ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ފުލުސް އޮފީހަށް ހާޒިރު ކުރުމާ ދެކޮޅަށް އާންމުންގެ މީހަކު ކުރި ޓުވީޓެއް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރޭ ރިޓުވީޓު ކުރައްވައިފިއެވެ.
މާލޭގެ މޭޔަރުކަމަށް އިދިިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވަނީ ނަގައިފައެވެ. އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރީ ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައެވެ.
ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލިހުގައި ވަނީ ވިދާޅުވެފައެވެ.
މުއިއްޒަށް ބޮޑެތި ފިއްތުންތަކެއް އަމާޒުވާން ފެށީ އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ފަހުންނެވެ. ސަރުކާރު ކޯލިޝަންގެ އެންމެ ބިޔަ ޕާޓީ، އެމްޑީޕީން އެންމެ ބޮޑު ރައްދެއް ދީ، ބަހުގެ ހަމަލާތައް ދޭން ފަށާފައިވާ އެއްބޭފުޅަކީ ވެސް މުއިއްޒެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން މުއިއްޒަށް ބަހުގެ ހޫނު ހަމަލާތަކެއް ދޭން ފަށާފައިވާ އިރު، އެ ޕާޓީއަކީ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ދައުވާ ކުރުން ފަދަ ކަންކަމާ ދެކޮޅު ހެދި ޕާޓީއެކެވެ.
"މިހާރު" ނޫހުން ލިޔެފައިވާ ހަބަރަކާ އެކު، އިސްމާއިލް ޒިޔަމް ނަމަކަށް ކިޔާ މީހަކު ޓުވިޓާގައި ބުނީ މުއިއްޒަކީ އޭނާގެ ސަޕޯޓަރެއް ނޫން ކަމަށެވެ. އެކަމަކު، މުއިއްޒު މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި އޮއްވައި ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއެވެ.
އަދި މި ދަނޑިވަޅުގައި މުއިއްޒު ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ އެހާ "ކޫލް" ކަމެއް ނޫން ކަމަށް އެމީހާ ބުންޏެވެ.
Iam no Fan, but why now? Why when he has announced that he is contesting for Mayor? This is not cool. https://t.co/s037rsSH3S
— Ziyam (@Ziyamysterio) February 22, 2020
އާޒިމް ވަނީ އިސްމާއިލް ޒިޔަމް ނަމުގައި ކުރި ޓުވީޓު ރީޓުވީޓު ކުރައްވައިފައެވެ. އޭނާ އެ ޓުވީޓު ރީޓުވީޓު ކުރެއްވި އިރު، އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އާޒިމްގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ނުލިބެއެވެ.
މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ސިޔާސީ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން، އޭނާ އެ ޕާޓީ ދޫކުރައްވައި ގުޅިވަޑައިގެންނެވީ އެމްޑީޕީއާއެވެ.
މިޔޮއް ހުރިހާ ދުވަހު ހާޒިރު ނޮކޮއްފަ މިހާރު ކުރިމަތި ލާ ވާހަކަ ބުނުމުން ހާޒިރު ކުރުމަކީ ވަރައް ދަށު ދރަޖައިގަ މިނިވަން ކަން އޮތް ކަން ދޭހަވާ ކަމެއް.
ތަހްޒީބީ މުޖުތަމައެއްގައި ދިރިއުޅޭ އަދި އިލްމީ ކޮންމެ މީހަކު މޑޕ ގެ ބާބެރިކް ސިޔާސަތާ ދެކޮޅު ހަދާނެ. 5 އަހަރެއްނޫން ވެރިކަން ކުރަން ދުނިޔޭގައި އޮތީ. މުސްތަގްބަލަށް ވިސްނާ އެކަކުވެސް އެމުޖުތަމަޢުގެ އެއްވެސް ފަރުދަކާ މެދު ނާއިންސާފު ނުވާނެ. އަމުދުން، ސަރުކާރާ މަޖްލިހާ ޖުޑީޝަރީ އެއްޕާޓީއަކަށް ނުވަތަ އެއްކޯލިޝަނަކަށް ލިބިފައިވަނިކޮށް. މިހާރު ރައްޔިތުން ދަންނާނެ ޖުޑީޝަރީ ކޮންޓްރޯލް ކުރަނީ ޖޭއެސްސީ އިންކަން. ޖޭއެސްސީގެ ކޮމްޕޮޒިޝަން އަކީ، މަޖްލިސްގެ ރައީސް، (ނަޝީދު) އެޓަރނީޖެނެރަލް (ރިއްފަތު) ރައީސުލްޖުމްހޫރިއްޔާގެ މެންބަރު (އަންނިގެ ވަކީލު މަސްތޫރު) މަޖްލިހުގެ ފަރާތުން (އަންނިގެ ވަކީލު ހިސާން) ސުޕްރީމް ކޯޓުން (މަޖްލީހުން ލީ ފަނޑިޔާރެއް) ދެން ބާކީ ތިބި 2 މެންބަރުން އެކަނި ކިރިޔަވެސް ސަރުކާރުގެ ކޮންޓްރޯލް ނެތް މީހެއް ހުރި. އެއީ ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން 1 މެންބަރު.
މިއީ ސަހިންދާ ކޮންޓްރޯލް ކުރާ ސަރުކާރު މިހާރުގެ ރައީސް މީހާވަތަރުގެ ރައީސް ކެނެރގޭ ނަޝީދު މެންކަހަލަ ވެރިން މިގައުމުހަލާކް ކޮލާފި ކޮބައިހެޔޮވެރިކަން ؟/ކޮބައި އިންސާފް؟؟ ޔާމީނުގެ ވެރިކަމުގާއިންސާފުނެތީ؟؟ އިންސާފު ގެނައިސްދޭނަމޭކިޔާފައި މިކުރަނީ ކޮންކަމެން؟؟ މިވެސްއިންސާފުތަ؟؟ މިސަރުކާރައް ދިވެހިރައްޔަތުން ނޫނެކޭ ބުނޭބޮޑުތަނުން؟؟
ކޮއެފުޅާ އިސްމާއިލް ޒިޔާމަކީ އާޒިމް ގެ އެއްބަޑު އެއްބަފާ ކޮއްކޮ. ކުއީން ވަހީދުގެ ދެ ދަރިންމީ