ލޯނު ނެގުމަކީ ގޯސްކަމެއް ނަމަ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ޒަައާމަތުގައި ލޯނު ނުނެގީސް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް އެގޮތަށް ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރި ބަހުސްގައި ވާހަކަަ ދައްކަވަމުންނެވެ.

ޔައުގޫބް ވިދާޅުވީ މި ސަރުކާރުން އަބަދު ލޯނުތަން ނަގާ ވާހަކަތައް ދައްކާއިރު ރައީސް ނަޝީދުގެ ވެރިިކަމުގައި ވެސް ފެނިގެން ދިޔައީ ހަމަ އެ މަންޒަރު ކަމަށާއި އަބަދުވެސް ފެންނަމުން ދިޔައީ ޗައިނާގެ އެގްޒިމް ބޭންކުން ލޯނުތައް ނަގައިގެން އުޅޭ ތަން ކަމަށެވެ.

އޭނާ ވިދާޅުވީ ލޯނަކީ މުހިއްމު އެއްޗެއް ކަމާ ލޯނުގެ ފައިދާއާއި އަދި ލޯނު ނަގައިގެން، މީގެ ކުރިން ތަރައްގީ ނުގެނެވޭ ވަރަށް ތަަރައްގީ ކުރިއަށް ގެނެސްދެވިދާނެ ކަން އެންމެ ފުރަތަމަ އެނގެން ފެށީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.

"ލޯން ނެގުމަކީ ގޯސްކަމަކަށްވާ ނަމަ އޭރު އެމްޑީޕީ ސަރުކާރުން ވެސް ލޯނު ނުނެގީސް. އޭރުގެ އިގްތިސާދާ އޭރުގެ ލޯނާ އޭރުގަ ހުރި އެ ކެޕޭސިޓީއަށް ވުރެ މިހާރު މި ސަރުކާރާއި އަދި މި ފާއިތުވު ހަތަރު އަހަރުގެ ތެރޭގައި މި އޮތް ކެޕޭސިޓީ ވަކި ކުޑައެއް ނޫން. ވިއްޔާވީ ރަނގަޅު. އެހެންވީމާ ލޯނު ނެގުމަކީ އެއްވެސް ހާލަތެއްގައި މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ޔައުގޫބު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ވެސް ލޯނު ނެގުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ ލޯނު ނުދެއްކޭނެ ފަރާތަކަށް ލޯނު ދޫނުކުރާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމި އިދާރާތަކުން ރާއްޖެއަށް ލޯނު ދޫކުރަނީ އެ ލޯނު ދެއްކުމުގެ ގާބިލުކަން އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ލޯ ނެގީމަ އެއްވެސް

  2. ލޯނު

    ލޯ ނެގީމަ އެއްވެސް ތަނެއް ނުފެންނާނެ، އެހެންވީމަ ރަނގަޅު ގޮތަކީ ލޯ ނުނެގުން

  3. ޑައެލޯގް

    ބަލަ ލޫނުނެގުމަކީ ގޯސްކަމެކޭބުނީވެސް ކަލޭމެންގެ ބުރާންތި އިބޫއެވެ. ޔާމީނު ލޯނުނަގާތީ އެވާހާކަދެއްކިއެވެ. އެކަމަކު ޔާމީނުނެގީ 27 ބިލއަނެވެ. އިބޫ މިއަދާހަމައަށް 61 ބިލިއަނެވެ. ޔާމީނު ނަރުދަމާއެއްއަޅަން 1މިލިއަން ރުފިޔާހަރަދުވާނަމަ އިބޫ ނަރުދަމާއެއްއަޅަން 10 މލިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މިހެންވީމަގޯސްވަނީ

  4. ސޯލޭ

    ޔާމިނު އެކަނި ނެގީމަ ގޯސްވެގެން މިއުޅެނީ މިވަރުގެ ހަޔާތްކުޑަ ބައިގަނޑެއް އުޅޭނެތަ

  5. އާދަނު

    ލޯނު ނެގުމަކީ ގޯސްކަމެކޭ ކިޔައިގެން އަނގަ އެރުވީ ކަލޭމެން! ޔާމީން ނެގި ލޯނުތަކުން ކުރި މަސައްކަތް އަތްލެވި ފެންނަން އެހުރީ! ލޯނު އަދާކުރުމަށްވެސް ކަންތައްތަކެއް ރާވާފަ އެހުރީ! ކަލޭމެން ނަގާލޯނު ރައްޔިތުން ފެލައިގެން ނޫންގޮއަދާކުރެވޭނޭގޮތެއް ނެތް! ކުރިމަސައްކަތެއް ފެންނާކަށް ނެތް!

  6. އަލީ

    "ރާއްޖޭގައި އަންހެނުންނާއި ފިރިހެނުން ހިމެނޭ އިރު އަންހެނުން ވިހާކަން ދަރިން ވިހާކަން އެނގުނީ ކާކަށްތޯ؟ ކޮން ސަރުކާރަކަށްތޯ އެނގުނީ؟ މި ސަރުކާރަށް އިބްރާހިމް މުހައްމަދު ސޯލިހުގެ. އެއާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީ އެބޭފުޅުންނަށް. ގާތުން ދަރިއަށް ކިރުދޭން ޖެހޭކަން އެނގިގެން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނީ ކާކުތޯ؟ އިބްރާހިމް މުހައްމަދު ޞާލިހު ދިނީ. ދެވަނަ ދައުރެއް ދޭން ޖެހެނީ މި ސަބަބާ ހުރެ. ކީކޭތޯ ކިޔަން މި އުޅެނީ" އޭނާ ވިދާޅުވި އެވެ '' ކަލޭ ވިހެއީ ފިރިހެނެއްތޯ
    ހަމަހަމަ ކުރަން ތިއުޅެނީ ހުކުރު ވެސް އަންހެނުން ލައްވާކުރުވަންތޯ

    ޔައުގޫބު ކަލޭވެސް ވިއްކާލަބަލަ އޭރުން 50ރ ލިބިދާނެ
    ކުރިންބުނިއެތި ކެންސަލްވީތަ...