ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ގައުމީ އިނާމު މި އަހަރު ދިނުމަށް ހަމަޖެހިވާ އިދާރާތައް ރައީސް އޮފީހުން މިއަދު އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިނާމް ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ދިވެހި ދައުލަތުގެ އިއްޒަތް، ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމް، އާންމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާޒްމ، އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ހިތްވަރު ދިނުމުގެ ގައުމީ އިނާމް، އާންމު ހިދުމަތުގެ ހާއްސަ އިނާމު އަދި ސަރުކާރުން ދޭ ހާއްސަ އިނާމެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ދައުލަތުން ވަނީ ގިނަ ބަޔަކަށް ގައުމީ އިނާމް ދީފައެވެ.

އެގޮތުން މިދިޔަ އަހަރު ދިން ގައުމީ އިނާމްތަކުގެ ތެރެއިން ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އެރުވީ ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ސާދިގު، ހ. އާމުލީގެ އަދި އަހުމަދު އާދަމް ހ.ހިކަރި އަށެވެ. އަދި ޝަރަފްވެރިކަމުގެ އިނާމް ފަސް ބޭފުޅަކަށް ދެއްވިއެވެ.