ކޮރޯނާ ވައިރަސްއާ ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަދު މަޣްރިބް ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކޮންމެ ޒަހްރިއްޔާ (އަޑު ހަރުކޮށް ކިޔަވާ)ނަމާދު ތަކިގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ކިޔާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެކަންއެ މިނިސްޓްރީން ވަކި އެއްޗެއް އަންގަން ދެން ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ރާއްޖޭގައި މިހާތަނަށް ހިމަބިއްްސަށް ޕޮޒިޓިވްވެފައި ވަނީ އަށް މީހެކެވެ. އަދި މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ނުފެނުނުކަމުގައި ވިޔަސް، ދުނިޔޭގެ ބައެއް ގައުުމުތަކުގައި މި ބަލި ދަނީ ނުރައްކާ މިންވަރަކަށް ފެތުރެމުންނެވެ. އެގޮތުން ޗައިނާގައި މި ބަލި ޖެހިގެން މިހާތަނަށް 170 މީހަކު ވަނީ މަރުވެފައެވެ.

މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7711 އަށް އަރާފައެވެ.

މިހާރު ކުރިން ނުފެންނަ ބައެއް ގައުމުތަކުންވެސް ކޮރޯނާ ވައިރަސް ދަނީ ފެންނަމުންނެވެ. އެގޮތުން މިއަދު އިންޑިއާ އިންނާއި ފިލިޕީންސް އިންވެސް ވަނީ ކޮރޯނާ ވައިރަސް ހުރި ދެ މީހަކު ފެނިފައެވެ. އެ މީހުންނަށް އެ ގައުމުގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހާޑް

    މިސްކިތުގަ އެކަނި ކިޔާފައި ހުއްޓާލެވޭ ވަރަށްވުރެ ހާލަތު ގޯސް. ގޭގައި ނަމާދުކުރާ މީހުން ޤުނޫތު ކިޔުމަށް ބާރުއަޅާ، އެންމެނަށް ވެސް ގުނޫތުގެ ހާޑް ކޮޕީ ލިބޭނެ ގޮތް ވެސް ފަހިކޮށް ދިނުން އެދެން.

    31
    5
  2. އިޚްލާޞް

    ރައީސް ޔާމީންގެ ވެރިކަމުގައި ބަލިމަޑުކަމެއްގެ އާފާތެއް މެދުވެރިވެގެން ފަރުޟު ނަމަދުގައި ޤުނޫތު ކިޔަން އެންގުމުން އެއީ ސިޔަސީކަމެއްކަމަށްހަދައި މިސްކިތުން ފުންމަލައިގެން ދިޔަމީހުން ހަދާގޮތެއް މިފަހަރު ފެންނާނެއެވެ. އަހުރެމެން އެދުވަހު ވަރަށް ހިތާމަކުރީމުއެވެ.

    43
    4
  3. ތުއްފާހު އިބުނި އާފަލު

    ﷲ އަށް ދަންނަވާށެވެ އެއީ ގިނަހިނައިން ފާފަފުއްސަވާ ރަހުމަތްލައްވާ އިލާހެވެ އެކަލާންގެ ޝިފާބާވާލައްވައެވެ

    44
    3
  4. މޮޔަބެ

    ބަލަ ﷲ ސބވތ އާގެ ކީރިތި ޤުރުއާނަށް ފާޑުކިޔާ ، ކީތި ރަސާލާ ސއވސ އަށް މަލާމާތްކުރި ވެރިންތިބި ސަރުކާރަކަށް މިވީ ކިހިނެއް.... ބަލަ ފައްޅިއާއި ބުދުއާއި، ހިންދީން މިކަމަށް އެއްވެސްކަމެއްކޮއްދެވޭކަށް ނޮއޮންނާނެ.
    ކުޑަކޮށް ފައިތިލަޔަށް ބަލާފަ ކިބުރުވެރިކަން ދޫކޮށް އިސްލާމްދީން މަތިވެރިކުރޭ..ﷲ ގަންދީބުނަން، މިސްކިތްތަކުގައ ރޯދަ ވީއްލުމާއި އިއުތިކާފަށް ތިބުން ނުހުއްޓެވޭނެ. ދިވެހި ޤައުމު ކުރިއަށްދާނީ އިސްލާމީ ހިދާޔަތުގެ އަލީގަ....

    34
    7
    • ށަބީ

      ރަސޫލާ އަބަދު ގުނޫތު ނުކިޔުއްވާ ކަމަށް ބުނާ މީހުން ބުނެދޭންވީ ރަސޫލާ 21 ރަކްއަތް ތަރާވީސް ކުރިކަމަށް ހަދީސުން އެނގެން އެބައޮތްހޭ

      2
      1
  5. މޮޔަބެ

    ދޮގުވެރިން ކަމުގައި ތިބައި މީހުން ނުވާށެވެ ސިޔާސީނުވެ ހަމަ ވިސްނުމަށް އަންނާށެވެ. ބިރުވެތިވެ ފާފަ ފުއްސެވުމަށް އެދޭށެވެ ތިބައިމީހުންނަށް ރަހުމަތް ލެއްވުމަށްޓަކައެވެﷲ އަށް ގިނަގިނައިން އިސްތިޣްފާރު ކޮށް ކުށް ފާފަތަކުން ސަލާމަތް ކޮށްދެއްވުމަށް އެދޭށެވެ ބަލާ ތަކާ މުސީބާތްތައް ދުރުކޮށް ދެއްވާތޯ އެދޭށެވެ ﷲއީ ރަހުމްކުރެއްވުން ބޮޑު އެންމެ އޯގާވަންތަ ޝިފާދެއްވާ އިލާހެވެ އެ ވައިރަސްވެސް މަސައްކަތް ކުރަނީ ﷲގެ އިޒުނަފުޅަށެވެ އެއެއްޗަށް އަމިއްލަ ބާރެއް ލިބިގެންނެއްނުވެއެވެ ރައްކާތެރިކޮށްދެއއވުމަށް ﷲއަށް ދަންނަވާށެވެ

    21
    5
  6. މާމިގިލީ މީހާ

    ހަތަރެސް ކަން ހަމަ ވީމާ. ދެން ކިޔާނެ ކަމެއް ނެތް. ރާއްޖެއިން މި ބަލި ފެނުނީ ދޯ. މަށަކީ އެންމެ ފުރަތަމަ ގުނޫތު ކިޔާން މީޑިޔާގަ ބުނި މީހާ.

    13
    4
  7. Anonymous

    މިނިސްޓަރައް އެކަން އެންގީ އޮފީހުން

    5
    5
  8. އަލިފު!

    ފެށުނީއްސުރެ ރާޖޭގައި ފަތިސްނަމާދުގައި ޤުނޫތު ކިޔަމުން އައިސްފައިވޭ! ޤުނޫތު ކިޔުން ހުއްޓައިލީ ރަސޫލުﷲ ޞޢވ ކަންތައް ކުރެއްވިގޮތް މާފަހުން އުފެދުނު ބަޔަކަށް އެނގުނުކަމަށް ވެގެނެވެ. އެމީހުން ބުނަމުން ގެންދިޔައީ ކަލޭމެން ޤުނޫތު ތިކިޔަނީ ރަސޫލުﷲ ޞޢވ ކިޔުއްވިގޮތަކަށްނުނޭ ޙުއްޖަތެއްގެ ގޮތުގައި ދައްކަން ފެށީ، އެކަލޭގެފާނު ޤުނޫތު ކިޔުއްވީ ކާފަރުން މުސްލިމުންނަށް ބޮޑެތި އަނިޔާ ތަކެއް ކުރީމާ އެކަމުން ސަލާމަތް ކޮށް ދެއްވައިތޯއެވެ. އެގޮތުން ހުރިހައި ނަމާދެއްކަހަލަ ގޮތަކަށް އެކަން ކުރެއްވިއެވެ. އެމުސީބާތުން ސަލާމަތްވީމާ ހުއްޓާލައްވައެވެ. މިއަދަކީ މުޅިދުނިޔޭގައި ކާފަރުން މުސްލިމުންނަށް އަނިޔާކުރުމުގައި އޭގެ ނިހާޔަތަށް ގޮސްފައިވާ ޒަމާނެކެވެ. އެގޮތުންކީ ޤުނޫތެއްވިއްޔާ ހުއްޓައި ލުމެއްނެތި އަބަދަށް ޤުނޫތު ކިޔުންމަތީ ދެމިހުންނަށް ޖެހިފައިވާ ޒަމާނެކެވެ. އެހެންނަމަވެސް އެއިން ކަމަކަށް ފަރުވާލެއް ބެހެއްޓުމެއްނެތި، ކޯފާއެއްގެ ގޮތުގައި ﷲ ބައްޔެއް ފާކުރެއްވުމުން ކުއްލިޔަކަށް ޤުނޫތުކިޔުމަށް ތިނިންމެވީ އެއީ ﷲ އަށް ކުރާ މަލާމާތެއް ނޫންބާ! މީކޮންކަހަލަ މުސްލިމުންނެއްބާ؟ މީ ކޮންކަހަލަ ޢިލްމުވެރިންނެއްބާ!

    13
    3
  9. ޗަކޮއި

    ޗައިނާގެ ކޮރޯނާ ވައިރަސް ބޮޑަށް ފެތުރިފައިވާ ރަށަށް ތީގެ ގުނޫތުގެ ކޮޕ؛ީއެއް އަވަހަށް ފޮނުވަ ބަލަ.

    2
    5
    • ޏަުލަ

      މިކަން ކުރަންވީ

  10. ބިރުވެތިވާށެވެ.

    މޮޔަބެ އީމާން ވަނީ މާތް ﷲ އަށްތަ؟ ނޫނީ އެހެން ވެރިޔަކަށްތަ؟ މާތްﷲ އަށް އީމާންވާ މީޙާ އާދައިގެ އިންސާނަކަށް މިބިންމަތިން އިސްލާމްދީން ފުހެލެވިދާނެ ކަމަށް ގަބޫލުކޮށާް ބިރުގަންނަނީ ކީއްވެ؟

    1
    2
  11. ވިސްނޭ މީހާ

    ގުނޫތު ކިޔުމަކީ ހަމައެކަނި މުސީބާތެއް ލައިގަތުމުން ކިޔަންޖެހޭ އެއްޗެއް ނޫން. ﷲ އަށް ބިރުވެތިވެބަލަ. ދެންވެސް ވަކި މުއްދަތެއް ނުޖަހާ ކުރިއެކޭ އެއްގޮތަށް އަބަދުވެސް ކުރަންޖެހޭ ކަ މެއްގެ ގޮތުގަ ބުނެބަލަ. ޢެއިރުން ޒައްރެއްގެ މިންވަރު ނަ މަވެސް ސަވާބެއް ލިބިދާނެ... ް

    2
    1