ދާންދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޔައުގޫބް އަބްދުﷲ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ނުއަގުގައި ކުއްޔަށް ދިނުމާއި ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތުގެ ކޮމެޓީން ތަޙްގީގުކުރި މައްސަލަ އެކޮމެޓީގެ މުގައްރިރަށް ރިޝްވަތު ދީގެން ހުއްޓުވާލާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހުށައަޅާފައިވަނި އަމިއްލަ ފަރާތަކުންނެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ޔައުގޫބްގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުކޮށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް އިއްޔެ ކުރެއްވި ޓްވީޓށް ރިއާޔަތްކޮށެވެ. އަނދުން ހުސެއިން ކުރި ޓްވީޓްގައި ވަނީ ސީ ޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭތީ ޔައުގޫބް "ބެވި" ވަރު ތާރީހުން ފެންނާނެ ކަމަށެވެ.

"ދެން ތިއްބަވާ ބަލަން. އެހުރީ ކޮޅު ގޮހޮރަށް ކައިގެން. ކޮންމެ ކަމެއް ވެސް އޯކޭ ވާނެ މިކަމުގައި. މިހާރު އެ ހުރީ ދަށުވެފައި. މިއީ ފެންވަރަކީ،" ޔައުގޫބަށް އަމާޒު ކުރައްވައި އަނދުން ހުސެއިން ވިދާޅުވިއެވެ.

އެހެންކަމުން އަނދުން ހުސެއިން އަށް އެކަމުގެ މައުލޫމާތު އެނގޭނެ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެ.

ޔައުގޫބް އާއި ދެކޮޅަށް މިފަދަ ޓްވީޓެއް އަނދުން ހުސެއިން ކުރެއްވީ މާލޭގެ މީހުން ދިރިއުޅެނީ ފަލަސްތީން މީހުންހެން ކަމަށް ބުނުމާއި ގުޅިގެން އެކަމަށް ޔައުގޫބް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.

ޔައުގޫބް އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވާއިރު، މިކަމާއި ގުޅޭގޮތުން އޭނާގެ ބަހެއް ހޯދުމަށް "ވަގުތު"އިން ގުޅައިގެންނާއި މެސެޖްކޮށްގެން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޭޗީޗީ

    ޔައުގޫބްއޭ ކިއޭ މީހެއްގެ މައްސަލައެއް ބެލުމާގުޅޭ
    ތިރީގާ މީވަނީ ވޭތުވެދިޔަ 08 މަސްދުވަހުގެ ތަހުގީގު ރިޕޯޓުގެ ހުލާސާ
    ==ޔައުގޫބްއޭ....އެކާކު ؟؟؟==

    2
    2
  2. ކާފަބޭ2020

    4 ކަށިމަތިމާލޭބޭފުޅަކާދިމާލަށް ރާއްޖެތެރޭބޭފުޅަކު އެއްޗެއްވިދާޅުވުމުން ދެންވާނެ4އެތި ތިޔަވަނީއެވެ. ވޯޓުބޭނުންވީމަތިޔައީއެންމެގާތްއެކުވެރިބޭފުޅުން އެކަންނިމުނީމަ ރާއްޖެތެރޭމީހުން ބައްދަލުކޮށްލަން އެދިއްޖެނަމަ ވަރަށްބިޒީ އޯކޭދޯ؟

    16
    1
  3. ރަޝީދު

    ބިސްފަޅައިގެން ދާންގާތްވެއްޖެއެވެ.

    15
  4. މޫސަ

    މީ ހާދަ ތިއްތިވެފަ އިންނަ މީހެކޭ ދޯ؟ ޒާތަކަށް ބޯ ހަދައިގެން، ހިތުން ވަރަށް ރީތިކަމަށް.

    13
    7
  5. މީވާގޮތޭ

    ޔައުގޫބުގެ މައްސަލަ އެކަނިތަ ތަހުގީގުކުރަންވީ؟ ޓީއެމްއޭ ރުހޭ ގޮތަކަށް ތަން އެމީހުންނަށް ދޭންޖެހޭ ކަމަކަށްނޫންތަ އެ އަންގަނީ؟ ދެން ޔައުގޫބު ކިތަންމެ ވާހަކައެއް ދެއްކިއެކޭ ކިޔާފަ ވާނެކަމެއް އޮންނާނެތަ؟

  6. ވާންބެ

    ކޮންމެ މީހަކީވެސް އެމީހެއްގެޒާތުގަ ރީތިމީހެއް އެއީކަލޭވިއަސް އަހަރެންވިއަސް ތިހާދަށައްނުވެއްޓިބަލަ

    7
    4
  7. ބެއްޔާ

    ހަނދާންވަނީ ކެމްޕޭން ދުވަސްވަރު ދެއްކިހާ މޮޅުވާހަކަ. ރިޝްވަތުނުނަގާނަމޯ. ބޭބެގެ ލާރީގާ ނުޖެހޭންވެގެން ނުކައި ނުބޮއި ހުރިވާހަކަ. ތާހިރުވިއެއްނުން މިހާރު.

    5
    1