މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.
00:12
Coronavirus Jehumun Aailaa In Ves Kanthah Kuranee Laainsaaniyyathkohhttps://t.co/F7a9EVxIE1
— Vaguthu Online (@VaguthuOnline) January 29, 2020
00:04
ކޮރޯނާވައިރަސްގެ ޕީކް އަންނަނީ ކޮންއިރަކުންކަން ބުނަން ނޭނގޭނެ ކަމަށް ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ.މައިކަލް ރަޔަން ވިދާޅުވެއްޖެ.
ރަޔަން ވިދާޅުވީ މިހާރު ސަމާލުކަން ދޭންވީ ވައިރަސްގެ ޕީކް އަންނާނެ ދުވަހަށް ނޫންކަމަށާއި މިހާރު ސަމާލުކަން ދޭންވީ ވައިރަސް ކޮންޓްރޯލް ކުރަން ކުރެވެން ހުރި ކަންތައްތަކަކަށް ކަމަށް.
ބައެއް ސައިންސްވެރިން ވިދާޅުވެފައި ވަނީ ވައިރަސްގެ ޕީކް އަށް ދިއުމަށްފަހު ދެން ހަފްތާއަކާއި 10 ދުވަހާއި ދެމެދުގެ ތެރޭގައި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލް ވެގެންދާނެ ކަމަށް.
23:55
ކަނޑުހުޅުދޫގައި ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންނަށް އެހީތެރިވި ފެނަކަ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފިއެވެ.
BREAKING NEWS: Rape Case Ge Mauloomaath Genesdheyn Eheetherivi Muvvazafu Vazeefaa In Vakikohfihttps://t.co/xSVCPw66u0
— Vaguthu Online (@VaguthuOnline) January 29, 2020
23:31
ޓްރަމްޕް އިއުލާން ކުރި އެއްބަސްވުމާއި ދެކޮޅަށް ހުޅަނގު އައްސޭރީގައި ވަރުގަދައަށް މުޒާހަރާ ކުރަމުން ގެންދާތީ ހުޅަނގު އައްސޭރިއަށް އިސްރާއީލްގެ އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފި.
23:19
ކޮރޯނާވައިރަސް އާއި ގުޅިގެން މުޅި ދުނިޔެއަށް އެމަޖެންސީ އިއުލާން ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލުން މާދަމާ އަނެއްކާވެސް ބައްދަލުވުމެއް ބާއްވަން ނިންމައިފި. މިއީ ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލުން ހަފްތާއެއްގެ ތެރޭގައި މިފަދަ ބައްދަލުވުމެއް ބާއްވާ ތިންވަނަ ފަހަރު.
23:17
ރ.އަތޮޅު ފައިނުން މިރޭ ކަރަންޓް ކެނޑުނުތާ ގަޑިއެއްހާ އިރަށްވުރެ ވެސް ގިނައިރު ވީއިރު އަދިވެސް ކަރަންޓް ނުލިބި، ރައްޔިތުން ކަނުއަނދިރީގައި ވަގުތު ހޭދަކުރަމުން އެބަގެންދެއެވެ.
BREAKING NEWS: Fainu Kanu Andhireegaihttps://t.co/nSDunKG9sy
— Vaguthu Online (@VaguthuOnline) January 29, 2020
22:52
Pedal Board Eh Gai Hinmafuttah Dhaan Ulhunu Fathuruveriyaku Hifahahtaifihttps://t.co/DuzO5G8QVt
— Vaguthu Online (@VaguthuOnline) January 29, 2020
22:51
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ޕީޕީއެމް އޮފީސް ދޮރުމަތީގައި އަޑުއުފުލަމުން އެބަގެންދޭ.
21:57
BREAKING NEWS: Finland In Coronavirus Fenijjehttps://t.co/A7K4AARHCB
— Vaguthu Online (@VaguthuOnline) January 29, 2020
21:41
އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ޝަރީޢަތް ނިމެން ހައަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އިސްރާއީލްގެ އޮފިޝަލުން ބުނެފި. މިމައްސަލަތަކުގެ ޝަރީޢަތް ކުރިއަށްދާއިރު ވެސް ބޮޑުވަޒީރު ކަމުގައި ހުންނަން ނަތަންޔާހޫ އަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް.
21:38
ޖަރުމަންވިލާތުގެ ލުތުފަންސާ އެއާލައިން އިން ޗައިނާ އަށް ދަތުރުކުރުން ހުއްޓާލައިފި. އެއާލައިން އިން ދަތުރުތައް ހުއްޓާލާފައި ވަނީ ފެބްރުއަރީ 09 ވަނަ ދުވަހާއި ހަމައަށް.
21:37
އެމެރިކާ އިން މިހާރުވެސް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 165 މީހެއްގެ ހާލަތު ބަލަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ.
މިހާތަނަށް އެމެރިކާ އިން ފަސް މީހަކު ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްފެފައި. ޓެސްޓް ކުރި 68 މީހަކު ނެގެޓިވް ވެފައި ވާއިރު 92 މީހެއްގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭ.
20:15
އޭޝިއާގެ އެއްވެސް ހިސާބަކުން ޕަޕުއާ ނިއުގިނީ އަށް އަންނަ ފަރާތްތަކުން ނުވައްދަން ނިންމާފައިވާ ކަމަށް އެގައުމުގެ އިމިގްރޭޝަނުން ބުނެފި.
މިގޮތަށް ނިންމާފައިވަނީ ކޮރޯނާ ވައިރަސް އިތުރަށް ނުފެތުރޭނެ ގޮތަށް
19:06
ވުހާން ގައި ތިބި އިޓަލީގެ ރައްޔިތުން އެގައުމަށް ގެނައުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރާނެ ކަމަށް އިޓަލީގެ ފޮރިން މިނިސްޓަރު ލުއިގީ ޑި މާއޯ ވިދާޅުވެއްޖެ.
އޭނާ ބުނެފައިވަނީ އިޓަލީގެ ސަރުކާރުން އަންނަނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްމުން ކަމަށް
17:28
ކޮރޯނާ ވައިރަސް އަށް ޝައްކުވެގެން ޗައިނާ މީހަކު ކުޑަހުވަދޫ ހޮސްޕިޓަަލަށް ގެންދިޔަކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކޮށްފި.
Corona Virus Ah Shakkuvegen Meehaku Kudahuvadhoo Hospital Ah Nugendheyhttps://t.co/c0HXm4Q5WJ
— Vaguthu Online (@VaguthuOnline) January 29, 2020
16:53
ވުހާންގައި ތިބި ޔޫކޭގެ ރައްޔިތުން އެގައުމަށް އައުމުން ކަރަންޓީން ކުރަން އެގަމުގެ ހެލްތް މިނިސްޓްރީން ނިންމައިފި.
މިގޮތަށް ނިންމާފައިވަނީ ހަލުވި ކަމާއި އެކީ އެބަލި ފެތެރެމުން އަންނާތީ ކޮންޓްރޯލް ކުރުމުގެ ގޮތުން. އެގޮތުން އެގައުމަށް އަންނަ ރައްޔިތުން 14 ދުވަސްވަންދެން ވަކިން ބަހައްޓަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި.
16:46
އޮސްޓްރޭލިއާގެ ބްރިސްބާންއަށް މީގެ ކުރިން އައިސްފައިވާ ޗައިނާގެ ފުޓްބޯޅަ ޓީމުގެ ކުޅުން ތެރިން އަންނަ ފެބްރުއަރީ މަސް ޖެހެންދެން އެގައުމުގައި މަޑު ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން ގޮވާލައިފި.
އެފަރާތުން ބުނެފައިވަނީ ކުޅުން ތެރިން ތިބޭނީ އެ ކުޅުންތެރިންނަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަނުގައި ކަމަށް
16:45
ިދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތެރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސްއާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް، ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލު ކުރައްވައި އެ ވައިރަސްއާއި ބެހޭގޮތުން މަޝްވަރާކުރައްވައިފި.
Coronavirus aai Gulhey Gothun Raees, Tourism Dhaairaage Isfaraithakai Mashvaraa Ahhttps://t.co/jjRJnW6UPs
— Vaguthu Online (@VaguthuOnline) January 29, 2020
16:40
މިހާރު ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އާ ބެހޭ މައުލުމާތުތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ހެލްތް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގައިފި.
Corona Virus Aa Gulhey Mauloomaathi Majilees Memberunnah Dhinumah Edhijjehttps://t.co/VAC9paaKp4
— Vaguthu Online (@VaguthuOnline) January 29, 2020
16:39
ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ބިރުވެރިކަން އޮތުމުން ފްލައިޓުން ދަތުރުކުރި މީހަކު އެބަލިން ރައްކާތެރިވުމަށް ހެލްމެޓް އަޅައިގެން ދަތުރު ކޮށްފި.
Coronavirus ge Biruverikan Othumun Mi Meehaa Dhathuru Kury Helmet Alhaigenhttps://t.co/Hv9AlWrXwK
— Vaguthu Online (@VaguthuOnline) January 29, 2020
16:09
ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިންޑިއާގެ ރައްޔިތުން ޗައިނާއަށް ދަތުރު ނުކުރުމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން އިލްތިމާސް ކޮށްފި.
16:06
ޗައިނާގެ ވުހާން ސިޓީން އުފެދިގެން ދުނިޔޭގެ އެކި ގައުމުތަކަށް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން އެގައުމުގައި ހުންނަ ސްޓަރބަކްސްގެ 2000 ވަރަކަށް އައުޓްލެޓް ތައް ބަންދު.
Coronavirus: Starbucks ge 2000 Outlet China gai Bandhu Koffihttps://t.co/LJglerVZEd
— Vaguthu Online (@VaguthuOnline) January 29, 2020
16:05
ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލް އަދުހަމް މުހައްމަދުގެ މައްޗަށް އެހެން މައްސަލައެއްގައި ކްރިމިނަލް ކޯޓުން ހުކުމެއް އިއްވައިފި.
Driver Gasim ge Gaathil Adhuham Ithuru Massalla Ehggai 1 Aharah jalahhttps://t.co/ldC4Ueldox
— Vaguthu Online (@VaguthuOnline) January 29, 2020
15:51
އޮސްޓްރޭލިއާގައި އިތުރު މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ. މިފަހަރު ޕޮޒިޓިވްވެފައި ވަނީ ޗައިނާގެ ވުހާންއަށް ނިސްބަތްވާ 44 ފިރިހެނެއް. އޭނާއަށް މިހާރު ވަނީ ގޯލްޑް ކޯސްޓް ޔުނިވާސިޓި ހޮސްޕިޓަލްގައިި ފަރުވާދެމުން، އޭނާގެ ހާލު ސްޓޭބަލްކަމަށް ރިޕޯޓްތައް ބުނޭ.
15:03
ވުހާންގައި ތިބި ދެކުނު ކޮރެއާ ރައްޔިތުން އެގައުމުން ބޭލުމަށް ޗާޓަރު ފްލައިޓް ފޮނުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި.
އެފްލައިޓް އިން އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކުން ވަކިން ހާއްސަ އިންސްޕެކްޝަނެއްގެ ދަށުން ޗެކް ކުރެވޭނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ވަނީ ބުނެފައި.
އަދި ފްލައިޓް އެގައުމަށް ޖެއްސުމާއި އެކު އެ ފަރާތްތަކަށް ގެއަށް ނުގޮސް ސަރުކާރުން ހަމަޖައްސާފައިވާ އެކޮމޮޑޭޝަންގައި 14 ދުވަސް ވަންދެން ތިބެވޭނެ ކަމަށް ވަނީ ބުނެފައި.
15:02
ވައިނާގެ ވުހާން ސިޓީން އުފެދިގެން، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް، އޮސްޓްރޭލިއާގެ ސައިންސްވެރިން އުފައްދައިފި.
Australia ge Science Verin Amilla ah Coronavirus Ufahdhaifihttps://t.co/X6JHPqkWIN
— Vaguthu Online (@VaguthuOnline) January 29, 2020
14:56
ވުހާންގައި ތިބި ތުރުކީގެ 32 މީހަކު އެގައުމުން ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތުރުކީއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެ.
ހަބާޓާކް ނޫހަށް މައުލޫމާތު ދެއްވަމުން އެމިން އޮނެން ވިދާޅުވީ، ވުހާން ސިޓީއަށް ގޮސް ތިބީ ފަތުރުވެރިންނާއި ވިޔަފާރި ކުރަން ގޮސް ތިބި މީހުން ކަމަށް.
14:55
ޗައިނާގެ ދަނޑުވެރިކަން އަވަސް ކޮށް ތަރުކާރީ އުފެއްދުން އަލުވި ކަމާއި އެކީ ކުރުމަށް އެގައުމުގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފި. އެގޮތުން އެފަރާތުން ވަނީ ދަނޑުވެރިކަން އަވަސްކޮށް ދަތުރުފަތުރުގެ ނިޒާމް މަދުކޮށްލުމަށް ގޮވާލާފައި.
މިގޮތަށް އެފަރާތުން ނިންމާފައިވަނީ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނައްތާލައި އިތުރު ބަޔަކަށް އެ ވައިރަސް ޖެހިޔަ ނުދިނުމަށް.
14:15
ދަރުމަވަންތަ ހޮސްޕީޓަލްގައި ކޮރޯނާ ވައިރަސް އަށް ޚާއްސަ އައިސީޔޫ ޔުނިޓެއް ޤާއިމްކޮށްފި
Corona Virus ah haasa ICU Dharumavanthah Hospitalgaihttps://t.co/McmHZKisUN
— Vaguthu Online (@VaguthuOnline) January 29, 2020
14:03
ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، އިންޑޮނޭޝިއާގެ ލަޔަން އެއާއިންވެސް ޗައިނާއަށް ކުރަމުންދާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައި. އެގޮތަށް އަމަލު ކުރަން ފަށާނީ ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން.
13:54
ޗައިނާގެ މަކާއުގެ ފަތުރުވެރިކަން ވަރަށް ބޮަޑަށް ދަށްވެއްޖެ. ސަރުކަރުން މިއަދު އާއްމުކޮށް ތަސާފް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 70 އިންސައްތަ ވަނީ ދަށްވެފައި.
13:51
ބްރިޓިޝް އެއާވޭސް އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި. ބްރިޓިޝް އެއާވޭސް އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލީ މިއަދު.
13:19
މިހާރު ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފަތުރެމުން އަންނަ ކޮރޯނާ ވައިރަސް ޕާކިސްތާނުގެ ހަތަރު ދަރިވަރަކަށް ޖެހިއްޖެ.
BREAKING: Pakistan 4 Dharivarakah Coronavirus Jehijjehttps://t.co/GTFPjwU5xx
— Vaguthu Online (@VaguthuOnline) January 29, 2020
12:41
ޗައިނާއަށް ދަތުރުކުރުން ބްރިޓިޝް އެއާލައިން ހުއްޓާލައިފި.
12:39
Breaking News: Raajje In Corona Virus Outbreak eh Fenumuge Furusathu Bodu!https://t.co/bSyUtd4JMf
— Vaguthu Online (@VaguthuOnline) January 29, 2020
12:15
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފި.
Today I met with Xi Jinping, President of #China, in Beijing to discuss next steps in battle against the new #coronavirus outbreak. @WHO appreciates the seriousness with which 🇨🇳 is taking this outbreak & the transparency authorities have demonstrated. https://t.co/WGadkXEpP5 pic.twitter.com/dqVMBXKXrM
— Tedros Adhanom Ghebreyesus (@DrTedros) January 28, 2020
12:14
Breaking News: Ithuru Meehaku Hima Bihssah Positive Vejje
https://t.co/8hKo5Xs1sm— Vaguthu Online (@VaguthuOnline) January 29, 2020
11:21
ވުހާންގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންނާއި، އެމީހުންގެ އާއިލާތައް ގޮވައިގެން ދަތުރުކުރި ޗާޓަރު ފްލައިޓް އެމެރިކާގެ ކެލިފޯނިއާގެ އޮނިޓާރިއޯ އެއާޕޯޓެއްގައި ޖައްސަން ކުރިން ނިންމާފައި އޮތްނަމަވެސް ފްލައިޓް އަސްކަރީ އެއާޕޯޓަކަށް ޑައިވާޓް ކޮށްފި.
11:11
BREAKING NEWS: UAE In Coronavirus Fenijjehttps://t.co/1V5eEpKdd0
— Vaguthu Online (@VaguthuOnline) January 29, 2020
10:48
އަދިވެސް ވުހާންގެ 4000 އަށް ވުރެ ގިނަ ފަތުރުވެރިން ގައުމުން ބޭރުގައި އެބަތިބި.
10:30
"10 Dhuvas Fahun Coronavirus Varah Bodah Control Vaane"https://t.co/4Rf69eTBBO
— Vaguthu Online (@VaguthuOnline) January 29, 2020
10:01
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ޓިބެޓް އިން ފުރަތަމަ ފަހަރަށް ފެނިއްޖެ.
10:00
ޗައިނާ އާއި ހޮންކޮންގް ގުޅުވައިދޭ ހޮންކޮންގްގެ ދެކުނު ރޭލް ދަތުރުތައް ހުއްޓާލައިފި.
09:48
Midhauruge Medhun Riyaasee Inthhaabeh Baahvvan Jehey - Adam Shareefhttps://t.co/itodYo0sd4
— Vaguthu Online (@VaguthuOnline) January 29, 2020
09:06
މިހާތަނަށް ކޮރޯނާ ވައިރަސްގެ ހުރިހާ ކްރައިޓީރިޔާއަށް ފެތޭ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި.
09:03
"Furihama Ah Thayyaaru" Kamah Bunumakun Adhi Nufudheyhttps://t.co/ZAbrieUmpm
— Vaguthu Online (@VaguthuOnline) January 29, 2020
08:21
މެލޭޝިއާ އިން އިތުރު ތިން މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް މެލޭޝިއާ އިން ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ ހަތް މީހަކު ފެނިފައި.
08:20
ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަކަށް އަރައިފިއެވެ.
BREAKING NEWS: Maruvi Meehunge Adhadhu 132 Ah, Virus Jehunu Meehunge Adhadhu 5974 Ah Araifihttps://t.co/ya2iJkB0cj
— Vaguthu Online (@VaguthuOnline) January 29, 2020
01:50
ޖަރމަނީ އިން ކޮރޯނާވައިރަސްއަށް އިތުުރު ތިން މީހަކު ޕޮޒިޓިވް ވެއްޖެ
01:16
އިސްރާޢީލްގެ އަސްކަރިއްޔާއާއި ފަލަސްތީނުގެ އާއްމުންނާއި ދެމެދު، ފަލަސްތީންގެ ހުޅަގު އައްސޭރީގައި ހިންގަމުން އަންނަ ހަނުޖެހުންތަކުގައި ފަލަސްތީންގެ 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ރެޑް ކްރެސެންޓް އިން ހާމަކޮށްފި.
01:10
ޤުދުސްގެ މައްސަލައިގައި އެމެރިކާއިން ހުށަހެޅި ނިންމުމަކީ، ފަލަސްތީންގެ އަތުން ބިން ފޭރިގަނެ، އިސްރާޢީލް އަދި ފަލަސްތީނާއި ދެމެދު މުސްތަޤްބަލުގައި ވެވޭނެ ސުލްހަޔަކަށްވެސް ހުރަސް އަޅާ ކަމެއް ކަމަށް ތުރުކީން ބުނެފި. މިހެން ވިދާޅުވީ ތުރުކީގެ ފޮރިންގ މިނިސްޓްރީން މިމައްސަލައިގައި މީޑިޔާތަކަށް މަޢުލޫމާތު ދެމުން،
00:39
ޓައިވާން އިން ކޮރޯނާ އަށް ޕޮޒިޓިވް މި މީހުންގެ އަދަދު 8 ކަށް އަރައިފި
00:36
ގުދުސް އޮތީ "ސޭލް އަޅުވާފައި" ނޫން ކަމަށާއި އެމެރިކާއިން ބޭނުންވާ ގޮތަށް އެއްބަސްވުން ފާސް ނުވާނެ ކަމަށް ފަލަސްތީންގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެ
00:30
Breaking: Jamaica Ah 7.3 Ge Baarugadha Binhelumeh Athuvehjehttps://t.co/VAdFdDLuxV
— Vaguthu Online (@VaguthuOnline) January 28, 2020
00:26
ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ، އެމެރިކާއިން އިސްރާއީލުން ބޭނުންވާ ގޮތައް އެކުލަވާލި އެއްބަސްވުން އިޢުލާން ކުރުމަށް ބޭއްވި ބައްދަލުވުމަށް ނޫނެކޭ ބުނި ޤައުމުތަކުގެ ތެރޭގައި، ސަޢުދީ އަރަބިއްޔާ، ޤަތަރު، ކުވައިތް ހިމެނޭ.
00:23
ފަލަސްތީންގެ ރައީސް މިހާރު ދަނީ ޤައުމާ މުޚާތަބު ކުރައްވަމުން
https://www.facebook.com/QudsN/videos/111667473620822/?v=111667473620822
00:14
ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ، އިސްރާއީލުން ބޭނުންވާ ގޮތައް އެކުލަވާލި އެއްބަސްވުމުގެ ވޯޓަކަަށް އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި ވޯޓަށް އަހާނެ ކަމަށް އިސްރާޢީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފި. ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން އޭނާ ބުނީ އެއްބަސްވުން އެކުލަވާލުމަށް އެއްވެސް ވަރަކަށް މަޑު ކުރަން އިސްރާޢީލުން ނޭދޭ ކަމަށް.
00:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ، އިސްރާއީލުން ބޭނުންވާ ގޮތައް އެކުލަވާލި އެއްބަސްވުމާއި އެކު ފަލަސްތީންގެ މަސްރަހަށް ބޮޑު "ލޮޅުމެއް" އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެމެރިކާ އާއި އިސްރާއީލުން މިއި ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް ފަލަސްތީނުން މިއެއްބަސްވުން ސިފަކުރަނީ އިސްރާއީލް ކޮޅަށް ބުރަވެފައި އޮތް، އިސްރާއީލުން ބޭނުން ހުރިހާ ކަމެއް ފުރިހަމަވެފައި އޮތް އެއްބަސްވުމެއްގެ ގޮތުގައެވެ. މިއެއްބަސްވުމުން ސުލްހަ ގާއިމްވުމުގެ ބަދަލުގައި ސުލްހައަށް ހުރި ހުރިހާ ދޮރެއް ބަންދުވެގެން ދާނެ ކަމަށް ފަލަސްތީން ރައްޔިތުން ބުނެއެވެ.
ކޮރޯނާވައިރަސް އާއި ގުޅޭ މައުލޫމާތައް ބަލާއިރު ވައިރަސް ފެތުރެން ފެށިފަހުން ރާއްޖެ އަށް އަންނަން ބްކިިން ހަދާފައިވާ 2800 އަށް ވުރެ ގިނަ ފަތުރުވެރިންގެ ބްކިން ކެންސަލް ކުރިކަން ސަރުކާރުން މިރޭ ކަށަވަރު ކޮށްދިނެވެ.
މިހާތަނަށް 4500 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ފަލަސްތީންގެ މަސްރަހާއި ކޮރޯނާވައިރަސް އާއި ގުޅޭ މައުލޫމާތު އިއްޔެގެ ބްލޮގް އިން ފެންނާނެއެވެ.
LIVE: Garunuge Ehbasvumaai Eku Hamanujehunthakehge Biru Boduvejje https://t.co/oSVtGRWEkT
— Vaguthu Online (@VaguthuOnline) January 28, 2020
ވަގުތު ސަޅި
އެއެޅޭ ސެކިއުލަރ ޒަޔަނިސްޓް ނޫސް ދެކެ ވ ވ ވ ރުޅިއާދޭ ވަގުތު 100
މަޖިލީހުން ސަރުކާރުގެ މިނިސްޓަރީތަކަށް ސީދާކޮށް ގޮތްކިޔަނީ އަދުގެ ރައީސްގައި އުރައްޕެއް ނެތީމައެވެ. ބެލެނިވެރިޔާ ދޯހަޅިވީމާ ދަރިންނަށް ވާގޮތް އަދުގެ ސަރުކާރުންވެސް ފެނިގެންމިދަނީ.
ޗައިނާގައި ތިބި ދިވެހިން އަނބުރާ ގެންނަނަމަ، ސަރުކާރުންވެސް މިގޮތަށް އަމަލު ކުރަން ގޮވާލަން! ޙާއްސަކޮށް 14 ދުވަހުގެ އައިސޮލޭޝަން..
"ވުހާންގައި ތިބި ދެކުނު ކޮރެއާ ރައްޔިތުން އެގައުމުން ބޭލުމަށް ޗާޓަރު ފްލައިޓް ފޮނުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި.
އެފްލައިޓް އިން އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކުން ވަކިން ހާއްސަ އިންސްޕެކްޝަނެއްގެ ދަށުން ޗެކް ކުރެވޭނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ވަނީ ބުނެފައި.
އަދި ފްލައިޓް އެގައުމަށް ޖެއްސުމާއި އެކު އެ ފަރާތްތަކަށް ގެއަށް ނުގޮސް ސަރުކާރުން ހަމަޖައްސާފައިވާ އެކޮމޮޑޭޝަންގައި 14 ދުވަސް ވަންދެން ތިބެވޭނެ ކަމަށް ވަނީ ބުނެފައި."
ރާއްޖެއިން ފިޔަވަަޅު އަޅަނީ ޑަބްލިއުއެޗްއޯގެ އިރުޝާދާއި އެއްގޮތަށް ކަމަށްވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޑާއި...