އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އައްޑޫ އަށް އުފަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވާދަ ކުރަން ނިންމައިފިއެވެ.
މި އިންތިހާބުގައި ބޮންޑާ ކުރިމަތިލާން ނިންމާފައިވަނީ ހިތަދޫ މޫލެކެޑް އޮޑައްސައު ދާއިރާއަށެވެ.
ބޮންޑާ އަކީ އައްޑޫގެ ގިނަ ރައްޔިތުން ދަންނަ ފުޓްބޯޅައިގެ ހުނަރުން ފުރިގެންވާ ތަރިންގެ ތެރޭގައި އެންމެ ކުރީ ސަފުގައި ހިމެނޭ ފަރާތެކެވެ. މީގެ ކުރިން ބޮންޑާއަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެފައިވާ މީހެއް ނޫނެވެ. ބޮންޑާ އަދިވެސް ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
ބޮންޑާ ބުނެފައިވަނީ ކުރިއަށް އޮށް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ އިރު، އޭނާގެ ދާއިރާގެ އެންމެންގެ ތާއިދު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"މާތްﷲ ގެ ވާގިފުޅާއި އެއްކޮށް ކުރިއަށް މިއޮށް ކައުންސިލް އިންތިހާބެ މޫލެކެޑެ އޮޑެއްސެއު ދާއިރާއަށް ކުރިމަތިލާން ނިންމަލިން" ބޮންޑާ ކެމްޕެއިންއަށް އާއްމު ކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.
LCE2020 MoolekedeOdassau dhaairaah kurimathilaah ava ninmalin.
Posted by Qasim Shamweel on Tuesday, 11 February 2020
ފުޓްބޯޅާއިގެ ދާއިރާ ދޫކޮށްލުމަށްފަހު ބޮންޑާ ފެނިގެން އައިސްފައިވަނީ މަސްވެރިކަމުގައި ބައިނަލްއަގުވާމީ ކަނޑުންނެވެ. އޭގެ ތެރެއިންވެސް އެންމެ ފެނިގެންދަނީ ސްޕޯޓްސް ފިޝިން އިންނެވެ. ބޮންޑާ ބުނެފައިވަނީ އޭނާ ފުޓްބޯޅާ ކުޅުނު އިރުވެސް މަސްވެރިކަން ކުރާ ހިތްވާ ކަމަށެވެ. އެހެން ނަމަވެސް އޭރު އެކަމަށް ވަގުތުު ނުދެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފުޓްބޯޅަ ހަޔާތުގައި ބޮންޑާ ފެނިގެން ގޮސްފައިވަނީ ވީބީ، ނިއުރޭޑިއެންޓް، ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބުންނެވެ.
ކަންކަމަށް ކުރިމަތިލާއިރު ކޮންމެ މީހަކުވެސް އެބަޖެހޭ ތިމާމީހާ ސްޕެޝަލައިޒް ވެފައިވާ ދާއިރާއިން ކުރިޔަށްދާން. ބޮންޑާއަށް ކައުންސިލަށް ކުރިމަތިލުމަށްވުރެން ރަނގަޅުވީސް އައްޑޫގެ ފުޓްބޯޅަ ކުރިއަރުވައި އެކުޅިވަރަށް ހިދުމަތްކޮށްދިނިއްޔާމު. ގައިމުވެސް މާލެނަގާފައި ރާއްޖޭގެ އެންމެ އާބާދީ ބޮޑީ އައްޑޫގައި އެހެން ކަމުން މިސިޓީގައި ފުޓްބޯޅަ ކުރިއަރުވައި މުސްތަގުބަލުގައި ލީގު އުސޫލުން ފުޓްބޯޅަ މުބާރާތްބޭއްވުމަށް ރަނގަޅު ބިންގަލެއް އެޅުމަށް ބޮންޑާމެންކަހަލަ ފުޓްބޯޅައިގައި ހުނަރާއި ތަޖުރިބާލިބިފައިތިބި މީހުން މަސައްކުރުން ރަނގަޅުކަމަށްދެކެން.
ރަށުތެރެއިން އިވޭ އޮތުގައި ބޮންޑާ މިއިންތިހާބަށް މިދާއިރާއަށް ނެރެނީ މޭޔަރުކަމުން ނާކާމިޔާބުވި ސޯބޭގެ ޓީމުއަޑީގައި އޮވެގެން ޕްރައިމަރީން ހޮވުނު ގުލްފިޝާމް ބަލިކޮށްލަން. ގުލްފިޝާމް ފެއިލްކޮށްލަން އެމީހުން ބޭނުންވާ ސަބަބަކީ އެމީހުން ގަބޫލުކުރާ ގޮތުގައި ގުލްފިޝާމް ވަނީ ރައީސް ޔާމީންގެ ދައުރުގައި ޕީޕީއެމް އާއި އެކު މަސައްކަތްކޮށްފައި. އެހެން ކަމުން ގުލްފިޝާމް އަކީ ޕާޓީއަށް ވަފާތެރިމީހެއްނޫން.
ކޮންމެއަކަސް ބޮންޑާއަކަށް އަދި އެހެންމީހަކަށް މަގާމަކަށް ކުރިމަތިލައިގެން ނިކުންނައިރު އެގެން އެބަޖެހޭ ތިމާމީހާ މިކުރިމަތިލާ މަސްއޫލިއްޔަތު. ލިބިފައިވާ މަޝްހޫރުކަމަކުން ތިމާމީހާ މަގާމަށް ހޮވުނަކަސް ރައްޔިތުމީހާ އަށް ހިދުމަތްކުރުމުގައި ތިމާމީހާގެ އިލްމާއި ހިލްމް ނެއްކަމަށްވަންޔާމު އެއޮތީ ތިމާމީހާ އަމިއްލައަށް ފެއިލްވެފައި.
ލާރި އާ ހެދި އެންމެން ވެސް ދުވަނީ
ޤައުމު ކުރި އަރުވާ ކަށެއްނޫން...
މިކަން ކަން ފެށި ފަ މިއޮތީ ނުކިޔަވާ ތިބި މީހުން ގާނޫނު ހަދާ ވެރިން ނަށް އިސްކުރެވިފަ ތިބީމަ