮބާ މީގެ މައްސަލައަކީ ؟ ގައުމުގެ ރައީސް ގައުމު ތަމްސީލުކުރުމަށް ކުރައްވާ ރަސްމީ ދަތުރުފުޅު ތަކާއި އަރިހުގައި ގެންދަވާ ވަފުދުގެ ޚަރަދު ކުރަންޖެހެނީ ދެންކޮންތަނަކުންބާ ؟؟ އދ.ގެ މަރުކަޒު ލަންކާ ނޫނީ ވިލިނގިލީގައި ހުންނަ ނަމަ މިޚަރަދު މިއައްވުރެން ކުޑަކުރެވުނީސް. މިހުރިހާ ކަމެއް ރައްޔިތުންނަށް ބެލި، އެނގޭ ގޮތްވުމަކީ މިގައުމަށް އާކަމެއް. އެކަމަކު ޑިމޮކްރަސީ އާއި ޓްރާންސްޕޭރެންސީގެ އަސާސެއް.
ލަދެއް ޙަޔާތެއް ހުރި ބަޔަކަށް ނުކެރޭނެ ނިކަމެތި ރައްޔިތުންގެ ފައިސާއިން އެމީހުންގެ އެކްސަސް ލަގެޖްތަކަށް ފައިސާ ދައްކަން... މިއީ ރައްޔިތުންގެ ކަންކަށިމަތީ ތަފާލެއް ޖެހުން ފަދަ ކަމެއް. މި ކޮމެންޓް ޖަހާ ދެއްވާ!!
އެބައި ކަވާރ ކޮށްލާނެ ޕޮލިހުން ސިޓިކާ ޖަހާލީމަ
ލަގެޖު ބަރުވެގެން ރައްޔިތުމީހާ އެފައިސާ ދައްކާކައްނުޖެހޭނެ ތީވަރައްބޮޑުގޯހެއް ރައްޔިތުމޅހާ ލަގެޖު ބަރުވިމަ އިބޫސޯލިހު އެއް ރުފިޔާ އެއްވެސް ނުދައްކާނެ ތިހިރީ 000 ޓޮލެރެންސުގަ ޖެހިފަ
ސިންގަޕޫރުގެ ބޮޑުވަޒޫރު ދަތުރުކުރައްވަނީވެސް އެސްކިއުގަ ތަފާތަކީ އަމިއްލަގައުމުގެ ފްލައިތައްވިޔަސް ބިޒްނަސްކްލާހުން ބުވަތަ ފަސްޓްކުލާގުންދަތުރުކުރަނީ ބޮޑުވަޒީރު އަދި ސެކުރިޓީމީހަކު އެކަބި ދެންތިބިމީހުންތިބެނީ އިކޮނަމީކޮލާގުގަ.
500 ސިވިލް ސަރވަންޓުންގެ މުސާރަ.
އަސްލުމައްސަލައަކީ ކޮބާ؟! ރައީސްގެ ކެއުންބުއިންވެސް ތަފަތުވާނެ އަހަރެމެންނާއި! އެއީމިގަވްމުގެ ރައީސްއޭ! ރައީސްގެދަތުރުފުޅުތައް ހުންނާނީ ވަކިލެވެލްއެއްގައި! ސިކިއުރިޓީން- ވެސް ރައީސްއާއިއެކު ދަތުރުކުރާނެ! ހުންނަވާނީވެސް ވަކިލެވެލްއެއްގެ ތަނެއްގައި؟! ވީމައި އެވަރުބޮޑެއްނޫން! ދިވެހިންނަށް ކަމުދާއެއްގޮތެއްވެސް ނޯންނާނެ!
ކަލެޔަށް ކަލޭ ހޮވިމީހާވީމަ މައްސަލަ ނުފެނިދާނެ. މިހެން ރައްޔިތުންގެ ލާރި ވަކިމީހަކު ތަޅާބުރުވާފަ، ނުފުދުނީމަ ލޯނުނަގާފަ ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވަނީ. އެއއީ މައްސަލަޔަކީ.
ބަލަ މާކަމުގޮސްގެން ހޮވިފަ ހުރި މީހެއް ނޫނޭ އެއީ. ބޮޑު ވޯޓް ވަގެއް
ނެގިޓިކެޓުގެ ތަފްސީލު ބެލިނަމަ އިތުރަށް ބޭލުނީސް. އަނބިދަރިންނާ ރައްޓެހިންނާއެކު ޔޫއެސްގަ ހޮލިޑޭ ހަދާލީ ރައްޔިތުންގެ ޚަރަދުގަ
އެމްޑީޕީ މީހުނަށް މިސަރުކާރުވީމަ މިވެސް އޯކޭ؟
ލަގެޖް ބަރުވީމަ ދައްކަންޖެހުނީ މާލެއިން އެމެރިކާއައް ޗިޗަންޑާގެންދަންޖެހުނީމަތަ ރައްޔިތުންގެ ލާރިއިން ހަދިޔާ ގެންނާނެ ދިޔަކޮއްމެބަޔަކުއްވެސް އެވެސްވާނީހައްގުމިންވަރު މީގެފަހުން ވައިގެމަގުން ދަތުރުކުރާ ދިވެހިކޮއްމެ ރައްޔިތަކައް ލަގެޖް އައްދަކަންޖެހޭނީ ރައީސްއޮފީހުން ނޫނީއާސަންދައިން ރައްޔިތުންގެ ލާރިތަޅާ ބާލަނީ ބޭރުގައުމުތަކައް ޒުވާނުންގެ ލާރިކޮޅު އިސްޓިކާޖަހާފަ ބަޖެޓައްވައްދަނީ ކޮފީގަތިއްބާ