ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލަނީނަމަ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ކުޑަކުޑަ މި ދިވެހިރާއްޖެ ވަނީ އެއްވެސް ގައުމަކުން ބޭނުންނުވާނެ ފަދަ ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ ވަރިއެވެ.
2019ވަނަ އަހަރު މުޅި ދުނިޔެއިންވެސް އެންމެ ގިނަ ވަރި ރިކޯޑު ކުރެވިފައި ވަނީ ދިވެހިރާއްޖޭގައެވެ. ދުނިޔޭގެ ރިކޯޑުތައް ބަލަހައްޓާ ”ގިނިސް ވޯލްޑް ރެކޯޑްސް“ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ 1000 މީހަކުން 11 މީހުން ވަރިވެއެވެ. މި ލިސްޓުގެ ދެވަނާގައި އޮތް ބެލަރޫސް އާއި 3ވަނާގައި އޮތް އެމެރިކާގައިވެސް މި އަދަދު އުޅެނީ 4ގައެވެ. އެހެންކަމުން ވަރީގެ ގޮތުން ރާއްޖެ އުޅެނީ އަތުނުވާ ވަރަށް ވުރެން ކުރީގައެވެ.
މިކަން މިހެން ވާންޖެހޭ އެންމެ ބޮޑު އެއް މައިގަނޑު ސަބަބަށް ބަލައިލަމާ ހިނގާށެވެ. އެއީ ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގެ ވާހަކަ 3ވަނަ ފަރާތަކަށް އެނގުމެވެ. މިކަން ތަންކޮޅެއް ފަސޭހައިން ”ގެޓު“ ކޮށްދޭން ކުޑަ ވާހަކަ އެއް ހިއްސާ ކޮށްލާނަމެވެ.
އަލަށް ޒަވާޖީ ހަޔާތެއް ފެށި އަންހެން ކުއްޖަކު އޭނާގެ ފިރިމީހާ އާއި މައްސަލައެއް ޖެހުމުން އެވާހަކަ އޭނާގެ މަންމަ ގާތު ހިއްސާ ކުރާނަމޭ ހިތައި މަންމަ ކައިރިއަށް ދިޔައެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ ވާހަކަ ރަނގަޅަށް ނުނިމެނީސް އޭނާގެ މަންމަ އެވާހަކަ ހުއްޓުވައި ފިރިމީހާ އާއި ދެމެދު ޖެހުނު އެއްވެސް މައްސަލައެއްގެ ވާހަކަ އިތުރަށް ނުދެއްކުމަށް އެންގިއެވެ. މިހެން ހެދުމުން އަންހެން ކުއްޖާ އަށް ސިހުމެއް ލިބުނެވެ. އެއީ މީގެ ކުރިން ހުރިހައި ވާހަކަތަކެއް ހިއްސާ ކުރަމުން އައި މަންމަ ކުއްލިއަކަށް އެހެން ބުނުމުންނެވެ.
އިރުކޮޅެއް ފަހުން އެ ކުއްޖާގެ މަންމަ ނަސޭހަތެއް ދޭން ފަށައިފިއެވެ. ”ދަރިފުޅު ދަރިފުޅުގެ ފިރިމީހާ ދެކެ ލޯބިވާ ފަދައިން މަންމަ އަކަށް ލޯތްބެެއް ނުވެވޭނެ ދަރިފުޅުގެ ފިރިމީހާ ދެކެ އެއް. ތި ދެމެފަރިން މެދުގައި މައްސަލަ އެއް ޖެހުނަސް، އެކަން ހައްލުވެދާނެ ކުޑަ އިރުކޮޅެއް ތެރޭ. އެއީ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާތީ. އެކަމަކު ތި މައްސަލަތަކުގެ ވާހަކަ މަންމަ ނޫނީ އެނޫންވެސް މީހެއް ކައިރީ ބުނުމުން ދެން ވާނީ ކިހިނެތްކަން އެނގޭތަ؟ އެ 3ވަނަ މީހާ ކައިރީ އެ ހިއްސާ ކުރި ވާހަކަ އެމީހަކަށް ކަމުނުގޮސްފިނަމަ ދެން އެމީހެއްގެ ހިތް ދަރިފުޅުގެ ފިރިމީހާ އަކަށް ހެވެއް ނުވާނެ. އެމީހާ އަށް ދެން ފެންނާނީ ހުސް ގޯސް ސިފަތައް. މަޑުމަޑުން ދަރިދުޅަށްވެސް ފެންނަން ފަށާނީ ފިރިމީހާގެ ކުށްތައް އެކަނި. ކިތަންމެ ލޯބިން ކޮށްދީފައި ހުރި ކަންކަންވެސް އޭރުން ދާނީ ހަނދާން ނެތެމުން. ކުރުގޮތަކަށް ބުނަންޏާ ތި ދެމަފިރިންގެ ގުޅުން އެހިސާބުން އޮންނާނީ އެ 3ވަނަ މީހާގެ އަތްމަތީގަ. މިއީ އެއްވެސް ވަރަކަށް އިންސާފުވެރި ގޮތެއް ނޫން. ދެން ފަހަރަކުން މީހެއް ކައިރީ ތިކަލަހަ ވާހަކަ އެއް ދެއްކުމުގެ ކުރިން އަމިއްލަ ނަފްސާއި ސުވާލު ކޮށްލާތި އެ ވާހަކަ ހިއްސާ ކުރެވޭ މީހާ އަކީ ދަރިފުޅުގެ ފިރިމީހާ ދެކެ ދަރިފުޅާއި އެއްވަރަށް ލޯބިވާ މީހެއްތޯ.“ މި ނަސޭހަތުގެެ އަޑު އަހާފައި އެ އަންހެން ކުއްޖާ ވަރަށް ގިނައިރު ވަންދެން އެކަމާއި މެދު ވިސްނަން އިނެވެ.
ގަބޫލުކުރަން ދެކޮޅު ހެދިޔަސް، ދިވެހިންނަކީ ދެބައުޑުވެ، މީސް މީހުންގެ ވާހަކަ އެމީހުން ނެތް ތަންތަނުގައި ދައްކަން ވަރަށް ފޯރި ހުންނަ ބައެކެވެ. ބެސްޓު ފްރެންޑު ނުވަތަ އޮންލައިންކޮށް ދިމާވާ މީހުންނާއި ތިމާގެ ލޯބީގެ ހަޔާތުގެ ޖެހޭ މައްސަލަތަކުގެ ވާހަކަ ހިއްސާ ކުރާ ހިސާބުން ތި ގުޅުން ނުވަތަ ކައިވެނި ނިމުނީކަމަށް ބަލާށެވެ.
އެތައް އަހަރެއް ވަންދެން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ބަލައިލުމުން އެމީހުންނަކީ ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައް އެހެން މީހުންނަށް ކިޔައިދޭ ބައެއް ނޫންކަން އެނގޭނެއެވެ. މާދަމާ ޒަވާޖީ ހަޔާތެއްފަށައި، 1 އަހަރު ފަހުން ވަރިވުމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން މި ދެއްކި ވާހަކަ އާއިމެދު ހުރިހާ ދިވެހިންވެސް ފުންކޮށް ވިސްނާލުން މުހިއްމެވެ.
އަންހެންވެރިންގެ ރުހުން ހޯދަން ވަގުތު ނޫސް އޮޅުވާލަން ނޫޅޭ. ވަރީގެ ރިކޯޑު އޮތީ ސައުދީ އަރަބިޔާގަ.
ވަރަށް ބޮޑައް ޝުކުރިއްޔާ ވަގުތައް.. ވަރަށް ބޮޑު އެއްޗެއް ވިސްނިއްޖެ މި ކުރު ވާހަކަ ކޮޅުން. ??
މީހުންނާއިންނާތީ
ތިއީ އަދި އެންމެ ސަބަބެއްނު.
ޓެސްޓް ކޮއްލަން ނޫނީ މީހަކަށް ދައްކާލަން ވެސް ކައިވެނި އެބަކުރޭ ނޫނީ މަޅިއެއްގަ ބެދުނީތީ ދުނިޔޭގެ ލަދުން ސަލާމަތް ވާންވެސް މީހުންނާ އެބައިދޭ. އުމުރުން 35 އަހަރު ނުވަނީސް 5 ކައިވެނި ކޮއްފަ ތިބި އަންހެނުންވެސް އެބައުޅޭ އޭގެ އަންހެންހެނެއް އުޅޭނެ ޖެންޑާ މިނިސްޓްރީގަވެސް. ވަރި ގިނަނުވާންވީ ސަބަބެއް ނެތް
ތިޔަބުނާ މީހާގެ ހަޔާތުގައި ކަންތައް ވިގޮއެއް ނުވަތަ ވަމުންދާގޮތް ތިފަރާތައް އެނގޭތޯ؟ ނޭނގޭނަމަ މީހެއްގެ އަގު ވައްޓައިލަން ތިކަހަލަ ވާހަކަ ރައްޔިތުންނަށް ފެންނަގޮތަށް ނުލިޔޭ!
ތިބޭފުޅާއައް ވިސްނާނުލެވުނަސް މިހުންނަނީ ހިތްދަތި ކަންތައްތައް.
އަނެކާއައް އިހްތިރާމްކުރޭ
އަސްލުވާގޮތަކީ އެހެން ގައުމުތަކުގަ މީހުން ކައިވެނި ނުކޮށް އުޅޭތީ ވަ ރިކު ރަން ނުޖެހެނީއެވެ. އެކަމަކު އެއީ އިސްލާމްދީނާ ޚިލާފުކަމެކެވެ. ޢެހެންކަމުން އަހަ ރެމެންގެ ވާހަކަ ދައްކަނީއެވެ. މިއީ ހަމައެކަނިއޮތް 100% އިސްލާމް ގައުމެވެ.
ވެސްޓަރން ގައުމު ތަކުގަ ކައިވެނި ނުކޮށް ރައްޓެހިވެގެންވެސް އަބައުޅޭ އެތައް އަހަރެއް ވަންދެން. ދަރިން ހޯދާފަވެސް މާފަހުން އެބަކައިވެނި ކުރޭ. މިއީ ޝައިތާނާ އެދޭ ގޮތް. އަދި ޝައިތާނާ މާފޯރި ހުންނަ ކަމެއްމީ ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންގެ ކައިވެނި ރޫޅާލުން.
ތިފަދަބޮޑު އިޖުތިމާއީ މައްސަލައެއް ދިމާވަނީ ކީއްވެތޯ ދިރާސާކޮށްލިޔަން ޖެހޭނީ ޚަބަރުލިޔާ ނޫސްވެރިންނެއް ނޫން. ކަމުގެ މާހިރުން. ރައްޔިތުން ވާވަންނަނީ ތިކަހަލަ ދަންނަ މީހުން ގިނަވެގެން.
ވަ ރިއަށް ދާން ޖެހޭ ވަ ރަށް ގިނަ ސަބަބު ހުންނާނެ. އެކަމަކު މި ލިޔުމުގައި އެ ވަނީ މައިގަނޑު އެއް ސަބަބު. މި އާޓިކަލް އަކީ ރަނގަޅު އާޓިކަލްއެއް
އަޅުވެތި ހާލުގައި ، މާލޭގެ ކަންނެތް ރަނޑާލީން ނަށް ލިބޭ ބަނޑު މުސާ ރަ ކޮޅު ދީގެން ، ރާއްޖެ ތެ ރޭ ހަ ރުބީ އަޅުން އަބިފި ރި ކަމުގެ ގުޅުން ނުހިންގި ،ލިބޭ މުސާ ރަ ކޮޅު ދެކޮޅު ނުޖެހުމުގެ އަސްލަކީ ވަ ރި . ދުވަހެއް ދުވަހަކަށް ދި ރިއުޅުމުގެ އަގު ބޮޑުވެ ހުޜިހާ ބާ ރެއް އަތް ބޮނޑިޔަށް މާލެޔަށް ބޮޑި ކު ރުމުގެ އަސްލަކީ ވަ ރި ، އެއްކޮޓަ ރި އެއްގެ ތެ ރޭގައި ، ކުދިން ކުދިން ނާއި އެކީ މަންމަ ޔާއި ބައްޕަ ނިދާއި ރުގައި ސަ ރުކާ ރު ތައް ކޮބާ ! މިއަދު ވަ ރީގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ،
މައްސަލައަކީ ތި ހުރިހާ ކަމަކަށް ވުރެ ފައިސާ މުހިއްމު ވުން. ފައިސާ ފައިސާ. ރަށުގައި އޮވެބަލަ ރީތި ދިރިއުޅުން އުޅެން. މާލޭގަ ދަރިން ވިއްކައިގެން އުޅޭކަށް ނުޖެހޭ.
ހު ރިހާ ހިދުމަތެއް ރަށުން ލިބެން ހުންނަނނަމަ ތިތާކަށް ނުދާނެ އެެަަަަަަަަަކުވެސް
މައްސަލަޖެހިގެން ނުވާނެ! ދެމީހުން ރައްޓެހިވެގެން އުޅޭއިރު ހީވާނީ ގއކައގނ އުޅޭހެން!
ދެމަފިރިންގެ ދޭތެރެއައް ވަންނަ ތިންވނަ ފަރާ ތަކަށް އާއިލާ ވަނުންވެސް މީ ހަމަ ވަރި ގިނަާ ސަބަބެއް...އަންހެން ކުއްޖާ އަކީ ފިރިމީހާ ގެ އާއިލީ މީހުން ގެ ނޯކަރަކައް ހެދުން... އަންހެން ކުއްޖާ ގެ ހުރިހާ ކަމެއް ދޫކޮއްފަ މައިންބަފައިން ދޫކޮއްފަ އައިސް ތިބޭއިރު އެކުދިން ފިރިމީހާ ގޭގައި ބާކީ ވެފަ ތިބެންޖެހުން..
އަންހެންކުއްޖާ ފިރިމީހާގެ ގެއައް އައިސް ފިރިމީހާގެ އާއިލާ މީހުނާ އަނގައިންބުނެ ވާހަކަ އިސްވެ ދައްކައި އަދި އެމީހުނަށް ފެންނަ ހިސާބައް ނިކުމެލައިހެދުންވެސް ރަނގަޅު ކަންނޭގެ ދޯ!
އެއީވެސް ހަމަ އާއިލާ މީހުނެއްނޫންތަ
ބަލަ އަންހެން ކުއްޖާއަށް އަޑި ނޭނގޭ ބައެއްގެ ތެރެެއަށް އަލަށް ދިރިއުޅުން ބަދަލުކުރާއިރު ، އެމީހުން ވާހަކަ ނުދައްކަންޏާ އަނގައިން ބުނަން ކެރޭނެތަ؟ ލަދުން އަނގަ ހުޅުވަން ވެަސް ނުކެރޭއިރު އެ ލަދު ކަނޑުވާލާން އެކުވެރިކަމާއެކު ކަންކަމުގައި ބައިވެރިކޮށްގެން އުޅެންޖެހެނީ އެމީހުން ނޫންތަ؟
ތިމާގެ ފިރިހެން ދަރިފުޅު ކައިވެނި ކުރާހިސާބުން މައިދައިތަ ހިތައް ގޮތްތަކެއް ވާން ފަށާނެ. ތިމާގެ ދަރި އަބިދަޓުކޮށްލާނެޔޭ ތިމާގެ ދަރި ލިބެންޖެހޭނީ ތިމާޔަށޭ ހިތަށް އަރަންފަށާ...އެހާހިސާބުން ދެން އެފެށުނީ އަސްލު ކުޅިވަރު....އަންހެންކުޖާއޭކިޔައިގެން ރޯބުހުތާނު ދޮގުހަދަން އެފެށީ ދަރި ކައިރީ....އެވަރުން ނުވެގެން ފަންޑިތަހަދައިގެން ދުރުކުރަން މަސައްކަތްފަށާ...ނަތީޖާއެއްގެ ގޮތުން އަންހެން ކުޖާޔައް ހައްގު ނޫން އެތައް އަނިޔާތަކާ އެތައް ވިހަ ބަސްތަކެއް ފިރިމީހާގެ ފަރާތުން ލިބެންފަށާ...މިހިސާބުން އަންހެން ކުޖާޔައް ކެތް ކުރުން އުދަގޫކަމަކަށް ވެ ވަރި ވި ކަމުގަ ވިޔަސް ދުނިޔެ ކުރިމަތީގަ ނުބައި ވ އަންހެން ކުޖާ...އެއްކަލަ ފިރިހެން ދަރީގެ އެއްވެސް ކުށެއް ނޯންނާނެ...އަދި ބައެއްފަހަރު މައިދައިތަ ވަކިހިސާބަކުން އަންހެންކުޖާ ވަރިކޮށްފަ ފުނުވާލުމަށްވެސް ދަރި ކައިރީ ބުނާނެ. ޢެހިސާބުން އެއްކަލަ ފިރިހެން ދަރި ބަލާކަށް ނުހުރެ ގޮސް އެއްވެސް ކުށެއްނެތް އަބިމީހާ ވަރިކޮށްފާނެ...މި ހަމަ ހަގީގަތް...ވަރި އަކީ ހަމަ އެކަނި ފައިސާއާހުރެ ވާކަމެއް ނޫން...މި އަހަރެން ވެސް ދުށް ހަގީގަތް އަަހަރެންގެ އަމިއްލަ ލައިފުގަ...މާތް ﷲ އިރާދަފުޅުން ފިރިމީހާޔައް ވިސްނި ހެޔޮމަގަށް އާދެވުނީތީ މައިދައިތަގެ ދަލުގަ ނުޖެހި ދރިއުޅުން ވަރިއާހިސާބައް ނުގޮސް ސަލާމަތް ވީ....އަހަރެމެންނަކީ މުސްލިމުން....ދިރިއުޅުމުގައި ދިމާވާ މިފަދަ ހިތްދަތި ކަންތަކުން ސަލާމަތް ކޮށްދެއްވުން އެދި ﷲ އށް ދަންނަވާ އެކާލާންގެ މަދަދަށް އެދޭ....
ޢަސްލު މައްސަލަ ޖެހިގެން ނުވާނެ އެކުގަ އުޅެން ދޯ ކައިވެނިކުރަނީ ކަންތައްތައް ދިމާވާނެ ހައްލު ހޯދެންވާނެ ވަގު ފިރިން އަބިން ގެންގުޅޭ ހިސާބަށް ގޮސްގެންނުވާނެ އޭގެ ކުރިން ލޯބިން ވާހަކަ ދެކެވި ދެފަރާތައް އެންމެ ރަނގަޅު ގޮތަކަށް ނިމެންވާނެ އަބަދު މައްސަލައިގަ ސަކުވާގަ ކަމަކު ނުދާނެ ކައްޕި ބާލަންޖެހޭނީ މަގޭހިޔާލު ކިތަންމެ ލޯބިވިޔަސް...
މިއީ ވަރަށްބޮޑު ތެދެކެވެ. އަޅުގަނޑުގެ ކައިވެންޏަށް މިހާރު ފުރިހަމަ 29 އަހަރު ވެއްޖެއެވެ. މިވޭތުވެދިޔަ ތަނުގައި ދެމީހުންވެސް ހިތްހަމަ ނުޖެހުނު ކިތަންމެ ކަމެއް ދިމާވިއެވެ. ޒުވާބުވެސް ކުރީމެވެ. ނަމަވެސް އިތުރު ބަޔަކަށް ނޭނގިއެވެ. ފަހުންފަހުން އައިސް ކުދިން ބޮޑުވީ ހިސާބުން، ނުވެސް އެނގި އެއްކަލަ މައްސަލަތައް ޖެހުން މުޅިންހެން ހުއްޓިއްޖެ އެވެ. އަލްޙަމްދުލިﷲ
ބަލަ...! ވަރި ގިނަވުމުގެ ސަބަބަކީ ކައިވެނި.. ( ކައިވެނި ނުކުރެވޭ ގޮތެއްހަދާބަލަ ) އޭރުން ތި ނިމުނީނު..
ބަލަ...! ވަރި ގިނަވުމުގެ ސަބަބަކީ ކައިވެނި.. ( ކައިވެނި ނުކުރެވޭ ގޮތެއްހަދާބަލަ ) އޭރުން ތި ނިމުނީނު...
އެހެން ޤައުމުތަކުގައިވެސް ކައިވެނީގައި މައްސަލަތައް ގިނަވާނެ. އެހެން ނަަމަވެސް އެހެން ޤައުމުތަކުގައި ވަރި ކުރުމަކީ އުނދަގޫކަމެއް. އަދި އެކަމަށް އެތައް އަހަރެއް ނަގާ. އަދި އަންހެނަކުވެސް ވަރިވެއްޖެނަމަ އެހެން މީހަކާ އިނުމަކީވެސް އިންތިހާއަށް އުނދަގޫކަމަކަށްވޭ. ހަމަ އެގޮތަށް، ކައިވެންޏަކީވެސް ނިކަން ފައިސާ ހުރެގެން ކުރެވޭކަމަށް. އެހެން ނަމަވެސް ދިވެހިރާއްޖޭގައި އެކަންކަން އޮންނަ ގޮތް ވަރަށް އިންސާފު. އިންނަންވެއްޖެއްޔާ، ދަރިންތިބި ވަރެއް ނުބަލާނެ. ކައިވެނީގައި ހިތްހަމަ ނުޖެހި ހިތްދަތިކަމުގައި އުޅޭންވީ ކީއްވެ! ރާއްޖޭގައި ރަގަޅު ކޮށްލަންވީ އެންމެ ކަމެއް. ކައިވެނި ރޫޅުނަސް، ދަރިންނަށް ބައްޕަ އަށް ނުވަތަ މަންމައަށް ނަފްރަތުކުރެވޭގޮތަށް ވާހަކަ ދައްކާންވީ!
ހުޅަނގުގެ ކާފަރު ގައުމުތަކުގައި ކައިވެންޏާ ހަމަޔަށް މިދަނީ އެތަކެއް "ރިލޭޝަންޝިޕަކާއި" "ބްރޭކް އަޕް"އަށް ފަހު. އެމީހުން ރިލޭޝަންޝިޕްގައި މިއުޅޭނީ ކައިވެނިކޮށްގެން އުޅޭއިރު އުޅޭހެން. މިގޮތުން ބަލާއިރު މިމީހުންގެ ބްރޭކްއަޕް ނިސްބަތް އުޅޭނީ ރާއްޖެއާއި އިސްލާމީ އެހެން ގައުމުތަކަށް ވުރެ މާ މަތީގައި. ރާއްޖޭގައި ކައިވެނިކޮށް މިއުޅެނީ ގިނަފަހަރަށް ހަލާލުކޮށް ގުޅުން ހިންގުމަށް ނޫނީ އިސްލާމީ މުޖްތަމައަށް ތިމަންމެންނަކީ ހަލާލު ރިލޭޝަންޝިޕެއްގައި އުޅޭ ބަޔަކު ކަމަށް ދެއްކުމަށް. އިސްލާމްދީނުގައި ކައިވެނިކޮށްގެން އުޅެންޖެހޭ ގޮތަކަށް ނޫޅޭ. މިހެންވެ ހުޅަނގުގެ ގައުމުތަކުގައި ބްރޭކްއަޕްވާ އުސޫލުން ރާއްޖޭގައި ވަރިމިވަނީ.
މިހާރުވެސް މިދުނިޔެއަކީ ވަގުތީ މަންޒިލެއްކަން ދަނެ. ދެމަފިރިން ކައިވެނިވީވެސް އިމްތިހާނެއް ގޮތުގައިކަން ދަނެ. ދެމީހުން ރުޅިވާ ވަގުތު ކެތްކޮށް. ދެމީހުން ހިތްހަމަނުޖެހޭ ވަގުތު އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަނެ. އެކަކު އަނެކަކުދެކެ ފޫހިވަންޏާ ދެމީހުން އެކުގައި ދަމުނަމާދުކޮށް ދުޢާ ކޮށް އުޅެންޏާ 100% ވަރި މަދުވާނެ.
ވަރަށް ބޮޑު ތެދެއް
ކައިވެނި ގިނަ ތަނެއްގަދޯ ވަރިވެސް ގިނަވާނީ...ކާފަރުންތައް ކައިވެނިނުކޮށް މުސްކުޅި އުމުރަށްދަންދެން ތިބީމަ ކޮން ވަރިއެއްތޯ އެތަންތާ އޮންނާނީ...ތިޔަ ހިސާބު ކައިވެނިކުރާ ނިސްބަތުންބަލައިނުލައި ރަނގަޅުވެދާނެބާ؟؟؟
ތިޔަ ހުރިހާކަމެއް ދިމާވަނީ ބޯހިޔާވަހިކަން ދަތިކޮއް ސަރުކާރުން ފުލެޓް ވިޔަފާރި ފަށާ ރައްޔަތުންނައް ދަތިބޮޑުވީމަ ތިޔޮތީ ޖަހާފައި 2019 އަހަރޭ މިކަމެއް މިފެށުނީ އެދިގުރާސްތާ30 އަހަރު ރައްޔަތުން އަޅުވެތި ކުރަން ދޭތެރެ ދުރުކުރުމާއި މީހަކު ކައިވެއްޏެއްކޮއްގެން އުފާވެރި ދިރިއުޅުމެއް ފަށާ ފާނެތީ ގާނޫނެއްގެ ދަށުން 18 އަހަރު ނުވަނީސް ކައިވެނި ނުކުރެވޭ ގޮއް ހެދުމާއި މީހުން ރީތި ކޮއް ގެދޮރު އަޅައިގެން އުޅުފާނެތީ ގޯތިދިނުން ހުއްޓާލާ ދަތިކުރީ ލޯއްބެއްވެވޭނީ މީހާގެ ޅައުމުރުގަ ކައިވެންޏެއްކޮއް ކުދިން ހޯދީމަ މީހާ ތެޅޭނެހާ ވައްތަރަައް ތެޅެފައި ކައިވެނިން ބޭރުން ހިތުހުރިކަމެއް ކުރީމަ ލޯއްބެއް ނުވެވޭނޭ މިގައުމުގައި އެތިބީ 10 12 ކުދިން ހޯދައިގެން އުފާވެރިކަމާއެކު ޒަވަޖީ ހަޔާތެއް ވޭތިކޮއްފައި ކިތައް އައިލާތޯ އައްސަވާ ބައްލަވާ އުމުރުން ކިހާވަރެއްގަތޯ ކައިވެނިކުރީ އަންހެނުން އެބަތިބި 12 އަހަރުން ފެށިގެން ކައިވެނިކޮއް ކުދިންހޯދާފައި އަދި ފިރިހެން ކުދިން ކިރިޔާ 15 ފުރޭ އިރައް ކައިވެނިކޮއް ހަޔާއް ބާއްޖަވެރިކޮއްފައި
އެއްކަމަކީ ރާއްޖޭގައި ވަރިވާން ފަސޭހަވީމަ. އަންހެނުންނަށް ވެސް ފިރިމީހާ ވަރި ނުކޮށްފި ހާލަތެއްގައި ކޯޓަށް ހުށަހަޅައިން ފަސޭހައިން ވަރި ވެވޭތީ. އިންޑިއާ ފަދަ ގައުމުތަކުގައި ކިތަންމެ އަނިޔާއެއް ވިޔަސް ނުވަތަ އެކީ އުޅެން ފޫހި ވިޔަސް ފަަސޭހަން ވަރި ނުވެވި، އަނިޔާއާއި ނުތަނަވަސް ކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހޭތީ އެގައުމުތަކުގައި ވަރި މަދުވާނެ. އަނެއްކާ ވަރި ކުރެވިފައިވާ މީހުން ނިކަމެތި ކޮށް މަލާމާތް ކުރާ މުޖުތަމައުތަކުގައި ވެެސް ވަރި މަދުވާނެ. އެގޮތަށް ބަލާއިރު، ދިވެހިރާއްޖެ ރަނގަޅުތާ.
ރަގަޅަށް މަޢުލޫމާތު ހޯދާ ވަރި ގިނައީ ސައުދީ ގައެއް ނޫން މި ދިވެހިރާއްޖޭގަ.....ރާއްޖޭގަ ނިކަން ރިސާރޗް ހަދާބަލަ ވަރި ގިނަ ވަނީ ކީއްވެގެންތޯ؟ ޢެއީ ﷲ އެންގެވި ގޮތަށް ނޫޅޭ ތީ....މި ދޮގެއްތޯ ބަލާބަލަ....ގިނަ ދުވަހު ކައިވެނީ ގައި ތިބީ ކޮން ބައެއްތޯ
އެހެންކަމުން ރާއްޖެ އުޅެނީ ވަރީގެގޮތުން " އަތުނުވާ ވަރަށްވުރެ ކުރީގައެވެ. "
އިސްލާމް ދީނުގައި ކައިވެނި ހުތުބާ އޮންނަނީ މާތް މަގްސަދެއްގައި އޭގައި ކިޔައި ދިން ތަކެތި ހަދާން ނައްތާލުމަކީ މައްސަލައެއް މީގެ އިތުރުން ދެފަރާތުގެ އާއިލާ 3 ވަނަ ފަރާތެއްގެ ރޯލު އަދާކުރަނީ ދެމީހުން ޖައްސަން ހަމައެގޮތަށް މިނިވަން ކަމާއެކު ދިރިއުޅެވޭނެ އެކަނިވެރި މާހައުލެއް ދެމީހުން ނަށް ނުލިބި ދުވަސްތައް ގިނަވުން މިކަމުގެ ސަބަބުން ގާތްކަމާ ލޯބި އުވިދަނީ
އަހަރެންގެ ފިރި މީހަާއަކީ ވަރަށް ރަގަޅު މީހެއް އަހަރެންގެ ފިރިމީހާގެ އާއިލާ މީހުންނަށް އަލަށް އަހަރެން ފެނުނު ދުވަހު ހީކުރެވުނީ އެމީހުންގެ ބޭބެ ގެޔަށް ނޯކަރެއް ނުވަތަ ބަންގާޅީ އެއް ގެނެސް ދިން ކަމަށް މައި ދާތަ އާ ބަފާބެ ތެޅި ފޮޅެން ފެށީ ގެޔަށް ވެރި ވާން އައީ ކަމަށް ހީކޮށް ދޭތެރެ ޖައްސައިގެން ބާރު ކަނޑުވައި ލެވޭތޯ އަހަރެންގެ ވަރަށް ބުރަ މަސައްކަތުން ކައިވެނި ސަލާމަތްކުރީ .
އޯކޭ. އެންމެ ވަރިގިނައީ ދިވެހިރާއްޖޭގައި. ތިޔަބުނާ ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓާ މީހުން އެންމެގިނަ ކާވެނީގެ ރިކޯޑާއި، ވަރިވެފާ ހަމަ އެމީހާ އެހެންކާވެންޏެއް ކުރުމުގެ ރެކޯޑާ މިކަންކަންބަލާފާ ވޭތޯ؟ މިކަންކަންވެސް ބަލާފާ ރިޕޯޓްކުރޭ. އެހެންނޫނީ ތިޔަހިސާބަށް ބަލާއިރު ރާއްޖޭގައި ގިނައީ ވަރިކުރުމަށްފަހު ކާވެނި ނުކޮށް ތިބިމީހުންކަމަށް ހީވަނީ.
ފިރިހެނުންނެއް ބަދަލެއް ނުވާނެ ދުވަހަކުވެސް ވަރި ނުކޮށް ދެ އައިންބަށް އިނުން މާ ބުއްދިވެރި
މި ލިޔުން ލިޔުއްވި ބޭފުޅާއަށްވެސް މިކަން އޮންނަ ގޮތް އެނގޭހެން ހީނުވޭ. އެނގޭނަމަ ދެއްވާފައި އެއޮތް މިސާލު އެގޮތަކަށް ނުލިޔުއްވާނެ. ސަބަބަކީ، އަންހެންކުއްޖާވެސް އަދި އެކުއްޖާގެ މަންމަވެސް މައްސަލައިގައި ރަނގަޅަށް އަމަލުކޮށްފައި ވަނިކޮށް އެގޮތް ނުބައިކަމަށް ބުނެފައި، ހިއްސާކުރަންވާނެ އެހެން ފަރާތެއް ހުންނަންވާނެ ކަމަށް ދޭހަވާގޮތަށް ލިޔެފައި އޮތުން. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަ ހައްލުކުރުމުގައި ފުރަތަމަ އަސާސަކީ އެ ދެމަފިރިންގެ އެންމެ ގާތް މީހުން. އަންހެންކުއްޖާ އެވާހަކަ އޭނާގެ އެންމެ ގާތް މީހާއާ ހިއްސާކުރުމުން އެއޮތީ ހައްލުކުރެވޭނެ ގޮތެއްގެ ޚިޔާލެއް ދީފައި. އެގޮތުންވެސް ހައްލުނުވެއްޖެނަމަ އެކުއްޖާއަށް ދެވަނަ ފަރަހަރަށްވެސް މަންމަގެ މަޝްވަރާ ހޯދޭނެ. ހަގީގަތުގައި މިކަން ހިނގާފައި މިއޮތީ ވަރަށް ފުރިހަމައަށް ވަރަށް ރީތިކޮށް. ލިޔުއްވުމުގެ ކުރިން ފުރަތަމަ އިސްލާމީ ހަމަތަކާއި އުސޫލަކީ ކޮބައިކަން ދަސްކުރެއްވުން އެދެން. މަންމަގެ އެ ނަސޭހަތަކީ ސަތޭކައިގެ ނަސޭހަތެއް.
ކޮމެންޓް ކުރާ މީހުން ޖާތީ ނުވެބަލަ ދޯ، ތިހާ ބިރުން އުޅޭކަށް އަދި ނުވޭނުން
މަ ހީ ކުރީ އަންނި އާ އެމްޑީޕީ ކަމަށް
އެއީ އަނގަ ބަހުން ބުނެގެން އެހާ ފަސޭހައިން ވަރިކުރެވޭގޮތް އޮންނާތީ.
ތިމާގެ ފިރިހެން ދަރިފުޅު ކައިވެނި ކުރާހިސާބުން މައިދައިތަ ހިތައް ގޮތްތަކެއް ވާން ފަށާނެ. ތިމާގެ ދަރި އަބިދަޓުކޮށްލާނެޔޭ ތިމާގެ ދަރި ލިބެންޖެހޭނީ ތިމާޔަށޭ ހިތަށް އަރަންފަށާ...އެހާހިސާބުން ދެން އެފެށުނީ އަސްލު ކުޅިވަރު....އަންހެންކުޖާއޭކިޔައިގެން ރޯބުހުތާނު ދޮގުހަދަން އެފެށީ ދަރި ކައިރީ....އެވަރުން ނުވެގެން ފަންޑިތަހަދައިގެން ދުރުކުރަން މަސައްކަތްފަށާ...ނަތީޖާއެއްގެ ގޮތުން އަންހެން ކުޖާޔައް ހައްގު ނޫން އެތައް އަނިޔާތަކާ އެތައް ވިހަ ބަސްތަކެއް ފިރިމީހާގެ ފަރާތުން ލިބެންފަށާ...މިހިސާބުން އަންހެން ކުޖާޔައް ކެތް ކުރުން އުދަގޫކަމަކަށް ވެ ވަރި ވި ކަމުގަ ވިޔަސް ދުނިޔެ ކުރިމަތީގަ ނުބައި ވ އަންހެން ކުޖާ...އެއްކަލަ ފިރިހެން ދަރީގެ އެއްވެސް ކުށެއް ނޯންނާނެ...އަދި ބައެއްފަހަރު މައިދައިތަ ވަކިހިސާބަކުން އަންހެންކުޖާ ވަރިކޮށްފަ ފުނުވާލުމަށްވެސް ދަރި ކައިރީ ބުނާނެ. ޢެހިސާބުން އެއްކަލަ ފިރިހެން ދަރި ބަލާކަށް ނުހުރެ ގޮސް އެއްވެސް ކުށެއްނެތް އަބިމީހާ ވަރިކޮށްފާނެ...މި ހަމަ ހަގީގަތް...ވަރި އަކީ ހަމަ އެކަނި ފައިސާއާހުރެ ވާކަމެއް ނޫން...މި އަހަރެން ވެސް ދުށް ހަގީގަތް އަަހަރެންގެ އަމިއްލަ ލައިފުގަ...މާތް ﷲ އިރާދަފުޅުން ފިރިމީހާޔައް ވިސްނި ހެޔޮމަގަށް އާދެވުނީތީ މައިދައިތަގެ ދަލުގަ ނުޖެހި ދރިއުޅުން ވަރިއާހިސާބައް ނުގޮސް ސަލާމަތް ވީ....އަހަރެމެންނަކީ މުސްލިމުން....ދިރިއުޅުމުގައި ދިމާވާ މިފަދަ ހިތްދަތި ކަންތަކުން ސަލާމަތް ކޮށްދެއްވުން އެދި ﷲ އށް ދަންނަވާ އެކާލާންގެ މަދަދަށް އެދޭ....
ބަލަ ހުރިހާ ޅީދަރިންނަކީ އެއް މިޒާޖެއްގެ އެއް އަހުލާގެއްގެ ކުދިންނެއްނޫނޭ! ބައެއް ޅީދަރިންނަކީ ފިރިމީހާގެ އާއިލާ މީހުންނަކީ އޭނާގެ އާއިލާ މީހުންކަމައް ދެކޭ ކުދިންނެއް ނޫން!
މިހެންބުންޏަސް ބައެއް ޅީދަރިން ވަރަށްވެސް ރަނގަޅު, އެކަމަކު އަނެއްބައިކުދިން އަޅައިވެސް ނުލާނެ
ޔަގީންތަ؟ ހިޔެއް ނުވޭ!!! ދިވެހިންނަށް ވުރެ ވަރި ގިނަ ބައިވަރު ގައުމް އުޅޭ!!!
ޚޮބައިތޯ މަސްތުވާތަކެތި ބޭނުނުންކުރާމީހުން.އަހަރެންގެ ފިރިމީހާ އަށް 3 ޗާންސް ދިނިން ރަގަޅު ނުވި އެހރންވީމަވެސް ވަރި ނުވާންވީހޭ.
މަސްތުވާ ތަކެތި ބޭނުނއކުރާ މީހުންނާ އެކީގަވެސް އުޅޭށޭތަ ތިބުނަނީ ވަރިހަމަތަ އެމީހުން ކިތައްމެ ވަރަކަށް ބުޔަސް.
ފިރިހެނުންނަށް ދީނީކަންކަން އޮޅުން ފިލާފަވާ މިންވަރު ކުޑަކަމުން ވަރިގިނަވަނީ
ތީދޮގެއް. ނުދައްކާނެ. ދިވެހިން އުޅޭނީ ފޮޓޯ ލައިގެން ހަގީގަތް އޮޅުވާލަން. އިސްލާމްދީނުގަވެސް ގޮވާލަނީ ވަރީގެކުރިން މައްސަލަ ހައްލުކުރަން ދެފަރާތުގެ އާއިލާޔާ ހިއްސާކުރަން. އަމިއްލަޔަށް ހައްލުކުރަން ނޭނގުމުގެ ސަބަބުން ކިތައްވަރިބާ ކުރަނީ.
ހަސަން ހަމީދު އެބޭފުޅާގެ ވެބްސައިޓް ގައި "ވަރި އެންމެ ގިނަ ޤައުމާއި އެހެން ދޮގު ވާހަކަތައް." މި ނަމުގައި ލިޔެފައިވާ ލިޔުމެއް ވާނެ. އެ ލިޔުން ކިޔާލުން މުހިންމު ކަމަށް ފެނޭ.
މިރިކޯޑް މިލިބުނީ ޔާމީނު ވެރިކަމަށް ނުގެނެވުމުން އެދީނާ މީހުން ދުރުވުމުން އިސްލާމް ދީނަކީ ޔާމީން ގެ އެއްޗަކަށް ވީމާ އެކަހަލަ ކަމެއް ހިންގާފާނެ.ޏ
ރަނގަޅު މީހުންނަށް ރަނގަޅުގޮތް މެދުވެރި ކުރައްވަވާނެ ދެމީހުންވެސް ރަނގަޅުވީމަ ވަރި އާ ހިސާބައް ދާކަށް ނުޖެހޭނެ. ދެމަފިރިންވެސް އެއްވަރަކަށް ރަނގަޅުވުން މިއީ ކައިވެނި ދެމި އޮންނާނެ ގޮތަކީ. އަލްހަމުދު ލިﷲ. މިކަންވާނީ މާތްﷲ އާ ހިއްގުޅުވަން މަސައްކަތް ކޮއްގެން އިންޝާﷲ
މާލެ ކިޔަވަން އައިސް ކޮލެޖުން ސްކޫލުން ދިމާވާ ކުއްޖަކާ ގުޅި ކައިވެނިކޮށް އުޅެނިކޮށް ދި ރިއުޅޭނެ ރަށެއްގެ މައްސަލަޖެހި ވަ ރިވާލެއް މަދެއްނުވާނެ. ރަށުން ބޭ ރު 2 މަފި ރިންގެ ކައިވެނި ރޫޅިފައި ހު ރި ރޭޓް ބޮޑުތަނުން މަތި
ޜާއްޖޭގަ ވަރިގިނައީ އަންހެނުންގެ ހައްގުތަކޭ ކިޔާ ހަދާފައިވާ ގަނޫނެއްގެ ސަބަބުން ފިރިހެނުންގެ ހައްގެއްނޯވޭ ޖެންޑާ މިނިސްޓރީ އާ އެފްސީޕީޑި ވަރީތަކުގެ ޒިންމާނަގަންޖެހޭ