މާލެ އިން ފެށިގެން ވިލިމާލެ އަށް އަދި ވިލިމާލެ އިން ގުޅީފަޅަށް އެއަށްފަހު ގުޅީފަޅުން ތިލަފުއްޓަށް އަޅަން ރައީސް ޞާލިހްގެ ސަރުކާރުން ނިންމާފައިވާ ބުރިޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރިން ފަށާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު އެކިފަހަރުމަތިން ރައީސް ޞާލިހާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ފެބްރުއަރީ މަހު ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް މާލޭގެ މަގުތައް ހެދުމަށް މިއަދު މަޝްރޫޢެއް ފައްޓަވަމުން ރައީސް ވިދާޅުވީ ބުރިޖުގެ މަސައްކަތް ފަށާނީ ޖޫން މަހުގެ ކުރިން ކަމަށެވެ.
ރައީސް ވިދާޅުވީ މާލެ އަށް ކުރަން ހުރި އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމާއި ބުރިޖުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
"މާލެއަށް ކުރަންހުރި ކަންތައްތަކުގެ ތެރޭގައި، އެންމެ މުހިއްމު އެއްކަމަކީ، މާލޭގެ ޕޯޓް، ގުޅިފަޅަށް ބަދަލުކުރުން. އެއާއެކީގައި، މުޅި މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް އަންނަ ތަން ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢާއި، މާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅައިލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ޖޫން މަހުގެ ކުރިން ބުރިޖުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއިރު އަދި މިހާތަނަށް ބުރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ވެސް ކޮށްފައެއް ނުވެއެވެ.
ޖޫން މަހުގެ ކުރިން ބުރިޖުގެ މަސައްކަތާއި ޕޯޓް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޞާލިހް މިއަދު ވިދާޅުވިއިރު އެމަނިކުފާނުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް އެކަށީގެންވާ މިންވަރަކާއި ގާތައް ވެސް ނުހިންގާ ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މިގައުމުގަ ރައީސް އެއް އެބަހުރިތަ
ކަލޭ ތީ ކޮން ގައުމެއް ?
ގެރިމޯދުރާއްޖެ
ކެންޕެއިން.
100 ދުވަސް ގުނާ އުސޫލުންތޯ ތިޔަ ވިދާޅުވަނީ އިރުއަރާ އިރު އޮށްސެމުންދާނެ އެއީ ގުދުރަތީ ގާނޫނު އިބޫ އަށް ރައްޔިތުން ދިނީ 5 އަހަރު ، ތިޔަކަން ވާނެބާ މައިންމަގަށް ލައްގަޅޭ ބުރިޖެއް ލައްގަޅޭ....
ބުރިޖް ހަދާނެ ބަޔަކު ނެތް. ބުރިހަދާނެ ފަންޑެއްނެތް. އެކަމަކު ފަށާނަމޯ. ބަލަަ ދަނޑިފަނުންތަ ރަށުކުދިންލައްވާތަ ކުރުވަނީ؟
ޖޫންގެ ކުރިނޭބުނީ އަހަރެއް ވިދާޅެއްވުނޭ. ވެދާނެ 2023ގެ ޖޫންގެ ކުރިންކަަމަށްވެސް. މިހެން މިބުނީ މިމީހުން ދައްކާ ވާހަކަ މިހާރު ވަރަށް ދިރާސާ ކުރަންޖެހޭ. ސަތޭކަ ދުވަސް ގުނިހެން ހުރިހާކަމެއްވެސް މިކުރަނީ.
އަދިތަންކޮޅެއް އަވަހެއް ނޫންތަ ކުޑަތަންކޮޅެއް އަދި ލަސްކޮށްލަން ވީނޫންތޯ އެހެރަހޭބައް ޔާރައްޔަތުން ތިބީ ދެލޯކަނުވެ ކަންފަތް ބީރުވެފަތަ ކޮންމެފަ ފަހަރަކު އިންތިހާބާ ދިމާކޮށް ކަލޭގެ.
ތި ބުރިޖެއް ނޭޅޭނެ އެވެ...........
ނުވާނެ އެއްކަމެއް ވެސް .. ކުރެވޭނެހާވެސް ކަމަކީ ރައްޔިތުން ފެލާލުން ގިނައި އިސްޓިކާ ޖެހުން. ބިސް ލޮނުމިދު ފިޔާ އިރު އިރު ކޮޅާ އަގު ބޮޓު ކުރުން
?? ??
ކީހާ ޅެން ފަރިއްސަށް ވެއްޖެ
ރުކަށް އެރި މީހާގެ ނަދުރަށްވެއްޖެ.
މިގައުމުގެ ރައީސްއަކީ ކާކު؟ މަށަކަށް ނޭނގެ. ވޯޓުލާކަށްވެސް ނުދަން. އެހެންވެ ނޭނގެ.
ބްރިޖު އެޅުމުގެ ނިޔަތް ގަތުމަކީވެސް މަސައްކަތްފެށުން އެހެންވީމަ މެއި 31 ވަނަދުވަހު އެކަމަށް ހިތުނިޔަތް ގަނޭ
އިރާދަކުރެއްވިއްޔާ ތަރައްގީގެ ބިޔަ މަސްރޫޢު ތަކެއް މޑޕ އިން ވަރަށް އަވަހަށް ފަށާނެއެވެ އޭގެތެރޭގަ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ބުރިޖުތަށް
ބިނާކުރުމާއި މަގުތަކަށް ތާރު އެޅުލުމާއި ޕޯޓް ބަދަލުކުރުން
ހިމެނެއެވެ އެހެންނަމަވެސް މިކަންކަން ފެށޭނީ އަންނަ އަހަރުއެވެ އަދި ނިމޭނީވެސް އަންނަ އަހަރުއެވެ މިއަހަރު އެއްވެސް ޕްރަޖެކްޓެއް ނުފެށޭނެއެވެ.