ވޯޓުލާ ގަޑީގެ ސަބަބުން ވޯޓު އޮޅުވާލަން އެއްވެސް ގޮތަކަށް މަގުފަހި ނުވާނެ ކަމަށާއި، ވޯޓު ކަރުދާހުން ވޯޓުލާ ގަޑި އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕީޕިއެމް އަށް ވޯޓުލާ ހުރިހާ ފަރާތްތަކުން، ދޭއް ޖެހުމުގެ ކުރިން ވޯޓުލާ ނިންމަން ޖެހޭ ކަމަށާއި، ދޭއްގެ ފަހުން އިންތިޚާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އަކްރަމް ވިދާޅުވީ، އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަކްރަމް ވިދާޅުވީ، ވޯޓު ގުނަން ހުންނަ މީހާއަށް ވޯޓު ލީ ގަޑި އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، ވޯޓު ކަރުދާހުގައި ވޯޓުލީ ގަޑި ޖަހައިފި ނަމަ، އެ ވޯޓެއް ބާތިލްވާނެ ކަމަށެވެ.

އެހެންކަމުން ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާނެ ކަމަށް ބުނެ ދައްކަނީ އެއްވެސް ތާކުން ތާކުން ނުޖެހޭ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް ބުނެ މީގެ ކުރިން ޝުޖާއު ވަނީ އަކްރަމް އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅެޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަނުގެ މުދާ ބޭނުންކޮށްގެން ކަމަށާއި ޕީޕީއެމްގެ ޕްރައިމަރީ އަށް ވެސް އީސީގެ މުދާ ބޭނުން ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލި ކަމަށް ބުނެ ޕީޕިއެމްއިން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ ޕީޕީއެމް އާއި ދެކޮޅަށެވެ.

އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް ޕީޕީއެމް އިން ދަނީ އީސީއިން އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނާއި މެމްބަރުންނަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަސީހު

    ރާއްޖެއިންފިލަން ހިޔާލުވެސްނުކުރާތި މިވެރިކަންބަދަލުވިދުވަހަކުން އެންމެފުރަތަމަ ތަހުގީގެއްހިންގޭނީ މިހާރުއިލެކްސަންކޮމިސަންގެ ވެރިންނައް.

    43
    1
  2. ޢަޒްރާ

    ބްރާންތި އަކައް ނޭނގޭތަ ކިބޫ ގެންނަން ވެގެން ވޯޓް ކަލޭމެިން ރިޝްވަތު ހިފިކަން ކީއްވެ ވޯޓްތައް އަންދާލީ

    37
    2
  3. އެލެކްސް

    ދެން ކީއްވެ ރިޔާސީ އިންތިހާބުގައި އޮޅުވާލާ މަ ކަރު ހެދީ އަދި ވޯޓްތައް އަންދާލީ، ތިތިބީ މިހާރު ރަތްޔިތުންގެ އިތުބާރު ގެއްލިފައި، ދެން ތިހެން ކިޔަ ކަސް ޤަބޫލެއް ނު ކުރާ ނަން.

    41
  4. މާސާ

    ތިވާހަ ކަތައް ގަބޫލު ކުރާ ބަޔަ ކު ނޫޅޭ މިހާރު. ކުރީ ދެ އިންތިޚާބުގަވެސް ވޯޓު އޮތީ އޮޅުވާލާފަ ބޮޑުތަނުން

    39
  5. ދޮންބެއްޔާ

    މަކަރު ހެދުމުން ޕީއެޗްޑީ ނަގައިގެން ތިބި ބަޔަކު އުޅޭތަނެއް!ދޮން ކަޅުވެސް އަންގާނުލާނެ!ގައިން ތަންކޮޅެއް ކެޑިއްޖެނަމަ ރީދޫކުލައިގެ ލޭ އަންނާނީ! ޢަފިންނަށް އޮޅުވާލަން ކަމަށްތަ! މިހިލާނެ ވޮންނާތާކަން ބޭރިޔަސް ނުއަރަންނެއި!

    38
  6. ބޯހަލާކު

    އަގުވެއްޓިފަތިބިބައެއް....2019 އަހަރު ލީކްވިއޯޑިއޯއިންއެކަންވަރަރަނގަޅައްއިނގޭ...
    ﷲއިރާދަކުރެއްވިއްޔާ ކަލޭ މެއްނައް ސަރިއެއްކުރެވޭނެ...

    39
  7. ވެރިން

    ތިބާއިގަޑު ތެރެއިން އެކަކުވެސް ،ނުކުރާނަ މޭ ބުނެފިތަ ޔަގީނުން ވެސް އެކަ މެއްކުރާނެ، އެހެން ވީ މަ އޮޅުވާ ނުލާނަ މޭ ބުނފިތަ ހަ މަޔާގީނުން ވެސް އޮޅުވާ ލާނެ.

    23
  8. އަންދާޒު

    ލާރި އާހެދި ކުރާ ކަންތައް

  9. އައްޑޫ މީހާ

    ވޯޓް އޮޅުވާ ނުލާނެ ކަމުގެ އެއްވެސް ޔަގީން ކަމެެއް ނެތް 2018 ރިޔާސީ އިންތިހާބު މިކަމުގެ ހެއްކަކަށް ފުދޭނެ

    10
  10. ވޯޓުވަގު

    ވޯޓު އޮޅުވައި ނުލާނެ ކަންމާކުރިންވެސް އޮތީއެނގިފަ އިގޭތޯ ތިފަސްމާމުލުންގެ ގައިގަ ހުރިތެދުވެރިކަ ން ރައްޔަތުން ބަލައި ގެންފިއިގޭތޯ ވޯޓު އޮޅުވައި ނުލަންވެގެން ނޫންތޯ ރައްޔަތު އެވަރަށް ވަގަށްގޮވާއިރު ވެސް އިސްތިފާނުދީ ތިތިއްބެވީ ސަލާމަތް ނުވެވިދާނެތީ ބިރުން ނޫންތޯ ހީނުކުރާތި ތިމާމެން ކުރިކުށުގެ ބަދަލުނުހިފާނެކަމަށް މިފަހަރު ކޮންމެ އެޗެކޭކިޔަސް ވޯޓު އޮޅުވާލައިފި ނަމަ ސަލާމަތް ވެވޭން އެއްގޮތެއްވެސް ނޯނާނެ ހަދާންކުރާތި މިފަރު ރައްތަތުން މިތިބީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ފާރަވެރިވެ ބަލާން:

  11. ޑިކްޓޭޓަރ ހުސެންހަލީމް

    ގަމާރު ދިވެހިން. މަކަރު ހަދާމީހަކު ބުނާނެތަ އަމިއްލަޔަށް އެމީހުން މަކަރުހަދާނެ ވާހަކަ.؟

  12. ކައުންސެލަރު

    އޮޅުވައެއްނުލާނޭ! ތިޔަކަހަލަ "ބުރާންތިން" ތިތަވައްތަރަށް ވާހަކަދައްކާ ކައިރީގަ. ވޯޓު އަނެކަތި ކީ ހަނދާނެއް ވޯޓްވަގުގެ ނެތްތަ؟ ވޯޓު ހަނދާން ކުރާތި ގާނޫނު ކަލޭމެންގެ ފަހަތުން އަރާހަމަކުރާނެކަން.