އެސްއެސްސީ އިމްތިހާނުގައި ކުއްލި ގޮތަކަށް ގުރުއާން މާއްދާއެއްގެ ގޮތުގައި ހިމެނީ ތައްޔާރުވުމުގެ ފުރުސަތު ނުދީ ކަމަށާއި އެ ޓެސްޓްގައި ބައިވެރިވާ ނަމަ، ފެއިލްވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، 500 ބެލެނިވެރިއަކު ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިއާ ޝެއިހް އިލްޔާސް ހުސައިން ރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބެލެނިވެރިންގެ ފަރާތުން މި ޕެޓިޝަލް ހުށަހެޅުއްވީ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީއެވެ.
އެ ޕެޓިޝަންގައި ބުނީ ކުދިން ސްޓްރީމްތައް ބަލައިގަތް އިރު، ގުރުއާން މާއްދާ ނެތް ކަމަށާއި އެހެންކަމުން ކުއްލިއަކަށް ގުރުއާން މާއްދާ އިމްތިހާނުގައި ހިމެނުމަކީ ދަތިވާނެ ކަމެއް ކަމަށެވެ. މި ޕެޓިޝަން މަޖިލިހުގައި އޮއްވައި ގްރޭޑް 8، 9، އަދި 10 ގެ ކުދިންނަށް ގުރުއާން މާއްދާ ކިޔަވައި ދިނުން ވެސް ސަރުކާރުން ވަނީ މަޑު ޖައްސާލުމަށް ނިންމައިފައެވެ.
ކާނިވާ ސަރަހައްދުގައި އިލްޔާސް ދެއްވި ދަރުހުގައި ވިދާޅުވީ ގުރުއާން ކިޔަވައިގެން ފެއިލްއެއް ނުވާނެ ކަމަށާއި، ގުރުއާނަކީ ހިތުވިންދު ކަމަށެވެ. އިލްޔާސް ވަނީ އިންޑިއާގެ މުސްލިމް ދަރިވަރަކާ ކުރި އިންޓަވިއުއެއްގެ ތަފްސީލް ވެސް ދެއްވައިފައެވެ.
"އެ ކުއްޖާއާ ސުވާލު ކުރީމަ ބުނީ ތިމަންނަ ހަމަ އާދައިގެ މަތިން ފިލާވަޅުތައް ދަސް ކުރަމޭ، އެކަމަކު ތިމަންނަގެ އާދައެއް އޮވެއޭ. އެއީ ގުރުއާނުން މިންވަރެއް ދަސްކޮށްފައި ނޫނީ ތިމަންނަ ފިލާވަޅު ދަސް ނުކުރަމޭ،" އިލްޔާސް ވިދާޅުވިއެވެ.
"މި ގުރުއާނަކީ ހިތް އަލިކޮށްދޭ ފޮތެއް. މި ގުރުއާން ކިޔެވި ވަރަކަށް ހިތް އަލިވެގެން ދާނެ،"
ގުރުއާނުގެ ސަބަބުން ދަތި އުނދަގުލަކާއި ކުރިމަތިލާން ނުޖެހޭނެކަން ފާހަގަކުރައްވައި އިލްޔާސް ވަނީ ދިވެހިންގެ ތެރެއިން ބަޔަކު އެ މާއްދާ ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ ނުރުހުންފާޅު ކުރައްވައިފައެވެ.
އަދި ގުރުއާނަކީ ހިތް އަލިކުރާ މަތިވެރި އެއްޗެއް ކަމަށާއި ގިނައިން ގުރުއާން ކިޔެވުމުން ދަސްކުރަން ފަސޭހަވާނޭ ކަމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ކަލޭ ދައްކާވާހަކަ އަހަރެމެން މިހާރު ގަބޫލެއް ނުކުރަން، ދުއާ ދެންނެވިފަދަ ވެރިޔާ ގެނައިމީހާ ތިއީ، މީހުން މޮޔަހައްދައިގެން، މިހާރު މިވެރިކަން ބޮޑުމުސީބާތަކައް ވެގެން މިއުޅެނީ، ރަތްޔިތުންނައް ދުއްޕާންކުރުން ނުން ކަމެއް ނުކުރޭ
އެންމެން ކިޔަވަން އަރާތިބެންވީނު. އޭރުން އެއީ ގައުމުގެ ވިންދު
ޖަދަލު ނުކުރައްވާ....ކޮންމެ މީހަކު ބުނޏަސް ތެދު ވާނީ ތެދަށް...އެއީ އިލްޔާސް ނުބުނޏަސް މަވެސް އަޑުއަހާ ތެދު ވާހަކަ އެއް...ދީނުން ފެންނަން ހުރި ހަގީގަތެއް...ކަންކަންް ވަމުންދާ ގޮތްވެސް ފެންނަ ފަދައިން ވެފަ އޮތްގޮތްވެސް ބެލީމަަ ފެންނާނެ....އަޅާ ކިޔަން އެހެންމީހުން ސިނކުޑި އާއި އަމިއްލަ އެދުން ބޭނުން ކުރީމާ އެއްކޮޅަކަށްވެސް ލައްވާނުލާ ތަން އައިސްދާނެ...
މިކަލޭގެ ސިޔާސީވެއްޖެ ވަރަށްބޮޑަށް ދީނާޚިލާފުވެ ނެރެފައިވާ ސަހިންދާ ރިޕޯޓާ ބެހޭގޮތުން އެއްޗެއް ނުބުނެ ހުރެ މިޤައުމު ވާނ ެއެއްޗެއްވެ ހައެތިވީމާ ދެން އެއްޗެހި ކިޔާނެކަމެއްނެތް މީނާއަށް މެލޭޝިޔާގައި ޚަރަދެއް ނުކޮށް އުޅެވޭތީ މި ބިމުގައި ދީނަށްއުޅޭމީހުން ތަޅައި ބައިލާއިރުވެސް ނުފެނި އަދުނީވޭ މީހަކަށް ހެދިގެން އުޅޭމީހެއް މީ
ނަޢޫޒު ބިއްލާހި . ބަލަ ކީރިތި ޤުރްއާނަކީ ﷲ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅު. އެކިޔެވުމުން ޘަވާބު ލިބޭކަމާ ޝިފާލިބޭކަމާ، މި ކަންކަން ނުދަންނަ މުސްލިމުން މިދިވެހިރއްޖޭގައި އުޅޭކަމީ ހިތާމަހުރިކަމެއް. ނުދަންނަކަންވެސް ނުދަންނަނީތާ!
ދެންކޮއްބޭކާރު ވާހަކަޔެއް ދަންކާކަށް ލާދީނީ ބައިގަޑަށް ވެރިކަންހޯދަދޭއް ދުވާކޮއްފަ ކަލޭވެސްތީ ހަމަ މުނާފިގެއް.
ހިތުގެ ވިންދު ދެކެ ބިރުން އުޅޭ ބަޔަކަށް ބައިއަތު ހިފައިގެން ހުންނަށް ކޮބާތޯ ލަދުފުޅު؟
ވ. އިޙްތިރާމާއި އެކު އިލްޔާސަށް ދަންނަވަން. ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނެ އެމްޑީޕީ މިފަހަރުގެ ޕްރައިމަރީގައިވެސް ދީނީ ކުލަޖެހިފައި ހުރި މީހަކުވެއްޖެއްޔާ ނުނަގަން ނިންމާފައިއޮތީ. މިސާލު ނޫނު އަތޮޅު ކައުންސިލަށް ކުރިމަތިލި މާފަރު ޙަމީދު .ކިޔަވައިގެން ހުރި ޓީޗަރެއްގެ އިތުރަށް މުދިމަށްވެސް އުޅޭ ހެޔޮލަފާ ބޭފުޅެއް. ޤުރްއާނުގެ ތެރޭ އުޅުއްވާ ޚުލްގު ރަނގަޅު ބޭފުޅެއް. ނުނެގި. ސީދާ ކަނޑައެޅިގެން ނަޝީދު ކިޔާ މަރުމޯލަކު އެންޑޯސްކޮށްގެން ބަޝީރެއްނެގީ.
ކާނިވާ ސަރަހައްދުގައި އިލްޔާސް ދެއްވި ދަރުހުގައި ވިދާޅުވީ ގުރުއާން ކިޔަވައިގެން ފެއިލްއެއް ނުވާނެ ކަމަށާއި، ގުރުއާނަކީ ހިތުވިންދު ކަމަށެވެ.
***********************
އޭ މިހިރަ އިލިޔާސް ޤުރްއާން ކިޔަވައިގެން އަދި ދީންވެސް ކޔަވައިގެން ކަލޭ ތިހުރި ފެއިލްވެފަ އެވެ.
قرأن ކިޔެވިއެއްކަމަކު އަދި ނުފުދޭނެ ޢެވެ
އަދި قرأن ހިތުދަސްކުރިއެއް ކަމަކު ޥެސް ނުފުދޭނެ އެވެ.
އެހެނަސް قرأن އާއި އެއްގޮތަށް ކޮއްމެހެން ވެސް ޢަމަލު ކުރަންޖެހެއއެވެ.
ތިބާ ތިވަނީ قرأن އާއި އެއްގޮތަށް ޢަމަލުކުރުމުގައި ފެއިލް ވެފައެވެ.
ތިބާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ.
ކާނިވާ ސަރަހައްދުގައި އިލްޔާސް ދެއްވި ދަރުހުގައި ވިދާޅުވީ ގުރުއާން ކިޔަވައިގެން ފެއިލްއެއް ނުވާނެ ކަމަށާއި، ގުރުއާނަކީ ހިތުވިންދު ކަމަށެވެ.
***********************
އޭ މިހިރަ އިލިޔާސް ޤުރްއާން ކިޔަވައިގެން އަދި ދީންވެސް ކޔަވައިގެން ކަލޭ ތިހުރި ފެއިލްވެފަ އެވެ.
قرأن ކިޔެވިއެއްކަމަކު އަދި ނުފުދޭނެ ޢެވެ
އަދި قرأن ހިތުދަސްކުރިއެއް ކަމަކު ޥެސް ނުފުދޭނެ އެވެ.
އެހެނަސް قرأن އާއި އެއްގޮތަށް ކޮއްމެހެން ވެސް ޢަމަލު ކުރަންޖެހެއއެވެ.
ތިބާ ތިވަނީ قرأن އާއި އެއްގޮތަށް ޢަމަލުކުރުމުގައި ފެއިލް ވެފައެވެ.
ތިބާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ.