ރާއްޖޭގައި ތިބި ބިދޭސީންގެ ބެލެހެއްޓުމަށްޓަކައި "އަތޮޅު" މޮޑިއުލްގެ ނަމުގައި އިމގްރޭޝަނުން މިއަދު ވިއުގައެއް ތައާރަފް ކޮށްފިއެވެ.

"އަތޮޅު މޮޑިއުލް" އިފްތިތާހު ކޮށްދެއްވާފައިވަނީ އިމިގްރޭޝަންގައި އެކަމަށް ބޭއްވި ހާއްސާ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ، މި މޮޑިއުލް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދު ވެފައިވާ ފަދައިން ރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން، މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަޔޮމެޓްރިކްސް ބޭނުން ކޮށްގެން ބިދޭސީން މޮނިޓާ ކުރާނެ ފުރަތަމަ ސިސްޓަމެވެ.

ހަނަފީ ވިދާޅުވީ، މި މޮޑިއުލް ބޭނުން ކޮށް ބިދޭސީންގެ ޝައްސު ޔަގީން ކުރުމާ، ވިސާ އާއި ގުޅުން ހުރި އަދާހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެ ކަމަށެވެ. އަދި އެ މޮޑިއުލް ބޭނުންކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތަކާއި، ރައްވެހި ބިދޭސީޏްގެ އާބާދީ ދެނެގަނެވި، އިމިގްރޭޝަނާއި އަދި ކަމާއި ގުޅޭ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށެވެ.

އެއްވެސް މައްސަލައެއް ދިމާވެގެން ބިދޭސީއެއް ހޯދާނަމަ އެ ސިސްޓަމް މެދުވެރިކޯށް އެމީހާ ހުރި ރަށެއް ދެނެގަނެވޭނެ ކަމަށް ހަނަފީ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ހަނަފީ ވިދާޅުވީ، އެބޭފުޅުންގެ އަމާޒަކީ އިމިގްރޭޝަންގެ މެންޑޭޓް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ހުރަސްކޮށް، ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސްނީ

    ބިދޭސީން އުޅެނީ އަބަަދަކު އެއް ރަށެއް ގައެއްނޫން ބިދޭސީންގެ ބޮޑުބައި އުޅޭނީ ފިލާގެން އެކި ރަށް ރަށުގައި ހޯދަން އުޅެންޏާ ވާލާމެން ހަދާގޮތަށް ހޮ ރަށްވަދެ ފިލާގެން އުޅެނީ މޮޅު ވާހަކަ ދައްކާފަ ކޮންމެ ސަ ރުކާ ރެއް ވެސް އަންނަނީ ކު ރެވޭ އެއްކަމެއްވެސް ނޯވޭ ހު ރިހާ ދެ ރައެއް ނިކަމެތި ރައްޔިތުންނަށް